Edition MV - DV

ލިޔުންތައް

ލިޔުންތެރިން

އެހެނިހެން

ގަނޑުފެނުން ހަންގަނޑަށް ލިބޭ ފައިދާތައް

18 ނޮވެންބަރ 2017 - 15:00

އާޝިޔާ މުޙައްމަދު

ގަނޑުފެނަކީ އެންމެ ފަސޭހައިން ލިބޭނެ އެކައްޗެވެ. އެ ހަދާކަށް މާ ބޮޑު މަސައްކަތެއް ކުރާކަށް ނުޖެހެއެވެ. އަދި އެ ހޯދަން މާ ދުރަށް ދާކަށް ނުޖެހޭނެއެވެ. މިހާރުވެސް އައިސްއަލަމާރި ހުޅުވާލުމާއިއެކު ގަނޑުފެން ލިބެން ހުރެއެވެ.

ގަނޑުފެނަކީ ހަންގަނޑަށް ވަރަށް ރަނގަޅު އެއްޗެކެވެ. ގަނޑުފެނުގެ ސަބަބުން ހަންގަނޑަށް ލިބޭ ފައިދާތައް ވެސް އެހާމެ ގިނައެވެ. އޭގެ ތެރޭގައި؛

1. ބިހި މަދުކޮށްދީ މޫނު ދުޅަވުން ކުޑަކޮށްދިނުން


ގަނޑުފެނުން މޫނުގައި ހުންނަ ބިހި ނައްތާލަން އެހީވެދެއެވެ. ގަނޑުފެނުން ދުޅަ ތިރިކޮށްދެއެވެ. އަދި އޭގެ އިތުރުން ބިހީގެ ސަބަބުން ތަދުވާނަމަ، އެ ތަދު ވެސް ކަނޑުވާލަދެއެވެ. ނަމަވެސް ބިއްސަކީ ބެކްޓީރިއާއިން ފުރިފައިވާ އެއްޗެއް ކަމުން ގަނޑުފެން ހާކާއިރު ހާކަން ޖެހޭނީ ވަރަށް ބަލައިގެން، އެ ބިހި ހުރި ހިސާބެއްގައި މަޑުންނެވެ.

ބޭނުން ކުރާނެ ގޮތް:
ފެނުން މޫނު ދޮވެލުމަށްފަހު ތުވާލިކޮޅަކުން ރަނގަޅަށް ހިއްކާލާށެވެ. އަދި އެއަށްފަހު ކަރުދާސް ގަނޑެއްގައި ނުވަތަ ތުވާލިކޮޅެއްގައި ގަނޑުފެން ކޮޅު އޮޅާލާށެވެ. ނުވަތަ ޕްލާސްޓިކް ކޮތަޅަކަށް ގަނޑުފެން ލާށެވެ. ދެން ބިހީގެ މަތީގައި 1 މިނަޓް ވަންދެން ގަނޑުފެން ޖައްސާށެވެ. އަދި އިތުރަށް ބާއްވަން ބޭނުންވާ ކަމުގައި ވާނަމަ 5 މިނަޓް ފަހުން އަނެއްކާވެސް ތަކުރާރު ކުރާށެވެ.


2. މޫނުމަތިން ރީނދޫކަން ކަނޑުވާ ލޭ ހިނގުން އަވަސް ކޮށްދިނުން

މޫނު މަތީގެ ތާޒާކަން އަނބުރާ ގެނެސްދޭ އަދި މޫނުގައި ލޭ ހިނގުން އަވަސް ކޮށްދީ މޫނުގެ ކުލަ ވެސް އަލިކޮށްދެއެވެ. އަދި ލޭ ހިނގުން އަވަސް ވުމުގެ ސަބަބުން މޫނު މަތިން ލޭ ދައުރުވެ ހަންގަނޑުގެ ކުލަ މޭކަޕަކާއި ނުލައި އަލިކޮށްދެއެވެ.

ބޭނުން ކުރާނެ ގޮތް:
ފެނުން މޫނު ދޮވެލުމަށްފަހު ތުވާލިކޮޅަކުން ރަނގަޅަށް ހިއްކާލާށެވެ. އަދި އެއަށްފަހު ކަރުދާސް ގަނޑެއްގައި ނުވަތަ ތުވާލިކޮޅެއްގައި ގަނޑުފެން ކޮޅު އޮޅާލާށެވެ. ނުވަތަ ޕްލާސްޓިކް ކޮތަޅަކަށް ގަނޑުފެން ލާށެވެ. އަދި އޭގެން މަޑު މަޑުން މޫނާއި ކަރު މަސާޖް ކޮށްލާށެވެ.


3. އަނދާފައިވާ ތަންތަން ރަނގަޅު ކޮށްދިނުން

އަވީގައި މާގިނަ އިރު އުޅުމުން ހަންގަނޑު އަނދައެވެ. ހަންގަނޑުގައި ގަނޑުފެން ޖެއްސުމުން އަނދާފައިވާ ހިސާބު ރަގަޅުވާލެއް އަވަސް ވެއެވެ. 

ބޭނުން ކުރާނެ ގޮތް:
އެލޯ ވެރާ ނުވަތަ ކިއުކަމްބާ ބޭނުން ކޮށްގެން ގަނޑުފެން ހަދާށެވެ. ފެނުން މޫނު ދޮވެލުމަށްފަހު ތުވާލިކޮޅަކުން ރަނގަޅަށް ހިއްކާލާށެވެ. އަދި ކަރުދާސް ގަނޑެއްގައި ނުވަތަ ތުވާލިކޮޅެއްގައި ގަނޑުފެން ކޮޅު އޮޅާލާށެވެ. ނުވަތަ ޕްލާސްޓިކް ކޮތަޅަކަށް ގަނޑުފެން ލާށެވެ. އަދި ގަނޑުފެނުން ގަނޑުކަން ފިލަންދެން އަނދާފައިވާ ތަނުގައި ބާއްވާލާށެވެ.


4. ލޯ ދުޅަވުން ކުޑަ ކޮށްދިނުން

ލޯ ދުޅަވެފައި ވާނަމަ ކޮންމެ ކަހަލަ ގަނޑުފެނެއް ބޭނުން ކުރިއަސް ރަނގަޅުވާނެއެވެ. ނަމަވެސް ލޯ ކައިރިއަކީ ވަރަށް ނާޒުކު ހިސާބެއް ކަމުން އެހާ ގިނަ އިރު ގަނޑުފެން ބޭނުން ކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.

ބޭނުން ކުރާނެ ގޮތް؛
ގްރީން ޓީ، ކިރު ނުވަތަ ހުސް ފެން ބޭނުން ކޮށްގެން ގަނޑުފެން ހަދާށެވެ. ދެން ފެނުން މޫނު ދޮވެލުމަށްފަހު ތުވާލިކޮޅަކުން ރަނގަޅަށް ހިއްކާލާށެވެ. އެއަށްފަހު ކަރުދާސް ގަނޑެއްގައި ނުވަތަ ތުވާލިކޮޅެއްގައި ގަނޑުފެން ކޮޅު އޮޅާލާށެވެ. ނުވަތަ ޕްލާސްޓިކް ކޮތަޅަކަށް ގަނޑުފެން ލާށެވެ. ގަނޑުފެނުން ލޯ މަތީ އިރުކޮޅެއް ވަންދެން މަޑުން އޮއްބާލުމަށްފަހު ތުވާލިކޮޅަކުން ރަނގަޅަށް ހިއްކާލާށެވެ.


5. މޫނު ސާފު ކޮށްދިނުން

ތިމާގެ މޫނުގައި މަރުވެފައިވާ ސެލްސްތައް ސާފުކުރުމަށްޓަކައި ގަނޑުފެން ބޭނުންކުރާށެވެ.

ބޭނުން ކުރާނެ ގޮތް:
ބޭނުންވާ ބާވަތަކުން ގަނޑުފެން ހަދާށެވެ. ފެނުން މޫނު ދޮވެލުމަށްފަހު ތުވާލިކޮޅަކުން ރަނގަޅަށް ހިއްކާލާށެވެ. އެއަށްފަހު ކަރުދާސް ގަނޑެއްގައި ނުވަތަ ތުވާލިކޮޅެއްގައި ގަނޑުފެން ކޮޅު އޮޅާލާށެވެ. ނުވަތަ ޕްލާސްޓިކް ކޮތަޅަކަށް ގަނޑުފެން ލާށެވެ. ދެން ގަނޑުފެން ކޮޅު އެއްކޮށް ވިރެންދެން އޭގެން މޫނު މަސާޖް ކުރާށެވެ. އެއަށް ފަހު ހިހޫ ފެނުން މޫނު ދޮވެލުމަށްފަހު ހިއްކާލާށެވެ.


6. މޫނަށް ރޫ އެރުން މަދުކޮށްދީ ލަސް ކޮށްދިނުން

އުމުރު މައްޗަށް ދާވަރަކަށް މޫނަށް ރޫ އެރުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ގަނޑުފެނުން ރޫ އަރާވަރު މަދުކޮށްދީ ރޫ އެރުން ލަސްކުރެވިދާނެއެވެ. ގަނޑުފެނުން މޫނުގެ ހަންގަނޑު ވާން ކޮށްދެއެވެ. ވީމާ ރޫ އެރުން މަދުވެއެވެ.

ބޭނުން ކުރާނެ ގޮތް:
ހޫނު ނުވަތަ ހިހޫ ފެނުން މޫނު ދޮވެލުމަށްފަހު ތުވާލިކޮޅަކުން ރަނގަޅަށް ހިއްކާލާށެވެ. އެއަށްފަހު ކަރުދާސް ގަނޑެއްގައި ނުވަތަ ތުވާލިކޮޅެއްގައި ގަނޑުފެން ކޮޅު އޮޅާލާށެވެ. ނުވަތަ ޕްލާސްޓިކް ކޮތަޅަކަށް ގަނޑުފެން ލާށެވެ. އަދި ގަނޑުފެންކޮޅު ވިރެންދެން މޫނުގައި ހާކާށެވެ.


7. މޫނު އޮމާން ކޮށްދިނުން

މޭކަޕް ކުރުމުގެ ކުރިން ގަނޑުފެން ކޮޅެއް މޫނުގައި ހާކައިފި ނަމަ މޫނު ވަރަށް އޮމާންވާނެއެވެ.

ބޭނުން ކުރާނެ ގޮތް:
އެއްވެސް ކަހަލަ މޭކަޕެއް ކުރުމުގެ ކުރިން ގަނޑުފެން ކޮޅެއް ތުވާއްޔެއްގައި ނުވަތަ ކަރުދާސްކޮޅެއްގައި އޮޅާލުމަށްފަހު މޫނުގައި ހާކާލާށެވެ. މިހެން ހެދުމުން މޭކަޕް ގިނަ އިރުވަންދެން ރީތިކޮށް ބަހައްޓާ މޫނު ތާޒާ ކަންމަތީ ގިނަ ވަގުތު ހުރެއެވެ.


8. މޫނުގެ ތެޔޮކަން ފިލުވާލުން

މޫނު ތެޔޮވުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ ކަމެކެވެ. ނަމަވެސް ގަނޑުފެނުގެ ސަބަބުން މޫނު މަތިން ތެޔޮކަން ފިލުވައިދީ މޫނު ތާޒާކޮށް ގިނަ އިރު ބަހައްޓައިދެއެވެ.

ބޭނުން ކުރާނެ ގޮތް:
މޫނުދޮވެލުމަށްފަހު ވަގުތުން އެއްޗެއްގައި އޮޅާލާފައިވާ ގަނޑުފެން ކޮޅު މޫނުގައި ހާކާލާށެވެ. އޭގެ ފަހުގައި މޫނުގައި ރަނގަޅު ކްރީމެއް ހާކާލާށެވެ.

ގަނޑުފެނުގެ ސަބަބުން ހަންގަނޑަށްވާ ފައިދާތައް ގިނައެވެ. އަދި މަތީގައި ބާޔާންކުރެވިފައިވަނީ ހަރަދު ކުޑަކޮށް ހަންގަނޑު ދުޅަހެޔޮކޮށް ބެހެއްޓޭނެ ވަރަށް ފަސޭހަ ގޮތްތަކެކެވެ. 

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން