Edition MV - DV

ލިޔުންތައް

ލިޔުންތެރިން

އެހެނިހެން

ޤަބޫލުނުކުރެވުނަސް ދިރިއުޅުމުގައި އެންމެ ބުރަ ބަޔަކީ އަންހެނުންނެވެ.

28 އޮކްޓޯބަރ 2017 - 12:00

ފާތިމަތު މުހައްމަދު

އަންހެނަކު ނިދައިފިކަމުގައިވަނީނަމަ އެއީ ވަރަށް ކަންނެތް އަންހެނެކެވެ. ބުނާ ކަމެއް އެއިރަކު ނުކޮށްދީފިކަމުގައިވަނީނަމަވެސް ވާނީ ކަންނެތް އަންހެނަކަށެވެ. މިއީ ގިނަ ފިރިހެނުން ޤަބޫލުކުރާގޮތެވެ. އެ ޤަބޫލުކުރުންތަކުގެ ފަހަތުގައި އޮތް އެއްޗަކާއިމެދު ފިރިހެނުން މާބޮޑު ސަމާލުކަމެއް ނުދޭނެވެ. ސަބަބަކީ ދިރިއުޅުމުގައި އެންމެ ބުރަ ބަޔަކި އެންމެ މަސައްކަތްތެރި ބަޔަކީ އަންހެނުންނޭ ބުނެފިކަމުގައި ވަނީނަމަ އެއީ މާ ހަމަޖެހޭ ވާހަކައެއްކަމަށް ފިރިހެނުން ޤަބޫލުކުރަން ބޭނުން ނުވަނީއެވެ. އެއީ ދަރަޖައިގެ ގޮތުން ދަށް ވިސްނުމެއްކަމުގައި ހީކުރުން ކަމުގައިވެސް ވެދާނެއެވެ. އެހެނަސް ފިރިހެނުންނަށްވުރެ އަންހެނުންގެ ވިސްނުމާއި ކުރެވޭ މަސައްކަތާއި ގެންގުޅޭ އުކުޅުތައް ހަރުދަނާވެފައި ހީވާގިއެވެ.

ދަރިންބެލުމުގައި އެވަރެއްނެތް

މަދު މަންމައަކު ފިޔަވައި ގިނަ މަންމައިންނަކީ ދަރިންގެ އުފަލާއި ދަރިންގެ ތަރުބިއްޔަތަށް ވިސްނާ ބައެކެވެ. ކިތަންމެ ބޮޑު ޤުރުބާނީއެއްވެގެންވެސް އެދަރިންނަށްޓަކައި އެ ކުރެވޭ ހީވާގިއަކީ ފިރިހެނުންނަށް އަރާ ހަމަކުރެވޭނެ ކަމެއްނޫންކަން ގިނަ ފިރިހެނުންވެސް ޤަބޫލުކުރާކަމެކެވެ. ފިރިހެނަކު ދަރިޔަކު ބަލަންވެއްޖެކަމުގައިވަނީނަމަ ވާ ފޫއްސެއްގެ ބޮޑުކަމުން ގިނަފަހަރު ގެންގުޅޭނެ ގޮތެއްވެސް ނޭގޭނެއެވެ. ނުވަތަ ދަރިފުޅު ބޮޑާހާކައިފިނަމަ ދަރިފުޅުގެ މަންމައާއި ހަވާލުކުރާނެއެވެ.

ގޭތެރޭގެ ކަންތައްތައް ބެލުމުގައި އެވަރެއް ނެތް

ދަރިން ބެލަމުން ގޭތެރޭގެ ކަންތައްތައް ހަމަޖައްސަނީ ފުރިހަމަކަމާއިއެކު އެވެ. ދަރިއަކު ނެތް އަންހެނަކު ނުވަތަ ކައިވެނި ނުކުރާ އަންހެނަކުވެސް މިފަދައެވެ. ފިރިއަކު ހުރެއްޖެކަމުގައިވަނީނަމަ ފިރިމީޙާގެ ކަންތައްތައް ހަމަޖައްސައި ގޭގައި އުޅޭ އެހެން ފިރިހެނުންގެ ކަންތައްތައް ހަމަޖައްސައި ފިރިއަކު ނެތް އަންހެނަކުވީކަމުގައި ވިޔަސް އާއިލާގެ ފިރިހެނުންގެ ކަންތައްތައް ބަލަނީ ފުރިހަމަކޮށެވެ.

އިލްމުއުގެނުމުގައި އެވަރެއްނެތް

ފިރިހެނަކަށް ތަޢުލީމު ހާސިލްކުރުމަކީ މާ މުހިންމުކަމެއް ނޫނެވެ. ތަޢުލީމެއް ހާސިލްކުރުމަކީ ކުޑަމިންވަރަކަށް އޮންނަ ކަމެއްކަމުގައި ގިނަ ފިރިހެނުން ޤަބޫލުކުރެއެވެ. ކޮލެޖް ތައުލީމް ހާސިލް ކުރުމުގައި ގިން އަންހެނުން އުޅޭކަމީ މީގެ އެއް ހެއްކެވެ. ތައުލީމު ހާސިލްކުރުމާއިއެކު އެތައް ޢިލްމެއް ނުވަތަ އެއަށްވުރެ މަތީ ފެންވަރުތަކަށް އަންހެނުން ދާ ނިސްބަތަކީ ފިރިހެނުންނާއި އަޅައި ބެލޭއިރު ވަރަށް ބޮޑު ނިސްބަތެކެވެ.

މިއީ ބައެއް އަންހެނުންގެ ވާހަކައެވެ. އެގޮތުން ވަޒީފާއެއް ނެތް ފިރިހެނަކު ނަމަ ދިރިއުޅުމުގައި ކުރާނެކަމެއްނެތި ކޮންމެވެސް ތަފާތު މަގެއް އިހްތިޔާރުކުރާނެވެ. ވަޒީފާއެއްގައި އުޅޭ ފިރިހެނަކު ކަމުގައިވިޔަސް ކުރެވޭ ހަމައެކަނި މަސައްކަތަކީ އޭނާގެ ވަޒީފާއެވެ. އެހެންވެއްޖެކަމުގައި ވަނީ އަންހެނުން ފިރިހެނުންނަށްވުރެ ދިރިއުޅުމުގައި ހީވާގި ނުވޭ ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލުތައް

×

ނީމާ | 30 އޮކްޓޯބަރ 2017 - 16:19

ދެެރައީ އަގުވަޒަން ކުރާނެ ބަޔަކު ނެތުން.

ޓްރެންޑިން