Edition MV - DV

ލިޔުންތައް

ލިޔުންތެރިން

އެހެނިހެން

މަންޝާ 2 (އެއްތިރީސްވަނަ ބައި)

13 ނޮވެންބަރ 2017 - 18:00

ޢާއިޝަތު ޝާޒްލީން (ޝާޒް)

އެހެންތަ! އެހެންވީ އިރު ހިނގާ ކުރުސި ކިޔައިގެން ނިދަން ދޯ... މާދަމާ ޤުރުއާން ކްލާހަށްވެސް ދާން ވާނެއްނު.... އިނގޭތަ.. ކޮންމެ ދުވަހަކު ޤުރުއާން ކިޔަވާ ނަމާދުކުރާ ކުދިންނަށް އެއްވެސް ދެރަކަމެއް ނުވާނެ.. ބިރުގަންނަ ކަންތައްތަކެއްވެސް ނުވާނެ... މިހާރުވެސް މާލަސްވެއްޖެ... އަވަހަށް ނިދާފަ ފަތިހު ހޭލައިގެން ދޮންތިއާ އެކީ ނަމާދުކުރާނީ.. ހޭލެވޭނީ އަވަހަށް ނިދީމައެއްނު ދޯ... އާދޭ އޮށޯންނަން..."

ބާލީސް ރީތިކޮށްލަމުން ޝީން އެދުނު ކަންތަކާ އެއްބަސްވަމުން ޝާޔާ މަޑުމަޑުން އޮށޯވެ ކުރުސި ކިޔަން ފެށިއެވެ. ޝާޔާއަށް ނިދެންދެން ޝާޔާގެ ގާތުގައި އޮށޯވެގެން އޮތް ޝީންގެ ސިކުނޑިއަށް އުނދަގޫކުރަމުން ދިޔައީ އެ ތުއްތު ކުއްޖާ ދެއްކި ވާހަކަތަކެވެ.
"ބައުކަލޯ ބުނީ މަންމި ގެންދާނަމޯ..."
*** *** *** *** *** ***
ގަރުދިޔަފޮދެއް ހިފައިގެނން އައިސް ގެއަށް ވަތް ލަތީފާއަށް ޝާކިރު އެގެއާ ދިމާއަށް އަންނަ ތަން ފެނުމުން ފިޔަވަޅު މަޑުކޮށްލިއެވެ. ގޭގެ ދޮރާށި ކުރިމަތީ މަޑުކޮށްގެން ހުރި ލަތީފާ ފެނުމާއި އެކީ ޝާކިރުގެ މޫނަށް ލުއި ހިނިތުނވުމެއް ވެރިކޮށްލިއެވެ. ދެމަފިރިން އެކުގައި ގޭތރެއަށް ވަދެ ބަދިގެ ފަރާތަށް ދިޔައެވެ. ޝާކިރުވެސް ހުރީ އިންތިހާއަށް ބަނޑުހައިވެފައިކަމުން ލަތީފާ ކާން ހަދަންދެން މޭޒު ދޮށުގައި އިށީނދެގެން އިނީ އޭނާގެ ބައްތި ފޯނަށް ނަޒަރު ހުސްކޮށްލައިގެންނެވެ.
ޝާކިރަށް ބަތްތައްޓެއް އެޅުމަށްފަހު މޭޒުމަތީ މަތިޖަހާފައި ހުރި ބަތްތަށީގެ މަތިނަގަމުން ޝާކިރުގެ މޫނަށް ލަތީފާ ބަލާލިއެވެ. "މާދަމާ މަހެއް ލިބޭތޯ އުޅެމާ... ފާތުމަ ހުރީ ވަރަށް ފާޑަކަށް.. ލާހިކެއް ނޫން ދެން އެގޭ ދޮށަށް ލައިގެން ކާ އެތިކޮޅެއް ހޯދަން ދާކަށް..."
ބަތްތަށީ ތެރެއަށް ގަރު ދިޔަކޮޅެއް އަޅާލަމުން އެ ބަތްކޮޅު އެއްކޮށްލާ މޮޑެމުން ލަތީފާގެ މޫނަށް ޝާކިރު ބަލާލިއެވެ. "ސީމާވެސް ދެން ރަނގަޅުވީ އެއްނު... މަ މިއައީ ދޮންހަސަނު ކައިރިއަށް ގޮސް އެގޭ ދޯނީގަ މަހަށް ދާ ގޮތަށް ހަމަޖައްސާފަ... މިރޭ ފަތިހު އެ ދޯނި މަހަށް ފުރާއިރު އަހަރެންވެސް ދާން ޖެހޭނެ.. ކޮބާ ސީމާ؟..." އަނގަޔަށް ބަތް ސުވައެއްލާން ދިމާކޮށްލަމުން ޝާކިރު ވާހަކަ ދެއްކިއެވެ.
ސީމާ ކޮބައިތޯ ޝާކިރު ސުވާލުކުރުމުން ލަތީފާ ބަދިގެތެރެއިން ނުކުމެ ގެއާ ދިމާއަށް މިސްރާބުޖެހީ ސީމާ ނިދީތޯ ބަލާށެވެ. ގެއަށް ވަދެ ސީމާ ނިދާ ކޮޓަރިއާ ދިމާއަށް ލަތީފާގެ ފިޔަވަޅު އަވަސްކޮށްލީ އޭނާ އަދިވެސް ކޮޓަރިން ނުނިކުމެ ލަސްވާތީއެވެ. އެޕޯލޯތަޅު އަނބުރާލަމުން ލަތީފާ ވާހަކަދެއްކީ ފުން ނޭވާއެއް ބޭރުކޮށްލަމުންނެވެ. "ސީމާ ދެން އާދޭ ކާ..."
ލަތީފާ ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުކޮށް މެދުކަނޑާލީ ހުސްކޮށް އޮތް ކޮޓަރި ތެރެއަށް ނަޒަރު ހިންގާލަމުންނެވެ. އެކޮޓަރިތެރޭ ސީމާ ނެތްކަން އެނގުމުން ލަތީފާ ބޭރަށް ނުކުންނަން އަވަސްވެގަތީ ސީމާ ދިޔައީ ގިފިއްޔަށް ކަމަށް ލަފާކުރެވުމުންނެވެ. ނަމަވެސް ގޯތިތެރެއަށް ނުކުތް ލަތީފާގެ ލޮލުގައި އަޅައިގަތީ ގިފިލީގެ ދޮރު ހުޅުވިފައި ވަނިކޮށެވެ. ދެބުމަ ގޮށްޖަހައިގެން ހުރެ ލަތީފާގޮސް ގިފިލި ތެރެ ބަލާލި ނަމަވެސް މީހަކު ފެންނާކަށް ނެތެވެ. އެހިސާބުން ލަތީފާގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. ރޭގަނޑުގެ ވަގުތެއްގައި ސީމާ ވަކި ދާނީ ކޮންތާކަށް ހެއްޔެވެ.
"ޝާކިރޫ... ސީމާ..ސީމާ..." ގިފިލިތެރެއިން ނުކުމެ ލަތީފާ ދުއްވައިގަތީ ބަދިގެއާ ދިމާއަށެވެ. ހަމަޖެހިގެން ކާން އިން ޝާކިރަށް، ލަތީފާގެ އަޑު ޖެހުމާއި އެކީ ބަތްތަށިން އަތް ނަގަމުން ގޮނޑިން ތެދުވީ ވެގެންއުޅޭ ގޮތެއް ބެލުމުގެ ބޭނުމުގައެވެ. ލަތީފާގެ އަޑުގައިވާ ހާސްކަން ޝާކިރަށް އިހްސާސް ކުރެވުމުން ކަންތައް މާ ރަނގަޅު ނޫންކަން އެނގުނެވެ.
ދުވަމުން ލަތީފާ އައިސް ބަދިގެ ދޮރާ ހަމަކުރަން ވާއިރަށް ބޭރަށް ނުކުތް ޝާކިރު ފެނުމުން ލަތީފާ ބަޑިފަޅާއިގެން ދިޔައެވެ.
"ކިހިނެއްވީ؟.. ކޮބާ ސީމާ؟.." ލަތީފާގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުތަކުން ޝާކިރުގެ ހާސްކަން ދެގުނައަށް ބޮޑުވެގެން ދިޔައެވެ.
"ސީމާ އެއް ނެތް... އޭނާ ގެއަކުނެތް؟.. ކޮންތާކަށްބާ އެދިޔައީ؟.."
ލަތީފާ ރޮމުން ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ ލޯ މައްޗަށް ސިފަވެގެންދިޔައީ މިރޭ ޟިރާރުގެ އަމަލުތައް ހުރިގޮތާއި އޭނާ ދެއްކި ވާހަކަތަކެވެ. ޟިރާރު އެބުނީ ތެދެއް ކަމަށްވާނަމަ ސީމާއަށް އަވަލައިގެން އުޅޭ އެތި އަދި އޭނާ ދުލެއް ނުކުރާނެއެވެ. ދަނޑިވަޅުގެ ބޭނުން ހިފައިގެން ސީމާއަށް ގޯނާއެއްކުރަން އޭނާ ކޮންމެވެސް ތަނަކަށް ގެންދިޔައީ ކަމާމެދު ލަތީފާގެ ހިތުގައި ޝައްކު އުފެދުނެވެ.
"ނެތްތަ ކޮޓަރީގަ؟.. ރަނގަޅަށް ބަލައިފިންތަ؟.."
އެއްއަތުން ލައިގެންހުރި މުންޑުގަނޑު އަރުވާ ޖަހަމުން ޝާިރު މިސްރާބު ޖެހީ ގޭތެރެއަށް ވަންނާށެވެ. ޝާކިރުގެ ފަހަތުން ލަތީފާ ހިނގައިގަތީ އޭނާ ހުރިހާ ތަނެއް ބަލައިފިންކަމަށް ބުނަމުންނެވެ. މުޅި ގޯތިތެރެ ބަލައި ހެދި އިރުވެސް ސީމާ ފެންނަން ނެތުމުން އެދެމަފިރިން ތިބީ ކަންބޮޑުވެފައެވެ. އެންމެފަހުން ރަށުއޮފީހުގައި އުޅޭ މީހަކަށް ގުޅައިގެން ރަށުތެރެ ބަލައި ސީމާ ހޯދުމުގެ މަސައްކަތް ޝާކިރު ފެށިއެވެ.
*** *** *** *** *** ***
ހޫދު ކިޔަން އިން ޑައިރީ ލައްޕާލުމަށްފަހު ނިތްކުރި މައްޗަށް އަތް ވައްޓާލައިގެން އޮތީ ހިޔާލަކަށް ގޮސް ހުސްވެފައެވެ. އަފްނާންއާ ބެހޭގޮތުން އެ ޑައިރީއިން އޭނާއަށް އެނގިފައިވާ ވާހަކަތައް އޭނާގެ ސިކުނޑިއަށް އުނދަގޫ ކުރަމުން ދިޔައެވެ. އެ ފޮތް އޭނާ އަތުގައި ބޭއްވުމަކީ އެހާ ބުއްދިވެރިކަމެއް ނޫންކަން އޭނާއަށް ވިސްނުނެވެ. އެހެންކަމުން ރަނގަޅު ވަގުތެއް ހޯދައިގެން އެ ފޮތް ނެގިއިރު އޮތް ތަނުގައި ބާއްވަން އޭނާ ނިންމިއެވެ.
ހިޔާލަކަށް ގެއްލިފައި ހޫދު އެހެން އޮއްވާ އޭނާއަށް އެ ހިޔާލުން ބޭރުވެވުނީ ފޯނު ވައިބްރޭޓް ވާ އަޑު ކަންފަތުގައި ޖެހުމުންނެވެ. ފޯނު ނަގާ އޭގެ ޑިސްޕްލޭއަށް ބަލާލިއިރު ހޫދަށް މެސެޖް ކޮށްފައިވަނީ ޝީންއެވެ.
ޝީންގެ ވާހަކަ ދެއްކުމުގައި ތަފާތުކަމެއް އެކުލެވިފައިވާކަން ހޫދަށް ދެނެގަންނަން އެނގުނެވެ. ދަންވަރުގެ ވަގުތެއްކަމުން ޝީން ނުނިދަނީތޯ ބަލަން ހޫދު ސުވާލުކޮށްލިއެވެ. "ކީއްކުރަނީ މިއޮއްދަންވަރު ހޭލާ... ނުނިދާ ރެއަކީތަ؟..." ހޫދު މިހެން މެސެޖްކޮށްލީ ފަހަކަށް އައިސް މިގަޑިތަކުގައި ޝީން އޮންލައިންގަ އިންނަ ތަން ފެންނާތީއެވެ.
ފޯނުގެ ސްކްރީނަށް ޝީން ބަލާލުމަށްފަހު ހޫދު ފޮނުވި މެސެޖް ކިޔާލިއެވެ. ޝީންގެ އުނގުގައި ބޯ އަޅައިގެން ނިދިފައި އޮތް ޝާޔާ މަޑުމަޑުން ބާލީސްމަތީ ބޭއްވުމަށްފަހު ޝީން އެ މެސެޖަށް ޖަވާބުލިޔުނެވެ. "ޝީން ނުނިދާތީ އޭނަ އުނގަށްލައިގެން އިނީ.. މިހާރު ނިދައިފި... ހޫދު ކީއްކުރަނީ؟..."
ޖަވާބުގައި ދެން ނިދަންވީކަމަށް ބުނެ ހޫދު އޭނާގެ ފޯނުގެ ސްކްރީން އޮފްކޮށްލީ މާދަމާ ހަބަރެއްވާނަން ކަމަށް ވަޢުދުވަމުންނެވެ.
ޝާޔާގެ ގައިމަތީގައި ރަޖާ އަޅާލުމަށްފަހު ޝީން މަޑުމަޑުން ކޮޓަރިން ބޭރަށް ބޯދިއްކޮށްލީ ބޭރުގައި މީހަކު އުޅޭ ކަމުގެ އިހްސާސެއް ވުމުންނެވެ. ޝީން ދޮރު ހުޅުވާފަ ބޭރަށް ނުކުތް އިރު ނައުރީން އެގެއިން ނުކުމެގެން ދާތަން ފެނުނެވެ. ކުރިއަށް ފިޔަވަޅެއް އެޅި ނަމަވެސް އޭނާގެ ކޮޓަރީގައި އެކަނިމާއެކަނި ނިދާފައިއޮތް ޝާޔާ މަތިން ހަނދާންވުމުން އޭނާގެ މަންމަގެ ފަހަތުން ދާކަށް ނުކެރުނެވެ.
*** *** *** *** *** ***
ގަދަ ނިދީގައި އޮވެ އެއްފަރާތަކަށް އެނބުރިލާ، ހަމަޖެހިލަން ނައުރީން މަސައްކަތް ކުރިއެވެ. ޖެހެމުންދިޔަ ފިނި ވައިރޅިުތަކުގެ ސަބަބުން ނައުރީންގެ ހަށިގަނޑަށް ވަމުން ދިޔަ ފިނިން ސަލާމަތްވުމަށް އޭނާގެ ބްލޭންކެޓްގެ ނިވަލުގައިވާން ބޭނުންވުމުން އެއްއަތް ވަށައިގެން ހަރަކާތްކޮށްލިއެވެ. ގައިމަތީގައި ފޮތިގަނޑު އަޅާލަމުން ނައުރީން ހިނިތުންވަމުން ދެލޯމަރާލީ ހަށިގަނޑު ކުޑަކޮށްލަމުންނެވެ.
ގައިމަތީގައި އަޅާފައިވާ ރަޖާގަނޑުން ނައުރީނަށް އުނދަގޫކަމެއް އިހްސާސްވަމުން ދިޔައެވެ. ގަޔަށް ތޫނު އެއްޗެއް ހެރޭހެން ހީވުމުން ބްލޭންކެޓް ތެރެއަށް އަތްކޮށްޕާލަމުން ހިރުވާލިތަން ކަހާލައެވެ. ނަމަވެސް ވަމުންދިޔަ އުނދަގުލަކަށް ނިމުމެއް ނައެވެ. އެހެންކަމުން ދެބުމަ ގޮށްޖަހާލަމުން ނައުރީން އެތަނުން ތެދުވީ ފާހާނާއަށް ވަދެ ގައި ދޮވެލަން ދާށެވެ.
ލިބުނު ހައިރާންކަމުން ދެލޯ ތަންމިނަށް ބޮޑުކޮށްލެވުނީ އޭނާގެ ހަށިގަނޑުގައި ޖެހޭ ނުޖެހޭހާ ގާތުގައި ގަހެއްގެ ފަތްތައް ހުރިކަން އެނގުމުންނެވެ. ވަށައިގެން އެ މާހައުލަށް ބަލައިލީ ހިތަށް ވަންނަމުން ދިޔަ ބިރުވެރި ހިޔާލުތަކުން ދެން ވާނީ ކިހިނެއްކަން އޭނާއަށް ރޭކާލުމުންނެވެ. މިއީ ފަހަކަށް އައިސް ކޮންމެ ރެއެއްގެ ވެސް އާދައެވެ. ދަންވަރު ހޭލެވޭއިރު ނައުރީނަށް އޮވެވެނީ އޭނާ ނިދަން އޮތް ކޮޓަރިއަކު ނޫނެވެ. ރަށުގެ ފަޅު ނާމާން ކޮންމެވެސް ހިސާބެއްގައެވެ. ބައެއް ރޭރޭ އޭނާއަށް ގެއަށް އާދެވެނީ އެތައް ހަނގުރާމައަކާ ކުރިމަތިލުމަށްފަހުއެވެ.
އެތަނުން ތެދުވަން ހަށިގަނޑަށް ގެނައި އެންމެ ހަރަކާތަކާއެކީ ނައުރީންގެ ހަށިގަނޑު އަރިއަޅާލައިގެން ނުވެއްޓުނީ ކިރިޔާއެވެ. އެއްލިއަތުން އެގަހުގެ އަޅޯތަކުން އަޅޯއެއްގައި ނައުރީނަށް އެލިގަނެވުނެވެ. މިރޭ އޭނާއަށް މިއޮވެވުނީ ނިކަގަހަކަށް އަރައެވެ. ނާމާންކަން ފެތުރިފައިވާ އެވަލުތެރޭގައި އެއްވެސް އަލިކަމެއް ނެތެވެ. މީހަކު އައިސް ދެލޮލަށް އިނގިލި ކޮށްޕާލިއަސް ނޭގެނެކަން ކަށަވަރެވެ. ދެއަތުން އަޅޯގައި ހިފާ ބާރުކޮށްގެން އޮތް ނައުރީން އުނދޯއްޔެއްހެން ދެއަތަށް ހެއްލެމުންދިޔައެވެ. ގަހުގެ ގޮފިތަކުގައި އެ އަޅޯގަނޑު ކޭއްތެމުން ދިޔައިރު ބޮލަށް އުނދަގޫވާ ކަހަލަ އަޑެއް އިވެމުންދިޔައެވެ.
ތިރިއަށް ބަލާލުމަށްފަހު ފުންމާލަން ނައުރީނން ގަސްތުކުރީ އެއީ ދެން އޭނާއަށް އެނމެ ފަސޭހައިން ގެއަށް ދެވޭނެގޮތަކަން އެނގުމުންނެވެ. އިތުރަށް އޭގައި އެލިގެން އޮންނާނެހާ ވަރެއްވެސް އޭރު ނައުރީންގެ ގަޔަކު ނެތެވެ. ފަސްގަނޑު ނޭގޭނެވަރަށް ހިކިފަތްތަކުން ފުރިފައިވާ ބިންމައްޗަށް ގުޅަވަރަކަށް ނައުރީން ވެއްޓުނީ އޭނާގެ އަތް އެ އަޅޯގަނޑުން މިނިވަން ކޮށްލުމުންވެ. ދެކަލުލަށް ވީ ތަދުން އެއޮތްގޮތަށް އިރުކޮޅަކު މަޑުކޮށްގެން އޮތީ އޭނާގެ ކަކުލުގައި ފިރުމާލަމުންނެވެ. ނައުރީންގެ ފަހަތުން ފެންނަން ހުރި ބިޔަ ނިކަގަހުގެ މޫތައް ހެލިލިކަންވެސް ނައުރީނަކަށް ނޭނގެއެވެ. ބިމުގެ އަޑިން އެ މޫތައް މަޑުމަޑުން މައްޗަށް އެރުމަށްފަހު އެ މޫގަނޑުތައް މިސްރާބުޖެހީ ނައުރީން އިން ދިމާއަށެވެ.
ބިންމަތީހުރި ފަތްތައް ހެލޭޒާރުގެ އަޑެއް އިވުުން ނައުރީންގެ ހަރަކާތް ގަނޑުވެގެން ދިޔައެވެ. ނައުރީނާ ދާދި ގާތުން އިވެމުންދިޔަ އަޑަށް ސަމާލުކަން ދެމުން އޭނާގެ ނޭވާ ހިނދުކޮޅަކަށް ހުއްޓާލިއެވެ. ނައުރީން ހުރި ހިސާބުން ބިންގަނޑަށް ކުޑަލޮޅުމެއް އެރިކަން އޭނާއަށް އިހްސާސްވުމުން ބިރުން ފިތްކެނޑިފައިވާ ހާލުގައި ފަަހަތަށް ބަލާލީ ޖެހިލުންވެ އިނދެއެވެ.
ގަހުގެ ބިތް ދޮށުން ފާޅުވަމުން ދިޔަ ދުންފިނިކަމުގެ ތެރެއިން ކަޅު ހިޔަންޏެއް ހެން ހުރިމީހާ ފެނުމުން މިރޭގެ ޒަމާން ދިޔައީ ކަން ނައުރީނަށް އެނގުނެވެ. އަވަސް ހަރަކާތަކާއެކީ ދަތްކުނޑި ވިކާލަމުން ނައުރީން އެތަނުން ތެދުވެ ގަހާ ދުރަށް ދާން ކޮރު ޖަހަމުން ފިޔަވަޅެއް އަޅާލިއެވެ. ނޭނގިހުއްޓާ ފައިގާ އެއްޗެއް ހިފުމުން ނައުރީން ބިންމައްޗަށް ވެއްޓުނީ ކަނޑާލި ރުކެއް ފަދައިންނެވެ.
"ނޫން.. އަހަރެން ދޫކޮށްލާ..."
ނައުރީންގެ ފައިގާ ވަށާލަމުން ދިޔަ މޫތައް ބާރުކޮށްލީ އޭނާގެ ފަޔަށް ހަރަކާތެއް ނުގެނެވޭނެހާ ބާރަށެވެ. "މަންމާ... ނޫން... ތިހެން ނުހަދާ..." ދެފައި ބަނދެވިފައިވާ މޫތަކުގެ ބާރުން އޭނާގެ ފައި ދެފަރާތަށް ފޭކުރަމުންދިޔައިރު ނައުރީންގެ ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނަށް ކެތްނުވެވިގެން ރޮއެ ހަޅެއްލަވަން ފެށިއެވެ. އެއަޑު އިވޭނެ އިތުރު މީހަކު އެތާކުނެތެވެ. އެތާގައި އެހުރީ ނައުރީންގެ ހަށިގަނޑަށް ފެނންބޮވައިގެންފައިވާ ނުބައި މަޚްލޫގެކެވެ. އޭނާ ކުރިއަށް ޖެހުނީ އަޑުބާރުކޮށް ބިރުވެރި ހުނުމަކާ އެކީގައެވެ. ނައުރީންގެ ހަށިގަނޑު އުއްޑުންވާނެހެން އަނބުރާލުމުން ވަށައިގެން އެސަރަހައްދަށް ބަލާލީ އެ މަޚްލޫގު ހުރި ހިސާބެއް ބެލުމުގެ ބޭނުމުގައެވެ.
އެހިސާބުން މީހަކު ފެންނާކަށް ނެތެވެ. ހަމައެއާ އެކު ނައުރީންގެ ފައިގާ އޮޅިފައިވާ މޫތަކުގެ ބާރުވެސް ކެނޑެމުން ކެނޑެމުން ގޮސް އޭނާގެ ހަށިގަނޑަށް ލުއިކަން އިހްސާސްވިއެވެ.
ލައިގެން ހުރި ހެދުން މައްޗަށް އަރާފައިވުމުން ހެދުމުގައި ހިފާ ތިރިކުރަން ނައުރީންގެ އަތް ހަރަކާތްކޮށްލީ ކަންތައްވީ ގޮތުން ހައިރާންވެ އޮވެއެވެ. މިރޭ އެހާ ފަސޭހައިން އޭތީގެ ކިބައިން ސަލާމަތް ވެވުނީތީ ނައުރީނަށް ހިތްހަމަޖެހުމެއް ލިބުނެވެ. އެތަނުން ތެދުވަން މަސައްކަތްކުރަމުން ހެދުމުގައި ހިފާ ތިރިކުރަމުން ނައުރީން ތެދުވިއެވެ. ހަމައެއާ އެކު ނައުރީންގެ މޫނުގައި ހޫނު ވައިރޯޅިއެއް އެޅިގެން ދިޔައެވެ. އެވަޔާއެކު ނައުރީންގެ އިސްތަށިތައްވެސް އުދުހިލިއެވެ. ދެލޯމަރާލަމުން މޫނު ކުނިކޮށްލެވުނީ އެ ވައިރޯޅިން ނައުރީނަށް ދުވި ނުބައި ވަހެއްގެ ސަބަބުންނެވެ.
ލޮލަށް ނުފެނުނު ނަމަވެސް ކައިރީގައި މީހަކު ހުރިކަމުގެ އިހްސާސް ނައުރީނަށް ކުރެވުނެވެ. ނައުރީން އެތަނުން ތެދުވަން ބިންމަތީ ދެއަތް ވިއްދާލިއެވެ. ހަރަކާތް އަވަސްކޮށްލި ނަމަވެސް ނައުރީނަށް ބިންމަތިން ފޫ ހިއްލާ ނުލެވެނީސް އޭނާގެ އަތުގައި މީހަކު ހިފާ ފަހަތަށް ދަމާލިކަހަލައެވެ. ފަސްގަނޑުމައްޗަށް ނައުރީން ވެއްޓިޖެހުމާއެކު އޭނާގެ ދެއަށް ދެފަރާތަށް ދަމާ ވާންކޮށްލިއެވެ.
ދެއަތާ ދިމާއަށް ނައުރީން ބަލާލީ މީހަކު އެ ދެއަތުގައި ހިފަހައްޓާފައި ހުރިހެން ހީވުުންނެވެ. ގައިމަތީ ބަރު އެއްޗެއް ވާކަމުގެ އިހްސާސްވުމާއެކީ ނައުރީނަށް ނޭވާލާން ދަތިވާހެން ހީވިއެވެ.
ކެއްސަމުން ނައުރީން ނޭވާލާން މަސައްކަތް ކުރިއެވެ. އޭރު އޭނާގެ މޫނަށް ހޫނު ނޭވާއެއް ތަކުރާރުކޮށް ބީހެމުން ދިޔައިރު އެއީ މީހެއްގެ ނޭވާލުމަކާއި ވައްތަރެވެ. ނައުރީންގެ ހަށިގަނޑަށް އަންނަން ފެށި ބަދަލުތަކުން މިވަނީ ކިހާވަރެއްގެ ކަމެއްކަން އޭނާއަށް އެނގުނެވެ. އޭރު ބޯމަތިން ފެންނަން ހުރި ނިކަގަހުގެ އަޅޯތަކުގައި އެކި ސިފަތަކަށް ތިބި ނުބައި ޝައިތޯނުން ނައުރީނާ ދިމާއަށް ބަލަން ތިބީ އެ އެއްޗެތީ ދަތްޕިލަތައް ފާޅުކޮށްގެންނެވެ. ނައުރީންގެ ހަށިގަނޑުގައި އަޅަމުންދިޔަ ވޭނަށް ކެތްނުވާ ހިސާބަށް ދިއުމުން އޭނާގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވިއެވެ. ރޮއެ ހަޅޭއްލަވަން ފެށިއެވެ. ނަމަވެސް ގިނައިރުތަކެއް ނުވެ ނައުރީންގެ ގައިން ވަރު ދޫވެ ދެލޯ މެރިގެން ދިޔައެވެ.
ނައުރީންގެ އެސްފިޔަތައް ލެއްޕިގެން ދިޔައިރު އޭނާއަށް ފެންނަމުން ދިޔައީ އެތައް ހާސް ޝައިތޯނުންތަކެއް އެގަސްދަށަށް އެއްވަމުން ދިޔަތަނެވެ.
(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލުތައް

×

އިނާ | 13 ނޮވެންބަރ 2017 - 10:58

ހާދަ ކުރޭ...މިބައި ޝާޒް....

މަންޖެ | 13 ނޮވެންބަރ 2017 - 12:20

މީ 31ވަނަ ބައި؟ ތަންކޮޅެއް އަވަހަށް އަޕް ކޮއްދީބަލަ ޝާޒްލީނޫ. . .

ޙިމާ | 13 ނޮވެންބަރ 2017 - 17:44

ކުޑަ ތަންފުކެއް

ޙިމާ | 13 ނޮވެންބަރ 2017 - 17:51

ޢެންމެފަހު އެޕިސޯޑް ގެ ފަހު ޕެރެގްރާފް އެކަނި އޭ އަޕް ވެފަ އޭނީ... ވވވވވވ. ކިޔާހިތުން މި އުޅެނީ

ޞިރާރު | 13 ނޮވެންބަރ 2017 - 18:07

ކޮބާ! މީގަ ނެރެއަނުން އާ ބައެއް. 30ވަނަ ބައިގެ ނިމުނު ތަންކޮޅު އެކަނި މިއޮތީ. ތިހެން ނަހަދާ މިހާ އިންތިޒާރު ކުރާއިރު.

ރީން | 13 ނޮވެންބަރ 2017 - 18:26

މީ ރިޕީޓެއް ނުން

%%%% | 13 ނޮވެންބަރ 2017 - 22:11

މިވާހަކައިގެ ނަން ބަދަލު ކުރަން ފެނޭ!

ާކިޔުންތެރިޔާ | 13 ނޮވެންބަރ 2017 - 23:22

ފޫހި ވަރަށް މަންޝާގެ ބައި ނުގެނެސްދޭތީ.

ޙިމާ | 14 ނޮވެންބަރ 2017 - 01:57

ވވވވވވވވވވވވވވވ ރީތި. ޕްލީޒް ނެކްސްޓް ޕާޓް. ..

ނަރީ | 15 ނޮވެންބަރ 2017 - 13:05

މިވާހަަކައަށް މަންޝާ ނުކިޔާ ނައުރީން ނޫނީ ސީމާ ކިޔަން ފެނޭ. އެދެމީހުންގެ ވާހަކަ މާގިނައިން އޮވޭ ވިއްޔަ.

ޭއައިން | 18 ނޮވެންބަރ 2017 - 23:38

؟ ؟؟؟؟!!!!!!!!!

ޥާނުވާ | 19 ނޮވެންބަރ 2017 - 23:19

ޥާހަކަ ނިމުނީ ބާ؟ ހާދަލަހޭ

ޙިޔަލަ | 20 ނޮވެންބަރ 2017 - 15:35

ކޮބާހޭ ކޮބާހޭ އަނެއބައި

ާއަލީޝާ | 22 ނޮވެންބަރ 2017 - 19:28

ކޮބާ އަނެއްބައި

ާސަސާ | 24 ނޮވެންބަރ 2017 - 15:00

ކޮބާ ؟

ހަސަންބެގެ ރޫޙު | 24 ނޮވެންބަރ 2017 - 18:49

އަޅެ ފަހެ މިވާހަކަ އަޕް ނުކުރަނީތަ ނޫނީ ވާހަކާގެ ނަން ބަދަލު ކުރާތީތަ ލަސްވަނީ... މަހިތް އަރާ މަގޭ މަންޟާގެ ބަަަައި ނުގެނެސް ދެނީ ކީއްވެބާއޭ....ޟާޒްލީން އަވަސް ކޮށްބަލަ އެކޮއީ . ...............

މަންޖެ | 25 ނޮވެންބަރ 2017 - 19:03

ވާހަކަ ނުލިޔެވެންޔާ ހުއްޓާލަން ވީނު. ވ ފޫހިވޭ ޝާޒުލީނު ގަނޑާ.

ލީން | 25 ނޮވެންބަރ 2017 - 21:25

ވަރަށް ރީތި..... 32 ވަނަ ބާއި ތަންކޮޅެެއް އަވަހާ އަޕް ކޮއްދީބަ ޕްލީޒް

ހީވާގޮތް | 27 ނޮވެންބަރ 2017 - 13:29

މަށަށް ހީވަނީ ވާހަކައިގެ 2ވަނަ ސީޒަން ނިމުނީހެން. ދެން 3ވަނަ ބަޔަށް އިންތިޒާރުކޮށްލާ!

އެމް. | 29 ނޮވެންބަރ 2017 - 14:45

ޝާޒް.. އަވަހަށް ވާހަކަ އަޕް ކޮށްދީބަލަ.. މިވާހަކައަށް އިންތިޒާރު ކޮށްކޮށް މިހާރު ވަރުބަލިވެއްޖެ 😔

ޟިރާރު | 29 ނޮވެންބަރ 2017 - 22:13

ކޮބާ ޝާޒްލީ ބަލީތަ އަނެއްކާ ވާހަކަ އަޕް ނުކުރަނީ؟ އިބްޒީމާ އަށް ގުޅަންވީތަ ފާލު ބަލަން ޝާޒްލީ އަށް ވީ ގޮތެއް ބަލަން.

ޟިރާރު | 29 ނޮވެންބަރ 2017 - 22:13

ކޮބާ ޝާޒްލީ ބަލީތަ އަނެއްކާ ވާހަކަ އަޕް ނުކުރަނީ؟ އިބްޒީމާ އަށް ގުޅަންވީތަ ފާލު ބަލަން ޝާޒްލީ އަށް ވީ ގޮތެއް ބަލަން.

ޓްރެންޑިން