Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ލޯބި

ދެމަފިރިން ހިތްހަމަނުޖެހިގެން ވާހަކަ ދައްކާއިރު ވިސްނާލަންޖެހޭ ކަންތައް

7 އޮކްޓޯބަރ 2017 - 12:00

ޙައްވާ އަޒްލީނާ ޢަލީ

ކިތަންމެ ލޯބިން އުޅޭ ދެމެފިރިއެއްގެ ދެމެދުގައިވެސް މައްސަލަ ޖެހުމަކީ ވާނެ ކަމެކެވެ. ނަމަވެސް ޖެހޭ ކުދި ކުދި މައްސަލަތަކުގައި އެކަކު އަނެކަކާއި ވާހަކަ ދައްކައި މަޝްވަރާ ކުރަންޖެހޭ ގޮތަށް މަޝްވަރާ ނުކުރުމަކީ މައްސަލަ އިތުރަށް ބޮޑުވެ ދެމަފިރިންގެ ގުޅުން ހީނަރުވާނެ ކަމެކެވެ. ހިތްހަމަނުޖެހިގެން އުޅޭ ވަގުތު ވާހަކަ ދައްކަންވާނީ ވަރަށް ވިސްނައިގެންނެވެ. " ތީ އަބަދުވެސް ހަދާ ގޮތް" ނޫނީ "ކޮންމެ ފަހަރަކުވެސް ތިހެން ބުނޭ" މިފަދަ އިބާރާތްތަށް ބޭނުންނުކުރާށެވެ. އެއްވެސް މީހަކީ އަބަދު ހިތްހަމަނުޖެހޭ ކަމެއް ތަކުރާރުކުރާނެ މީހެއް ނޫނެވެ. މިފަދަ ގޮތަށް އިބާރާތް ހުންނަނަމަ އަނެކާ ތިމާ އޭނާއަށް ކުރާ އިތުބާރު ކުޑަ ކަަމަށް އިހްސާސްވާނެއެވެ. އަދި އެކަމެއް ރަނގަޅު ކުރަން މަސައްކަތްކުރަން ފޫހިވެދާނެއެވެ.

އެނެއް ކަމަކީ ވާހަކަ ދައްކާއިރު "ކަލޭ" ނުވަތަ މިހާރުގެ ގޮތުން ބުނާނަމަ "ތީނަ" މިބަސް ޒުވާބުކުރާއިރު މަދުކުރާށެވެ. އަމިއްލަ މީހާގެ ނަން ގިނަ ކުރާށެވެ. ކީއްވެ ހެއްޔެވެ؟ މިސާލެއް ބުނެދީފާނަމަވެ. އަނބިމީހާ ނުހާ ބަލާ ފިރިމީހާ ޝާހް އަންނަލެއް ލަސްވީއެވެ. "ޝާހް އަނެއްކާވެސް ތިޔައީ ލަހުން. ޝާހަކަށް ނޭގޭތަ މަމިހިރީ ވަރަށް ވަރުބަލިވެފައި ކަމެއް. ޝާހް ހާދަ ގޯހޭ. ޝާހް އެއްގޮތަކަށްވެސް މަށަކަށް ނުވިސްނާ" މިގޮތަށް ނުހާ ވާހަކަ ދައްކާނަމަ ޝާހަށް އިޙްސާސްވާނީ ނުހާ އޭނާއަށް އެއްޗެހި ކިޔާކަމެވެ. ނަމެވެސް " ނުހާ މިހިރީ ހިތްހަމަނުޖެހިފަ. ނުހާ އަސްލު މިހިރީ ވަރަށް ވަރުބަލިވެފަ. ނުހާއަށްވެސް ތަންކޮޅެއް ވިސްނާލަބަ" މިގޮތަށް އިބާރާތް ކުރާނަމަ ވާހަކައިގައި ހުންނަ ހޫނުކަން ކުޑައެވެ. އެކަމަކު ދެކެވެނީ އެއްވާހަކައެވެ. ކަންމިހެން ހުރުމާއެކުވެސް ތަފާތު ޙާލަތްތަކުގައި ވާހަކަ ދައްކާއިރު ތަފާތުވެދާނެއެވެ. މީހުންގެ މިޒާޖާއި ގޮތްފޮތް ތަފާތުވާނެއެވެ. އެހެންކަމުން ދެމަފިރިން އެކަކު އަނެކަކު ދަސްކުރަން ޖެހެއެވެ. މިއީ ނިމުމެއްނެތް ކަމެއްކެވެ. ސަބަބަކީ އެއްވެސް މީހަކީ ބަދަލެއްނުވެ އެއްގޮތަށް ހުންނާނެ މީހެއްނޫނެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ނުހާ | 8 އޮކްޓޯބަރ 2017 - 16:21

އެކަމަކު ރުޅިއައިއްސަ ހުންނަނަ އިރު މި އާޓިކަލް މަތިން ހަނދާނެއް ނުހުންނާނެ... އެންމެ ބުއްދިވެރިގޮތަކީ ރުޅި މަޑުވީމަ ވާހަކަ ދެއްކުން

ޓްރެންޑިން