Edition MV - DV

ލިޔުންތައް

ލިޔުންތެރިން

އަހަރެންގެ ޤައުމު

އަންހެން ކުދިންނަށް އުނދަގޫކުރުން ގިނަވެފައި، ރާއްޖެ ރައްކާތެރިހެނެއް ހިއެއް ނުވޭ!

17 މޭ 2017 - 13:33

މަރިޔަމް ލައިސާ

މަގުމަތީގައި އެކަންޔެއް ނޫނެވެ. ރެސްޓޯރެންޓް އަކަށް ދިޔަޔަސް، ހަސްފަތާލަކަށް ދިޔަޔަސް ނުވަތަ އާންމުންގެ އެއްވެސް ތަނަކަށް ދިޔަ ކަމުގައި ވިޔަސް ފިރިހެނުންގެ އުނދަގޫ މިވަނީ ވަރަށް ބޮޑުވެފައެވެ. އުނދަގޫ ކުރުމާއި، ފޮށުމާއި، އަނގައިން އަޑު އަޑު ލެއްވުމާއި، ތުން ގޮއްވުމާއި، ޖެއްސުން ކުރުން މިވަނީ ގިނަވެފައެވެ. އަދި ބައެއް ޙާލަތް ތަކުގައި ގަޔަށް ބޮލަށް އެރުން ވެސް ހިމެނެއެވެ.

މިފަދަ ކަންތައްތައް އަޅުގަނޑުމެންގެ ޤައުމުގައި ހިނގައި ކަމުގައި ވަނީނަމަ އަޅުގަނޑުމެންގެ ޤައުމު ރައްކާތެރި ތަނެއް ގޮތުގައި އަޅުގަނޑުމެން އަންހެނުންނަށް ފެންނާނެ ހެއްޔެވެ؟ ނޫނެކެވެ. އަޅުގަނޑުމެން މަގުތައް މަތީގައި ވެސް މި ހިނގަނީ ބިރެއް ތެރޭގައި ހުރެގެންނެވެ. ފަހަތުން އައިސް ސައިކަލުގައި ދާމީހުން ގައިގައި އަތްލަފާނެތީއެވެ. ކަންމަތީގައި ގްރޫޕް ހަދާފައި ފޮށެން ތިބޭ ކުދިން ގަޔާއި ދިމާއަށް އައިސްދާނެތީއެވެ. ޖެއްސުން ކުރާ މީހުންގެ އުނދަގޫ ބޮޑުވެގެން ގޮސް މަގެއް މައްޗަށް ނުނިކުމެވިދާނެތީއެވެ. ފޮށޭ މީހުން އިތުރު ގޮތް ގޮތަށް ފޮށި ދާނެތީއެވެ. މި ހުރިހާ ކަމަކީ ވެސް އަޅުގަނޑުމެން އަންހެނުންގެ ހިތުގައި އުފެދިފައި އޮންނަ ބިރެކެވެ.

ތަނެއްގައި ހިނގާފައި ދާހާ މީހަކާއި ފޮށި މިގޮތަށް އުނދަގޫ ކުރުމަކީ ކިހާ ހަޑި ކަމެއް ހެއްޔެވެ؟ ފިރިހެނުންނަށް މިކަން ކޮށްގެން ވަނީ ކޮން ފައިދާއެއް ބާވައެވެ. ޒުވާން އަންހެން ކުއްޖަކު ފެންނަ އިރަށް މެދު އުމުރުފުރާގެ މީހުންނާއި މުސްކުޅި އުމުރުފުރާގެ މީހުން އެމީހުންގެ ދަރިން ތިބޭކަން ވެސް ހަނދާން ނުހުރެއެވެ. ހަމަ އެގޮތަށް ޒުވާން ފިރިހެނުން ވެސް އެމީހުންގެ ކޮއްކޮ، ދައްތަ، މަންމަ ނުވަތަ ލޯބިވެރިން ތިބޭ ކަން ވެސް ހަނދާން ނުހުރެއެވެ. ތިމާ ފޮށޭ އިރު ތިމާގެ ކޮއްކޮ، ދައްތަ ނުވަތަ އާއިލާ އެހެން މީހަކާއި ދޭތެރޭ ވިސްނާލަން ވީ ނޫންތޯއެވެ؟ ތިމާގެ މަންމައާއި ދައްތަ އަށް އެ ގޮތަށް މީހަކު ފޮށި އުނދަގޫ ކޮށް ކަންތައް ކުރާ ނަމަ ތިމާ އަށް ވާނީ ކިހިނެއްތޯއެވެ؟ ނުވަތަ ތިމާގެ ދަރިއަށް އެގޮތަށް ފިރިހެނުން އުނދަގޫ ކޮށްފިއްޔާ ތިމާއަށް ވާނީ ކިހިނެއްތޯއެވެ؟

ތިމާ ކަމެއް ކުރުމުގެ ކުރިން ތިމާއަށް އެކަމެއް ދިމާވުމުން ކުރާނެ އަސަރު ފުރަތަމަ ވިސްނާލަން ވަރަށް މުހިއްމެވެ. އޭރަށް ތިމާގެ ވިސްނުން ކުޑަކޮށް ބަދަލުވެދާނެއެވެ. އޭރަށް ތިމާ އެހެން އަންހެން ކުއްޖަކާއި ފޮށި އުނދަގޫކޮށް ޖެއްސުން ކުރުމުގެ ކުރިން ތިމާގެ އާއިލާ މީހަކަށް އެކަހަލަ ކަމެއް ދިމާވުމުން ވާނެ ގޮތް އިޙުސާސު ކުރެވޭނެއެވެ. އަދި އަނެއް މީހާގެ އިހުސާސްތަކާއި ދޭތެރޭ ވިސްނާލެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން