Edition MV - DV

ލިޔުންތައް

ލިޔުންތެރިން

އަހަރެންގެ ޤައުމު

ހިޔާލް ފާޅުކުރުމަކީ އިމުންނެއްޓެންޖެހޭ ހައްޤެއް ހެއްޔެވެ؟

27 އޮކްޓޯބަރ 2017 - 22:12

ފާތިމަތު މުހައްމަދު

ކޮންމެ މުޖުތަމަޢުއެއްގައިވެސް އެބަޔެއްގެ ހިޔާލަކީ މުހިންމު އަދި އޭގައި ވަރަށް މުހިންމު ދައުރެއް އަދާކޮށްދޭ އެއްޗެކެވެ. ޤައުމު ބިނާކުރުމުގައި ވަކިވަކި އަފުރާދުންނާއި މުޅި މުޖުތަމަޢުގެ އިސްލަހަށްޓަކައި އަންނަ ދުވެއްޔެކެވެ؟ ނަމަވެސް ސުވާލަކީ ހިޔާލްފާޅުކުރުމުގެ މިނިވަންކަމުގައި އެހިނދަކު ދުލަށް އައިހާ ބަހެއް އެހިނދަކު އަތާއި ފައިން ކޮންމެ އަމަލެއް ކުރުމަކީ ހެޔޮ ފާލެއްގައިވާ މިނިވަންކަންބާއެވެ. މިއަދުހެ ތަހުޒީބްވަމުން އަންނަ މުޖުތަމަޢުތަކުގައި ހިޔާލް ފާޅުކުރުމުގައި ގެންގުޅެންޖެހޭ އުސޫލްތަކާއި އަސާސްތަކަށް އިހުތިރާމްކުރެވޭބާއެވެ.

މިއަދުގެ ތަހުޒީބުތަކުން ފެންނަމުންދާ ކަންބޮޑުވުންތަކަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އިމުން ބޭރުވެ، އަތްނުފޯރާ ފަށަށް ދިޔުމެވެ. އިޙުތިރާމާއި ޤަދަރު ކުޑަވެ، ވެރިންނަށް ކިޔަމަންވުމުގެ އުސްލޫބު ހަމައިން ނެއްޓިފައިވުމެވެ. ޤައުމީ މަސްލަހަތާއި ޤައުމުގެ އިޖުތިމާއި ހަމަޖެހުން ގެއްލޭ މިންވަރަށް ސޮއްސައިލައިފައި އޮތުމެވެ. މިއީ މިއަދުވެސް އެ ހަޤީގަތާއި ދެކޮޅު ނުހެދޭނެ ހަޤީގަތެވެ. އެހެންނަމަވެސް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އިމެއްނެތި ދޫވެފައިވާ ކަމަކަށް ވެގެންނެއް ނުވާނެއެވެ. ޒަމާނާއި ޙާލާތު ބަދަލުވެގެން ހިނގައިދާނެއެވެ. ކަންކުރަމުން އައި އުސޫލާއި ހަމަލަމަ ބަދަލުވެދާނެ އެވެ. އެހެންނަމަވެސް އެއީ ތިމާ ހިތުހުރި ގޮތަކަށް ކަންކުރުމަށް ލިބޭ ފުރުސަތެއް ނޫނެވެ. ނުވަތަ ސަބަބެއްވެސް ނޫނެވެ. މިގޮތުން އެންމެ ފުޅާ ދާއިރާއެއްގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިފައިވާކަމަށް ދައުވާކުރާ ފިކުރިއްޔާރަށް ބަރޯސާވެގެން އުޅޭ ފަރާތްތަކުން ވެސް ޤާބޫލުކުރާ މިންގަނޑުތަކެއް އޮވެއެވެ. އެއީ ތިމާ ފާޅުކުރާ ޚިޔާލާއި ޝުޢޫރުގެ ސަބަބުން އަނެކުންގެ ޚައްޤާއި އިމުގެ ތެރެއަށް ނުވަނުމެވެ.

ހަމަމިބީދައިން ތިމާގެ ޚިޔާލާއި ފިކުރަން އަންނަ ކޮންމެ ވާހަކައަކީ ނުވަތަ ކޮންމެ ޢިބާރާތަކީ ފާޅުކުރެވޭނެ ޚިޔާލަކަށް ނުވެދާނެ އެވެ. އެކަން އެމަގުން ޤަބޫލުކުރަން އެބަޖެހެއެވެ. އެއީ އޭގެ ސަބަބުން ފަރުދެއްގެ ދިރިއުޅުމާއި، ނުވަތަ ޖަމާއަތެއްގެ ޤަދަރާއި، ނުވަތަ ގައުމެއްގެ އަސާސްތައް ފަހަނައަޅައި ހިނގައިދާނެތީ އެވެ. ވިސްނުމާއި ފިކުރުން އިންސާނާ "މަހުޖަނަކަށް" ހަދައިދީފައި ވަނީ އެ ބޭނުމުގައިކަން ޤަބޫލުކުރަން އެބަޖެހެއެވެ. ފިކުރީ ފަލްސަފާތަކާއި، ޝައިޠާނީ އުޞޫލުތަކުން ޣާފިލުވެތިބެ، ހިތުހުރި ގޮތަކަށް ފާޅުކުރެވޭ ޝުޢޫރުތަކަކީ މިނިވަން ވެއްޓެއްގެ ހިޔަލުން ނެއްޓިފައިވާ ބުނުންތަކެކެވެ. ތިމާއަށް ލިބިފައިވާ ބާރުވެރިކަމާއި، ނުވަތަ ތިމާއަށް ލިބައިވާ ޤަދަރުވެރިކަމަކީ ތިމާ ހިތުހުރި ގޮތަކަށް އުޅުމަށް ލިބިފައިވާ ފުރުސަތެއް ނޫނެވެ.

ކޮންމެއަކަސް އަޅުގަނޑުމެންނަކީ މަދު ދުވަސްކޮޅެއްގެ މެހެމާނުންތަކެއްކަން ހަނދާންކުރަން އެބަ ޖެހެއެވެ. ކަން މިހެން އޮތުމުން ތިމާއަށް ލިބިފައިވާ ފުރުސަތަކީ ތިމާގެ ފުށުން ގައުމުގެ މުސްތަޤުބަލަށް ހެޔޮ ފިޅާވަޅުތަކެއް ދަސްކޮށްދެވޭ ދުވަސްތަކަކަށް ހަދަން ޖެހެއެވެ. ތިމާގެ ފެންވަރުން ޤަޢުމުގެ އާންމު ފޭރާން ހެޔޮކުރުމަށް މަސައްކަތްކުރެވޭ ވަގުތުތަކަކަށް ހެދުން މުހިންމެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން