Edition MV - DV

ލިޔުންތައް

ލިޔުންތެރިން

އަހަރެންގެ ޤައުމު

ފައިސާ ރައްކައު ކުރަން ވިސްނަނީ ކިތައް މީހުންބާ؟

3 ޖުލައި 2017 - 12:35

މަރިޔަމް ލައިސާ

ރާއްޖޭގެ ދެބައި ކުޅަ އެއް ބައި މީހުންނަކީ ކޮފީ ތަކުގައި މުޅި ދުވަސް ހޭދަކުރާ ބައެކެވެ. ދުވާލަކު 3-4 ކޮފީ އަށް ނާރާ މީހަކު މަދުވާނެއެވެ. އެންމެންނަކީ މިލިއަނަރުން ހެއްޔެވެ؟ ނޫނެކެވެ. އަޅުގަނޑަކަށް ހިއެއް ނުވެއެވެ. ނަމަވެސް ފައިސާ ރައްކައު ކުރެވޭ ވަރަށް ވުރެ ފައިސާ ބޭނުން ކުރެވޭ ވަރު ދަނީ ގިނަވަމުންނެވެ.

ގޭގެ ކުލި ދެއްކުމާއި އެފަދަ ޒަރޫރީ ބޭނުންތައް ކުރުމަށްފަހު ރައްކައު ކުރާނެ ފައިސާއެއް ގިނަފަހަރަށް ނުވެސް ހުރެއެވެ. ނަމަވެސް ތިމާގެ އުމުރު ހަމަވެގެން ވަޒީފާއިން ކެނޑެން ވާއިރަށް ފައިސާ ރައްކައު ކުރެވިފައި ހުރުން އެއީ ވަރަށް މުހިއްމު ކަމެކެވެ. ތިމާގެ ޚަރަދުތަކަށެވެ. މީހަކަށް ބަރޯސާ ވެގެން ނޫޅުމަށެވެ.

ގިނަ ބަޔަކު ދެކޭ ގޮތުގައި އެމީހުން ފައިސާ ރައްކައު ކުރާނީ މީހުންނަށް އަދާ ކުރަން ޖެހޭ ފައިސާތައް އަދާކޮށް ނިމުނީމައެވެ. ނަމަވެސް މިއީ ރަނގަޅު ވިސްނުމެއް ނޫނެވެ. މީހަކަށް ދަރަންޏެއް އޮތް ނަމަ ރައްކައު ކުރަމުން ދައްކާށެވެ. މަހަކު ވަކި ވަރެއް ދައްކާށެވެ. ލިބޭހާ ފައިސާ އޭނާއަށް ނުދޭށެވެ. އަދި ފައިސާ ރައްކައު ކުރުމުގައި ވަކި އުމުރުފުރާއަކާއި ހަމައަށް ނުދިޔަސް، 20 އަހަރުވުމުން ރައްކައު ކުރަން ފަށާށެވެ.

ފައިސާ ރައްކައުކުރަނީ ތިމާގެ ފައިދާއަށެވެ. މިހާރު ތިމާގެ އުމުރުން 35 އަހަރު 40 ވެ، ވަޒީފާއިން ވަކިވާ އުމުރަކީ 60 އަހަރު ކަމުގައި ވާނަމަ ފައިސާ ރައްކައު ކުރެވިފައި ހުރި މިންވަރު ބަލާލާށެވެ. ނަމަވެސް އެކައުންޓްގައި ތިމާއަށް އުޅެވޭ ވަރަށް ފައިސާ ނެތަސް އެކަމާއި ހާސް ނުވާށެވެ. މިހާރު އުޅޭ ގިނަ ޒުވާން ކުދިންގެ އެކައުންޓްގައި ތި ހުރި ވަރަށް ވެސް ނުހުންނާނެއެވެ.

އެހެންކަމުން ފައިސާ ރައްކައު ކުރުމުގެ މުހިއްމު ކަމާއި ބެހޭ ގޮތުން ރާއްޖޭގެ ޒުވާނުން ހޭލުންތެރި ކުރުވުމަކީ ވަރަށް މުހިއްމު ކަމެކެވެ. މި ބުނަނީ ކޮފީ އަށް ނުދާށޭ އެއް ނޫނެވެ. ނަމަވެސް ކޮންމެ ކަމެއްގައި ވެސް ހައްދެއް ގެންގުޅުން ވަރަށް މުހިއްމެވެ. އަދި ދަތް ހުރި ދުވަހު ކާށި ކެއުން ވެސް އެހާ މުހިއްމެވެ. ގައިގައި ވަރު ހުރި ދުވަހު ގައިގައި ވަރު ނެތޭ ދުވަހު ތިމާގެ އެހީ އަކަށް ފައިސާ ރައްކާ ކުރަން ފަށާށެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން