Edition MV - DV

ލިޔުންތައް

ލިޔުންތެރިން

އެހެނިހެން

އެއްވެސް ގައުމެއްގެ ދިދައިގައި ދަނބުކުލަ ނެތީ ކީއްވެކަން އެނގޭތަ؟

29 އޮކްޓޯބަރ 2017 - 15:00

ޙައްވާ އަޒްލީނާ ޢަލީ

ދަނބުކުލައަކީ ގިނަބަޔަކަށް މަޤްބޫލު ކުލައެކެވެ. އަދި ގިނަ ބަޔަކަށް ރީތިކުލައެއްވެސް މެއެވެ. ނަމަވެސް ގިނަބަޔަކަށް ފާހަގަ ނުވާނެ ކަމަކީ ދުނިޔޭގެ 196 ޤައުމުވާއިރު މިއިން އެއްވެސް ޤައުމެއްގެ ދިދައިގައި ދަނބުކުލަ ނުވާ ކަމެވެ.

މީގެ ހަޤީގަތަކީ ކޮބައިބާވައެވެ؟ ދަނބުކުލަ ދިދަތަކުގައި ލާން ވެރިން ނުރެހެނީ ބާއެވެ. ނަމަވެސް ކަންތައް ހުރީ އެހެނަކުން ނޫނެވެ. އެޒަމާނުގައި ދަނބުކުލައިގެ އަގުބޮޑުކަމުން އެއްވެސް ގައުމަކުން ދިދައިގައި ދަނބުލަ ލެވޭ ވަރުގެ ތަނަވަސްކަމެއް ނެތެވެ. އޭރު ދަނބުކުލައިގެ އަގު ރަނަށްވުރެ 3 ގުނަ ބޮޑެވެ. ދަނބުކުލައިން ރަމްޒުކޮށްދެނީ މުއްސަނދިކަމާއި ޝާހީކަމެވެ. އޭރުގެ ރާނީ އެލްޒަބަތް 1 ދަނބުކުލައިގެ ހެދުން ތުރުކުރެއްވުމަށް ލޯބިކުރެއްވިއެވެ. އަދި ރާނީ ޝާހީ ބޭފުޅުން ފިޔަވައި އެހެން މީހުން ދަނބުުލައިގެ ހެދުންލުން މަނާކުރިއެވެ.

އޭރު ދަނބުކުލަ ހަނދަނީ މިހާރުގެ ލުބުނާނުގެ ހިސާބުގައި އޮންނަ އަވަށެއްގައެވެ. މިދަނބުކުލަ ހަދަނީ އެތާގެ ކަނޑުގައި އުޅޭ ފިނިހަކައެއް ގައިން ކުލަ ނަގައިގެންނެވެ. މިކަމަށް އެތަށް ވަގުތަކާއި ބުރަ މަސައްކަތްބޭނުންވެއެވެ. 1 ގްރާމެއްގެ ދަނބުކުލަ އުފައްދަންވެސް 10 ހާސް ފިނިހަކަ ބޭނުންވެއެވެ. އަދި އޭރު އެންމެ 500 ގްރާމް ދަނބުކުލައިގެ އަގު މިޒަމާނުގެ 56000 އެމެރިކާ ޑޮލަރަށްވުރެ އަގުބޮޑެވެ.

ނަމަވެސް މިއަދު ދަނބުކުލައަކީ އެހެނިހެން ކުލައެކޭ އެއްފަދައިން ލިބެން ހުންނަ އަގުހެޔޮކުލައެކެވެ. މިކަން މިހެންވާން ބަދަލުވާން ދިމާވި އެއްސަބަބަކީ 1856 ވަނަ އަހަރު ކެމިސްޓެއް ކަމަށްވާ ވިލިއަމް ހެންރީ ޕާކިން "ކުއިނިން" ކިޔާ މާއްދާއެއް ތައްޔާރުކުރަން އުޅެނިކޮށް އޮޅިގެން މަސްނޫއީ ދަނބުކުލައެއް އުފެއްދުމެވެ. އޭގެފަހުން ދަނބުކުލަ އާންމުވެ އެންމެންނަށްވެސް ގަނެވޭ ފަދަ އަގުހެޔޮކުލަޔަކަށް ބަދަލުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލުތައް

×

ޒީ | 30 އޮކްޓޯބަރ 2017 - 10:23

ދަނބުކުލަ އިޒް މައި ފެވަރިޓް އައި ލަވް އިޓް

ހަވާ | 30 އޮކްޓޯބަރ 2017 - 23:07

އަސްލު އެއީ ޔާމިނު ޕާޓީގަ އެކުލަ ބޭނުން ކުރީމަ، އެކަކަށް ވެސް އެކުލަ ބޭނުން ކުރަން ނުކެރުނީ.😀

މާސްޓަރ | 31 އޮކްޓޯބަރ 2017 - 02:05

އެއްވެސް ބުރަދަނެއް ހުރިވާހަކައެއްނޫން. 1856ގެ ފަހުން ދުނިޔޭގައި ކިތައް އާގައުމު އުފެދިއްޖެ ހެއްޔެވެ. ޔޫރަޕްގެ ގިނަގައުމުތައްވެސް އުފެދި މިހާރު މިބޭނުންކުރާ ދިދަތައް އުފެދުނީ ތިޔަބުނާ ތާރީޚެއްގެ މާފަހުންނެވެ. އެއްޗެކޭވިއްޔާ ލިޔަނީއެވެ.

ޓްރެންޑިން