Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ލޯބި

ހަޤީޤީ ލޯތްބަކަށް އިންތިޒާރުކުރުން

9 އޮކްޓޯބަރ 2017 - 22:00

އާޝިޔާ މުޙައްމަދު

ލޯބި ވުމަކީ އިންސާނާ ދުނިޔެއަށް އަންނަ އިރުއްސުރެ އެންމެ ފުރަތަމަ ތަހައްމަލު ކުރާ އިހުސާސެވެ. ނަމަވެސް ހަޔާތުގެ ބައިވެރިއެއް ހޯދުމުށް ކުރާ ރާސްތާގައި ތަހައްމަލު ކުރާ ހިތާމައިގެ ސަބަބުން ގިނަ ބަޔަކު ލޯބީގެ ދޮރު ލައްޕައެވެ.

ނަމަވެސް ހަޤީޤަތަކީ ހިތާމަވެރިކަމާ މާޔޫސްކަން ލިބެނީ ލޯތްބަކުން ނޫނެވެ. ހަޤީޤީ ލޯބި ނުވާ ބައިވެރިޔާގެ ފަރާތުންނެވެ. ހަޤީޤީ ލޯތްބެއް ލިބުމުން އެތަކެއް ފައިދާތަކެއް ލިބެއެވެ. އޭގެ ތެރޭގައި:

• އަމިއްލަ ނަފްސާ މެދު އޮންނަ އިތުބާރު އިތުރުވެ ދުޅަހެޔޮ އުފާވެރި ދިރިއުޅުމެއް އުޅުމަށް މަސައްކަތްކުރެވޭނެއެވެ.
• އުފާވެރިކަން ލިބެއެވެ. މީގެ ފަހަތުގައި ސައިންސް ގެ ބައެއްވެސް ވެއެވެ. އެއީ މީހެއް ދެކެ ލޯބިވެވުމުން އުފާވުމަށް އެހީތެރިވާ ހޯމޯންސް ބޭރުވާ މިންވަރު އިތުރުވާތީއެވެ.
• ހިތްހަމަ ނުޖެހުމާ އުދާސްތަކުން ދުރުހެލިވެއެވެ. 
• ބައިވެރިޔާ ހަޤީޤީ ލޯބި ވާކަން އިހުސާސް ވެއްޖެނަމަ ބިރު ގަނެ އޭނާއާ ދުރަށް ދާން ހިޔާލެއް ވެސް ނާންނާނެއެވެ. 
• ޑިޕްރެޝަން ފަދަ ނަފްސާނީ ބަލި ތަކުން ދުރުވެއެވެ. 
• ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަވެއެވެ. އެއީ ސައިޓޯކިންސް އަދި އެންޑޯފިންސް ހަށިގަނޑުން ބޭރުވާ މިންވަރު އިތުރުވީމައެވެ. 
• އަރާމު ކަމާއި އެކު ހިތްހަމަ ޖެހިގެން އޮވެ ނިދާލެވޭނެއެވެ. 
• އެކަނިވެރިކަމުގެ އިހުސާސް ނުވެ ތިބާ އާ އެކީ މީހަކު ވާކަން ޤަބޫލުކުރެވެއެވެ.

ހަޤީޤީ ލޯތްބަކީ ހޯދަން ފަސޭހަ އެއްޗެއް ނޫންކަމަށް ގިނަ ބަޔަކު އެއްބަސްވާނެއެވެ. މީގެ ފަހަތުގައި ވެސް ކޮންމެސް ހަޤީޤަތެއް ވާނެ ކަންނޭނގެއެވެ. ތިބާ އަކީ އަދި ބައިވެރިޔަކު ނެތް މީހެއް ކަމުގައި ވިއަސް، ނަމެއްގައި މީހަކާ އިންނަން ވިސްނުމަކީ އަންހެނަކަށް އަދި ފިހިނެކަށްވެސް އުމުރު ދުވަހުގެ ހިތާމައަކަށް ވުން އެކަށީގެން ވާކަމެކެވެ.

ނަމަވެސް މީގެ މާނައަކީ ފުރަތަމަ ލޯބި ވެފައި އިނުމެއް ނޫނެވެ. ތިބާ ހިތް ހަމަ ޖެހޭ ފަދަ ނަފްސާނީ އަދި ޖިސްމާނީ ސިފަ ތަކެއް ހުރި މީހަކަށް އިންތިޒާރުކުރުމެވެ.

މީހުން ކައިވެނި ކުރަނީ ވަރި ވުމުގެ ނިޔަތުގައެއް ނޫނެވެ. އުފާވެރި ދިރިއުޅުމެއްގެ އުއްމީދުގައެވެ. ނަމަވެސް ލޯބި ނުވާ މީހަކާ އެކީ އުޅުމުން ގިނަ ފަހަރު ލިބެނީ ހިތާމަ ކަމާމެދު އެއްބަސް ވާނެ އެތައް ބަޔަކު މިހާރު ވެސް ދުނިޔޭގައި އުޅެއެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×