Edition MV - DV

ލިޔުންތައް

ލިޔުންތެރިން

އަހަރެންގެ ޤައުމު

26 ޖުލައި، ދިވެހިރާއްޖޭގެ މިނިވަންދުވަސް.

26 ޖުލައި 2017 - 09:44

ޙައްވާ މައިޝާ އިބްރާހީމް

ފެންނުލިބިފައިވާ މީހަކަށް ފެނުގެ މުހިންމުކަން އިޙްސާސް ކުރެވޭފަދައިން މިނިވަންކަން ލިބިފައިވާ ބަޔަކަށް އަޅުވެތިކަމުގެ އިޙްސާސް ވެސް ކުރެވޭނެއެވެ. މިނިވަންކަން ގެއްލިގެން ދިޔައީ ކޮންމެވެސް ބައެއްގެ އަޅުވެތިކަމަށް ދިޔުމުންނެވެ. މިނިވަން ކަމުގެ ހަޤީގަތަށް ބަލާނަމަ ދޭދޭ ފަރުދުއްނާއި ޤައުމުތަކުގެ މެދުގައި ވަނީ މިނިވަންކަމެވެ. އިންސާނުންގެ އަޅުވެތިކަން ހަމަ އެކަނި ވަނީ މާތް ﷲ އަށެވެ. އެހެންކަމުން އެއްބަޔަކު އަނެއްބައެއްގެ މައްޗަށް ވެރިވެގަތުމަކީ އެމީހުންގެ މިނިވަންކަމާއި ދިރިއުޅުމުގެ ހައްގުގެ މައްޗައް އަރައި ގަތުމެވެ.

އިންޑިޔާ ކަނޑުގެ މެދުގައި ރަތްމުށް ތަކެއްހެން އެތުރިފައިވާ ދިވެހިރާއްޖެ، މިއީ ރާއްޖެ ސިފަކުރާ ކޮންމެ ޝާއިރެއްގެ ދުލުގައިވާ އެންމެ ފުރަތަމަ ބަހެވެ. މި ރީތި ދިވެހިރާއްޖެއަށް ބޭރުގެ އެތައް ގައުމަކުން އަބަދުވެސް ދަހިވެތިކަމުގެ ލޮލުން ފާރަލަމުން ދެއެވެ. އެގޮތުން އިގިރޭސިންގެ އަތްދަށައް ދިވެހިރާއްޖެ ދިޔައީ 1887 ވަނަ އަހަރުގައެވެ. އެދުވަހުން ފެށިގެން އިގިރޭސިން ހިމާޔަތުގައި ރާއްޖެ އޮތް އިރު ދިވެހިންގެ ދާޚިލީ ކަންތަކާއި ނުބެހުމައް އެމީހުންވަނީ އެއްބަސް ވެފައެވެ. ނަމަވެސް، ހާރިޖީ މައްސަލަތަކާއި އިގިރޭސިންނާއި މަޝްވަރާކުރުމަށް ވަނީ އަންގާފައެވެ. މީގެ، ބަދަލުގައި އިގިރޭސިން ދިވެހިންނައް ދިނުމައް އެއްބަސްވީ ވޯރާ ވިޔަފާރި ވެރިންނާއި ޕޯޗުގީޒުންނާއި އަދި އެހެނިހެންވެސް މީހުންގެ ފަރާތުން ރައްކައުތެރި ކޮށް ދިނުމަށެވެ. ނަމަވެސް، އިގިރޭސިންގެ ހިމާޔަތުގައި އޮތުން އެއީ ފުރިހަމަ މިނިވަން ކަމަކަށް ވެގެނެއް ނުދިޔައެވެ.

ފުރިހަމަ މިނިވަންކަމެއް ދިވެހި ޤައުމަށް ހޯދާދިނުމަށްޓަކައި މަސައްކަތް ކުރެއްވި އޭރު ދިވެހި ދައުލަތުގެ ބޮޑުވަޒީރު ވެލާނާގޭ އިބްރާހީމް ނާޞިރެވެ. ދިވެހި އެތައް ދަރިއެއްގެ ހޮޔޮ ދުއާ އެމަނިކުފާނައްޓަކައިވެއެވެ. އަނގަބަހުން ވިއަސް އަދި އެނޫން ގޮތަކުން ވިއަސް އިގިރޭސީން އާއި ދެކޮޅަށް ތެދުވެ އަޑުއުފުލި ދިވެހި ފަސްގަނޑަށް އުފަން ދިވެހި ދަރިޔަކީ އިބްރާހީމް ނާޞިރެވެ. އެތަކެއް މަސައްކަތަކަށް ފަހު 26 ޖުލައި 1965މ. ގައި ކޮޅުބުގައި ބޭއްވުނު ރަސްމިއްޔާތެއްގައި ދިވެހިންގެ މިނިވަން ކަމުގެ އެގްރިމެންޓްގައި ދިވެހިންގެ ފަރާތުން ސޮއި ކުރެއްވީ ބޮޑުވަޒީރު އިބްރާހިމް ނާޞިރެވެ. މި ޚަބަރު ވަނީ ބީބީސީން އިއުލާންކޮއްފައެވެ.

އަޅަމެން އެންމެންގެ ދުޢާއަކީ، ދިވެހި ފަސްގަނޑާއި ރައްޔިތުންނަކީ އަބަދުވެސް މިނިވަން ބައެއްގެ ގޮތުގައި އަބަދުމެ އަބަދަށް ލެއްވުމެވެ. އަހަރެމެންގެ ދީނާއި ސަޤާފަތް ހިމާޔަތްކޮއް ކުރިއަށް އައްނަން އޮތް ޖީލްތަކަށް ރައްކައުތެރިކަމާއި އެކު ފޯރުކޮށްދިނުމެވެ. މާތް ﷲ އަޅަމެންގެ ދުއާ އަބަދުމެ އިޖާބަ ކުރައްވާފާންދޭވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން