Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ލޯބި

ލޯބިން ފުރިގެންވާ ޒަވާޖީ ހަޔާތީ ހޯދާނީ ކިހިނެތް؟

31 އޮކްޓޯބަރ 2017 - 18:00

ފާތިމަތު މުހައްމަދު

ޒަވާޖީ ހަޔާތެއްގެ ރަނގަޅު ފެށުމަކީ ރަނގަޅު ބައިވެރިއެކެވެ. އެ އެޅުނު ރަނގަޅު ފާލާއިއެކު ލޯތްބާއި އަޅަލުމުގެ ފާލެއް އަޅައިފިނަމަ ޒަވާޖީ ހަޔާތުގައި ނިކުންނާނެ ބޮޑެތި މައްސަލަތަކެއް ނުހުންނާނެވެ. އެކެއްގެ އިހުސާސާއި ޖަޒްބާތާއި އެކަކު އެދޭ ކަންތައްތަކާއި ނޭދޭ ކަންތައްތައް އެ ދެމަފިރިއަކަށް އެނގިގެންދަނީ މި ލޯތްބާއި އަޅާލުމުގެ ތެރެއިންނެވެ. ނަމަވެސް ގިނަ ދެމަފިރިންނަކަށް މިފާލު ހޯދައިގަންނަން ނޭގެއެވެ.

ފިރިއަކު އޭނާގެ އަނބިމީހާއަށް ތެދުވެރިވެ ވަފާތެރިވެ، އިހުތިރާމްކޮށްފިނަމަ އޭނާގެ އަންބަކު އޭނައަށް ޤަދަރުކޮށް އިހްތިރާމްކޮށް ލޯބި ދޭނެއެވެ. ނުވަތަ ލޯބީގެ އިތުރުވާނެއެވެ. މި ވަފާތެރިކަމާއި ތެދުވެރިކަމަކީ އަނބިމީހާ ބަލިވެ އުޅޭކަމުގައިވަނީނަމަ ނުވަތަ މަސައްކަތްނުކުރެވޭ ކަމުގައިވަނީނަމަ އެނާއަށް އަޅާލުމަށް ހިތް މަޖުބޫރުކުރުވުމެވެ. އަނބިމިހާ ދެރަވެ ހުރެއްޖެކަމުގައިވަނީނަމަ އޭނާ އުފާކޮށްދިނުމަށް ހިތް މަޖުބޫރުކުރުވުމެވެ. ފިރިމީހާގެ އާޢިލާގެ މީހުންގެ ކިބައިން އުދަގޫ ވާނަމަ އޭނާ ހިމާޔަތްކޮށްދިނުމަށް ހިތްމަޖުބޫރުކުރުމެވެ އަނބިމީހާ ރިވެތި ގޮތުގައި އޭނާއަށްޓަކައި ހޭދަކުރުމަށް އޭނާ އެދިއްޖެނަމަ ވީވަރަކުން އެކަނބުލޭނގެއަށްޓަކައި ހޭދަކުރުމެވެ.

ފިރިމީހާއެކޭ އެއްފަދައިން އަނބިމީހާވެސް ފިރިމީހާއަށްޓަކައި އޮންނަނަންޖެހޭ ވަފާތެރިކަމާއި ޤަދަރު އޮންނަން ޖެހެވެ. އެއީ ފިރިމީހާ ގެއިން ބޭރުގައި އުޅެ ގެއަށް ވަންނަ ހިނދު އުފެދޭ ޝަކުވާތަކަށް ކެތްތެރިވުމެވެ. ނުވަތަ ރީތި ގޮތުގައި ކިޔައިދިނުމެވެ. ފިރިމީހާ ކަމަކާއި ކަންބޮޑުވެފައި ހުރިނަމަ ހިތްވަރުދިނެމެވެ. ދަރިންގެ ކުރިމަތީގައި ނުވަތަ ރައްޓެހިންގެ ކުރިމަތީގައި ފިރިމީހާގެ އަގު ހިފެހެއްޓުމެވެ.

ކޮންމެއަކަސް ލޯތްބަކީ މިއެވެ. ލޯބީގެ ދާނެއް ފެނިގެން ދިޔުމަށް މިކަންތައްތައް ވަރަށް މުހިންމެވެ. ލޯބީގެ ދާނަކީ މިކަންތައްތަކުން ބޭރުގައި ކުރެވޭ ބޭކާރު ހަރަދުތަކާއި ބޭކާރު ކަންތައްތަކެއް ނޫން ކަން ދެނެގަންނަންވާނެއެވެ. ދެމީހަކު އަދާކޮށްދޭންޖެހޭ ޒިންމާއަކީ ލޯބި އިތުރުވެ ރަގަނޅު ފާލަކަށް މަރުހަބާކިޔާކަމެކެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން