Edition MV - DV

ލިޔުންތައް

ލިޔުންތެރިން

އަހަރެންގެ ޤައުމު

ރާއްޖޭގައި ރެސްޓޯރެންޓް އެއް ނުވަތަ ހޮޓެލް އެއް ހުސްވެފައި ހުއްޓާ ފެނޭތަ؟

14 މޭ 2017 - 22:15

މަރިޔަމް ލައިސާ

ރާއްޖޭގައި ކޮފީ ބޯ ތަންތަނާއި ރެސްޓޯރެންޓްތައް ވަރަށް ގިނައެވެ. މަހުގެ ކުރީކޮޅަކީ އަދި ޚާއްސަކޮށް މީހުން ކޮފީތަކަށް އަރާވަރު ގިނަވާ ދުވަސްކޮޅެވެ. މަހު މުސާރަ ލިބުމާއިއެކު ހުރިހާ އެންމެން އެކި ރެސްޓޯރެންޓް ތަކަށް ދާން ފަށާނެއެވެ. މިހެން ކަމުން މަހުގެ ނިމޭ ހިސާބަށް ދާއިރު ގިނަ މީހުން އަތުގައި މުސާރައިން ބާކީ އެއްޗެއް ނޯވެއެވެ.

މުސާރަ ލިބުމާއި އެކު ފައިސާ ރައްކާކުރާ މީހުން މަދުވެއްޖެއެވެ. މިހެން މިކަން ވާން ފެށީ ކޮފީތަކަށް ދެވޭ ވަރު ގިނަވުމުންނެވެ. އެއްވެސް ޙިޔާލެއް ފިކުރެއް ނެތި ކޮފީތަކަށް ޚަރަދު ކުރަން ފެށުމުންނެވެ. ކޮފީ އަކަށް ވުރެ ތިމާ ފައިސާއެއްކުރުން މާ ރަނގަޅެއް ނޫންތޯއެވެ؟

ކޮފީތަކަށް ދިއުން ވަނީ މިހާޜު ރާއްޖޭގެ ގިނަ ރައްޔިތުންގެ އާދައަކަށް ވެފައެވެ. އެއްވެސް ކަމެއް ނެތިފަ ދެ ތިން ގަޑި އިރު ކޮފީ އެއްގައި ތިބޭ މީހުން މިދަނީ ގިނަވަމުންނެވެ. މިހާރަކަށް އައިސް މާލޭގައި އެއްވެސް ކޮފީ ބޯތަނެއް ހުސްވާއިރެއް ނާދެއެވެ. ކޮންމެ ތަނެއް ވެސް ބަންދު ކުރުމާއި ޖެހެންދެން މީހުން ހުސްނުވާނެއެވެ. އެއްތަނުގައި ޖާގަ ނެތިއްޔާ އަނެއްތަނަކަށް ވެސް ދާނެއެވެ. މިއީ މިހާރުގެ ގިނަ ދިވެހިންގެ އާދަ އަކަށް ވެއްޖެއެވެ. އެންމެން ވެސް ބުނާ ގޮތުގައި އެމީހުންނަށް މުސާރަ ލިބޭ ވަރު ކުޑައެވެ. ނަމަވެސް މުސާރަ ކިތައްމެ ކުޑަވިޔަސް ދެން ހުރި ޚަރަދުތައް ބަހައްޓާފައިވެސް ކޮފީއަށް އެރުން އެންމެންނަށް މަޖުބޫރު ވަނީ ކީއްވެބާއެވެ؟

ކޮފީ ތަކަށް ދިއުމަކީ ބޭކާރު ކަމެކެވެ. ތިމާގެ އަތުން ބޭކާރު ފައިސާ ޚަރަދުވުމާއި ބޭކާރު ވަގުތު ފާއިތުވެ ދިއުން ފިޔަވާ އެއްވެސް ކަމެއް ނުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން