Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ލޯބި

ރައްޓެހިވެގެން އުޅުމަށްފަހު ދެކުދިން ދުރުވުމަކީ މާޔޫސްވާވަރުގެ ކަމެއް ނޫން

17 އޮކްޓޯބަރ 2017 - 22:00

ފާތިމަތު މުހައްމަދު

މިއަދުގެ މުޖުތަމަޢުއިން ގިނަ ފަހަރު ފެންނަ މަންޒަރަކީ ރައްޓެހިވެގެން އުޅުނު ކުއްޖަކު ވަކިވެގެން ދިޔުމުން ހަޔާތުގެ އެކަން ބަރުދާސްތުކުރުމެވެ. ދިގު މުއްދަތަކަށް ރައްޓެހިވެގެން އުޅުމަށްފަހު ކައިވެންނާއިހަމައަށް ވެސް ހިނގައިދާނެއެވެ. ނުވަތަ އެހެން ނުވެ ވެސް ހިނގައިދާނެއެވެ. ނުވަތަ މާގިނަ ދުވަހެއް ނުވެ ވެސް ދުރުވެދާނެއެވެ. ނަމަވެސް ބަޔާންކުރެވުނު ފަދައިން ތިމާވި ލޯތްބަށް ޤަދަރުކުރުމަށްޓަކައި ހަޔާތުގެ ދެން އޮތް ސަފްހާތަކުގައި ސިއްކަ ޖެހުމުގެ ބޭނުމެއް އެބަ އޮތް ހެއްޔެވެ؟

މި ކުރާ ހިތާމަތަކުގައި ބައެއް ކުދިން އަމިއްލައަށް ދަންޖެހުންފަދަ ބޮޑެތި ފާފަތައް ބޮލުގައި އަޅުވައެވެ. ގައިގައި ކަޓަރު އަޅައި ދުންފަތުގެ އިސްތިއުމާލުކޮށް ތަފާތު ކެމިކަލްތައް ބޭނުންކޮށް، އެހެން އެއްވެސް އަންހެނަކާއި އެހެން އެއްވެސް ފިރިހެނެކާއި ނުބެލުމަށް ހުވާކޮށް ކައިވެނިން ބޭރުގައި ކުއްޖަކު ލިބިއްޖެނަމަ އެ ކުރި އަމަލު ކުއްވެރިނުކޮށް އުފަންކުރާ ދަރި ކުށްވެރިކޮށް، އަމިއްލަ ނަފްސު އެހެން ބަޔެއްގެ ވިޔަފާރިއަށް ހަދާކަމީ މި މާޔޫސީ ވިސްނުންތަކުން ނިކުންނަ ނަތީޖާއެވެ.

ނަމަވެސް މިއިން އެއްވެސް ނަތީޖާއަކުން ނިކުންނަ ދާއިމީ އުފަލެއް ނެތެވެ. ވިސްނާށެވެ. ލޯބިވާ މީހަކު ދުރުވުމަކީ ހަޔާތެއް އެޅޭ ބާރެއް ކަމުގައި ދެކޭށެވެ. އެ ބާރަކީ ތިމާއަށް ގޯސްކޮށް އުޅެވިއްޖެނަމަ ރަނގަޅުމަގު ފެނުމެވެ. އެ ރަނގަޅުމަގުން ދީންވެރި ސާލިހު ހަރުދަނާ ފިރިހެނަކު ނުވަތަ އަންހެނެކު ލިބުމެވެ. އެންމެ އިންސާނަކު ވަކިވެގެންގޮސް އޭނާ ދިޔުމުން ހިތާމަކުރުމުގެ ބަދަލުގައި ރަނގަޅު ބައިވެރިއެއްގެ ކިބައިން ނިކުންނެ ފޮނި މީރުކަން ހޯދުން މާ ބުއްދިވެރިއެވެ. ޒަވާޖީ ހަޔާތަށްޓަކައި ތިމާކުރަންވީ މަސައްކަތަކީ އެއީއެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން