Edition MV - DV

ލިޔުންތައް

ލިޔުންތެރިން

އަހަރެންގެ ޤައުމު

ރާއްޖޭގައި ހަނގާ (ބުލީ) ކުރުން ގިނަވެފައި، ޙާއްސަކޮށް ސުކޫލުތަކުގައި!

16 މޭ 2017 - 09:53

މަރިޔަމް ލައިސާ

ރާއްޖޭގެ ކޮންމެ ސުކޫލަކަށް ބަލާލިއަސް އެކި އުމުރުފުރާގެ އެކި މިޒާޖުގެ އެކި ކަހަލަ ކުދިން ފެންނާނެއެވެ. އެއް ކުއްޖަކު މަޑުން ހުރިއްޔާ އަނެއް ކުއްޖަކު ވަރަށް ހެލަނި ވާނެއެވެ. އެންމެ ކުޑައިރުން ފެށިގެން ސުކޫލު ނިމެންދެން ވިޔާނުދާކޮށް އުޅޭ ކުދިން ފެންނާނެއެވެ. ނުވަތަ ވަކި އުމުރުފުރާއަކަށް އެޅުމުން ކައިރީގައި އުޅޭ ރަޙުމަތްތެރިންގެ ސަބަބުން ވިޔާނުދާވާ ކުދިން ވެސް ފެންނާނެއެވެ. އެކި ކަހަލަ ކުދިން އެއް ސުކޫލެއްގައި އުޅޭއިރު މައްސަލަތައް ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

ގިނަފަހަރަށް ސުކޫލުގައި މަޑުން އިންނަ ކުއްޖާއަށް މިދަނީ ހަނގާ ކުރެވުމުންނެވެ. އެ ކުދިބަޔަކު އުޅޭ ގޮތަށް އެކުއްޖާ ނޫޅޭތީއެވެ. ނުވަތަ އެކުއްޖާ މުދައްރިސުން ގާތު އެކުދިން އުޅޭ ގޮތް ކިޔައިދޭތީއެވެ. ނުވަތަ ފޫހި ފިލުވާށެވެ. މި މަންޒަރު ބަލަން އަޅުގަނޑުމެންގެ މުދައްރިސުން ދެއަތް އެލުވާލައިގެން ތިބޭ ކަމީ އަޅުގަނޑުމެން ލަދުގަންނަން ޖެހޭ ވަރު ކަމެކެވެ.

މައިންބަފައިން ކުޑައިރު ދަރިއަކު އެހެން މީހެއްގެ އަތް މައްޗަށް ދޫކޮއްލާނީ ކިހާ އިތުބާރު ކުރާތީ އެއް ނޫންތޯއެވެ؟ ބޮޑުވެގެން އައިސް އެކި ސުކޫލުތަކަށް ވައްދާ ދަރިން ސުކޫލަށް ފޮނުވާނީ ދަރިފުޅު މޮޅަށް ކިޔަވާނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް ގިނަ ދަރިވަރުންގެ ކިޔެވުން "ބުލީ" ކުރުމުގެ ސަބަބުން ހަލާކުވެގެން ދެއެވެ. މިހާރަކަށް އައިސް ރާއްޖޭގެ ސުކޫލު ތަކުގައި މިކަން ހައްދު ފަހަނަ އަޅާ ދާތަން އަޅުގަނޑުމެންނަށް އެބަ ފެނެއެވެ. ދަރިވަރަކު އައިސް މިކަމާއި ބެހޭ ގޮތުން ވާހަކައެއް ދެއްކިޔަސް އަޅާލާނެ މުދައްރިސަކު މަދެވެ. އަދި ގިނަ ފަހަރު މުދައްރިސުން ވާހަކަ ވެސް ދައްކާނީ ހަނގާކުރެވެމުންދާ ކުއްޖާއާއި އިދިކޮޅަށެވެ.

ގިނަ ޢަދަދެއްގެ މުދައްރިސުންގެ ޒިއްމާދާރު ކުޑަކަން މިކަންކަމުން ފެނެއެވެ. ހަނގާކުރެވެމުންދާ ކުއްޖާއަށް އެކިކަހަލަ ބަދަލުއައިސް ކިޔެވުން ހަލާކުވެ، ސުކޫލަށް ދާން ބިރުގަނެ ކަންތައްތައް ވާން ފެށުމުން އެކަމުގެ ގެއްލުން ވާނީ އެކުދިންގެ މައިންބަފައިންނަށާއި އެކުދިންނަށެވެ. އެކަމުން އަސަރު ކުރާނީ ވެސް އެކުދިންނަށާއި އެކުދިންގެ މައިންބަފައިންނަށެވެ. މުދައްރިސުންނަށް ނުވަތަ ހަނގާކުރަމުން ގެންދާ ކުދިންނަކަށް އެއްވެސް ގެއްލުމެއް ނެތެވެ.

 

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން