Edition MV - DV

ލިޔުންތައް

ލިޔުންތެރިން

އެހެނިހެން

ބިހި ނައްތާލަން އައިސް ކިއުބް ކަމުދަނީ ކީއްވެ؟

8 ނޮވެންބަރ 2017 - 15:00

ޙައްވާ އަޒްލީނާ ޢަލީ

ބިއްސަކީ ދުޅަވެ ބައެއްފަހަރު ދޮސްވެފައިހުންނަ ބަލިތަނެކެވެ. އައިސްއަކީ އާންމުކޮށް ދުޅަވެ އަނިޔާވާ ތަންތަނުގައި ހާކަން ބޭނުންކުރާ އެއްޗެކެވެ. ބިހީގައި އައިސް އުނގުޅުމުން ހަންގަނޑުގެ ދަށުގައިވާ ލޭނާރުތައް ހިމަކޮށްލައެއްވެ. މީގެ ސަބަބުން ދުޅަކަން ވަގުތީ ގޮތުން ކުޑަވެގެންދެއެވެ. އައިސް ބޭނުންކުރުމުން މޫނުގައި ލޭދައުރުކޮށްދޭ މިންވަރު އިތުރުވެއެވެ. މިކަމުގެ ސަބަބުން ހަންގަނޑުގެ ދަށުގައިވާ ވިހަތައް މޫނުން ނައްތާލައި ލެއާއެކު ހަންގަނޑަށް މުހިއްމު ކާނާ ފޯރުވައިދެއެވެ.

ެމީގެ އިތުރުން އައިސްއަކީ ހަނގަނޑުގައިވާ ކުދި ލޯވަޅުތައް ކުޑަކޮށްދޭ އެއްޗެކެވެ. މިކަމުގެ ސަބަބުން ހަންގަނޑުގެ ލޯވަޅުތަކަށް ހަޑިވަދެ ބެކްޓްރީއާ އަށަގަނެ ބިހިނެގުން ކުޑަކޮށްދެއެވެ. އަނެއްކަމަކީ އައިސް ބޭނުންކުރުމުން މޫނުގައިލާ ކްރީމް ބޮޑަށް ހަންގަނޑަށް ވަދެގެންދެއެވެ. އެހެންކަމުން އައިސް ކިއުބެއް ބޭނުންކުރުމަށްފަހު ބިއްސަށް ޚާއްސަ ކްރީމެއް ބޭނުން ކުރާނަމަ އޭގެން ކުރާ އަސަރު ބޮޑެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން