Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ލޯބި

ފިރިހެނުން އަންހެނުންގެ ފަރާތުން ގަޔާނުވާ ކަންތައްތައް

13 ނޮވެންބަރ 2017 - 15:00

ޙައްވާ އަޒްލީނާ ޢަލީ

ލޯތްބަކީ ދެމީހުންގެ ދެމެދުގައި އޮންނަ ގުޅުމަށް ވަރަށް މުހިންމު އެއްޗެކެވެ. ނަމަވެސް ބައެއް ސިފަތަކަކީ ލޯބީގެ ބާރުގަދަކޮށް ދެމީހުން ގާތްކޮށްދޭ ސިފަތަކަށްވާއިރު އަނެއްބައި ސިފަތަކަކީ އެކަކު އަނެކަކު ދުރުކޮށް ފޫހިކުރާ ސިފަތަކެވެ. އޭގެތެރެއިން ފިރިހެނުން އަންހެނުން ކިބައިން ގަޔާނުވާ ބައެއް ސިފަތަކީ

ކަންނެތްކަން

މުރާލިކަމަކީ ކޮންމެ މީހަކުވެސް ގަޔާވާ ސިފައެކެވެ. ނަމަވެސް މާބޮޑަށް ކަންނެތްވެ ގޭތެރޭގެ މަސައްކަތަށް ފަރުވާކުޑަކުރާނަމަ ނުވަތަ ދަރިންނަށް އަޅާނުލާނަމަ ފިރިން ފޫހިވާނެއެވެ. އަދި ހަރާކާތްތެރިކަން ކުޑަކޮށް މަސައްކަތްނުކޮށް އަބަދު އޮށޯވެ ނުވަތަ އިށީނދެގެން އިނުމަކީ ފިރިން ގަޔާނުވާ ސިފައެކެވެ.

ޝަކުވާކުރުން

ޝަކުވާރާކުރުމަކީވެސް ކޮންމެވެސް ވަރަކަށް އޮންނަން ޖެހޭ ކަމެކެވެ. ސަބަބަކީ ހިތްހަމަނުޖެހޭ ކަންތަކުގެ ވާހަކަ އެއްގޮތަކަށްވެސް ނުދައްކާނަމަ މައްސަލަ ހައްލުނުވެ ބޮޑުވެދާނެއެވެ. ނަމަވެސް އަބަދު ކުދި ކަންކަމުގައި ޝަކުވާކުރުމަކީ ފިރިންނަށް ވަރަށް އުނދަގޫވާ ސިފައެކެވެ. ޚާއްސަކޮށް އޭނާގެ ބާރުގައި ނެތްކަމެއްގައި ނުވަތަ އޭނާ މަސައްކަތްކުރަމުންދާ ކަމެއްގައި އަބަދު ޝަކުވާ ކުރާނަމަ ހިތްހަމަނުޖެހޭލެއް އަވަސްވާނެއެވެ.

ސާފުތާހިރުކަން ކުޑަވުން

ސާފުތާހިރުކަމަކީ ކޮންމެ މީހަކަށްވެސް މުހިންމު ކަމެކެވެ. ޙާއްސަކޮށް ފިރިން އަބަދުވެސް އެމީހުންގެ އަނބިން ގައިން މީރުވަސް ދުވަން ބޭނުންވާނެއެވެ. ގިނަ އަންހެނުންނަށް ވާގޮތަކީ ގޭތެރޭގައި ފެންނުވަރައި ހަޑިކޮށް އިނދެފައި ފެންވަރައި ރީތިވަނީ ބޭރަށްދާން އެކަންޏެވެ. ނަމަވެސް އަނބިން އެންމެ ޒީނަތްތެރިވެ ވަސްމީރުކޮށްގެން ފަރިދެއްކެންވީ ފިރިން ކައިރީގައެވެ. އެއީ ލޯބި އިތުރުވާނެ ކަމެކެވެ.

އެހެން މީހުންގެ ދެބައޮޑުވުން

މިއީ ފިރިހެނުން ވަރަށް ގަޔާނުވާ ސިފައެކެވެ. އަނބިން އެމީހުންގެ ރައްޓެހިންނާއި އާއިލާ މީހުންގެ ނުބައި ވާހަކަ ދައްކާނަމަ ފިރިމީހާ އަނބިމީހާއަށް ކުރާ އިތުބާރު ކުޑަވާނެއެވެ. ސަބަބަކީ ފިރިމީހާގެ ނުބައި ވާހަކަ އެހެންމީހުން ކައިރީ ދައްކާފާނެޔޭ ފިރިމީހާއަށް ހީވުމަކީ މިފަދަ ކަންތައް ކުރާނަމަ ވެެދާނެ ކަމެކެވެ.

އަވަހަށް ރޮއި ހަޅޭލެވުން

ތެދެކެވެ. އަންހެނުންނަކީ އަވަހަށް ދެރަވެ ރޮއި ހަދާބައެކެވެ. ނަމަވެސް ކުދި ކުދި ކަންކަމުގައި ރޮއި ހަޅޭލަވާ ހަދާނަމަ އަނބިން ހިތްހަމަނުޖެހޭ އެއްޗެއް ބުނެވެދާނެތީ ފިރިމީހާ ކަންކަން ޙިއްސާކުރާ މިންވަރު ކުޑަވެދާނެއެވެ. އެހެންކަމުން ކޮންމެވެސް ވަރަކަށް ޖަޒުބާތުތައް ކޮންޓްރޯލްކުރަން މަސައްކަތްކުރަންވާނެއެވެ. މިހެން މިބުނަނީ ނުރޮއި އަބަދު ހެވިފައި ހުންނާށެކޭވެސް ނޫނެވެ. ނަމަވެސް ދެރަވާ ކަމެއް ވިޔަސް މަޑުމައިތިރިކަމާއެކު ކަންކަމާ ކުރިމަތިލެވޭތޯ ބަލާށެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ބޯޢީ | 13 ނޮވެންބަރ 2017 - 17:20

އަވަހައް ރޮވުން......އައި ލައިކު

ޑިމޮކްރަސީ | 14 ނޮވެންބަރ 2017 - 15:22

ތީ ތެދެއް

ޓްރެންޑިން