Edition MV - DV

ލިޔުންތައް

ލިޔުންތެރިން

އެހެނިހެން

ގޮފިކޮޅަކުންވެސް ރޯޒްމެރީ ހެއްދިދާނެ

18 ނޮވެންބަރ 2017 - 22:00

ޙައްވާ އަޒްލީނާ ޢަލީ

ހަނދާންގަދަކުރުމަށާއި އިސްތަށިގަނޑުގެ ސިއްހަތަށްވެސް ރޯސްމެރީއަކީ ވަރަށް ފައިދާހުރި ގަހެކެވެ. ރާއްޖޭގައި އާންމުކޮށް ފެންނަން ނުހުންނަ ގަހަކަށް މިގަސް ވިޔަސް ރޯޒްމެރީ ރާއްޖޭގައި ވެސް ހެއްދިދާނެއެވެ. މިކަމަށް ބޭނުންވަނީ ވަރަށް ތާޒާ ރޯސްމެރީ ގޮފިކޮޅަކެވެ. އަދި ފެން އަޅާނެ ފުޅިއެއް ނުވަތަ ފުޅިބުރިއެކެވެ. މިކަމަށް ހޯދާ ރޯސްމެރީ ގޮފިކޮޅަކީ ގަހުގެ ކުރީގެ ރަ ބައިން ހޯދާ ގޮފިކޮޅަކަށް ހަދާށެވެ. ގާތްގަނޑަކަށް 5 އިންޗި ގޮފިކޮޅެއް ހޯދުމަށްފަހު ތިރީ ބައި 45 ޑިގްރީއަށްވާގޮތަށް ކަފާލާށެވެ. އަދި ތިރިން 1 ސެންޓިމީޓަރުގެ ތަންކޮޅެއްގެ ތޮށި ކަހާލާށެވެ. އަދި ތިރީގައިހުރި ފަތްތަށް ނިއުޅާލުމަށްފަހު ފަތްނިއުޅާލި ބައި ފެނަށް ލާށެވެ. ގާތްގަނޑަކަށް 2 ހަފްތާތެރޭގައި މޫފައިބާން ފަށާނެވެ.

މިގޮފިކޮޅު ބައިންދަންވާނީ ކޮންމެވެސް ވަރަކަށް އަވިދޭ ހިސާބެއްގައެވެ. ދެން ރަނގަޅަށް މޫފޭބުމުން ގަސް ފޮޓަކަށް ޖަހާށެވެ. މިގަސް ބޮޑަށް ހެދެނީ ހިކި ވެލީގައެވެ. ޕޮޓަށް ޖެހުމަށްފަހު ދެދުވަހުން އެއްދުވަހު ފެންދޭށެވެ. ރަނގަޅަށް ހެދި ކުރި ފަށަން ފެށުމުން ހަފްތާއަކު އެއްފަހަރު ފެންދޭށެވެ. މިގަސް އިންދާ ޕޮޓުން ފެން ރަނގަޅަށް ހިނދެންޖެހޭނެއެވެ. ނޫންނަމަ މޫތަށް ފީވެ ގަސްމަރުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޙައިރާން | 20 ނޮވެންބަރ 2017 - 12:33

ޚކޮބައި މަންސާ ވާހަކަ.

ޓްރެންޑިން