Edition MV - DV

ލިޔުންތައް

ލިޔުންތެރިން

އެހެނިހެން

ނަޓެއްލާ ޕޭންކޭކް ރެސިޕީ

30 ނޮވެންބަރ 2017 - 09:00

ޙައްވާ އަޒްލީނާ ޢަލީ

ބޭނުންވާ ތަކެތި:

- އިންސްޓެންޓު ޕޭންކޭކް މިކްސް

- ނަޓެއްލާ

- ބަޓަރު

ތައްޔާރުކުރާނެ ގޮތް:

ޓެރޭއަކަށް ޕާޗްމެންޓް ޝީޓެއް ނުވަތަ ކިޗަން ފޮއިލް ލުމަށްފަހު ޕޭންކޭކްގެ ބައްޓަމަށް 1/2 އިންޗި ބޯމިނަށް ޑިސްކުތަކެއްހެން ނަޓެއްލާ އުގުޅާށެވެ. ދެން އައިސްއަލަމާރީގައި ނަޓެއްލާ ރަނގަޅަށް ގަނޑުކޮށްލާށެވެ. ދެން ޕޭންކޭކް މިކްސްގައި އިރުޝާދުދީފައިވާ ގޮތަށް ފުއްގަނޑު ގިރާލާށެވެ. ދެން ޕޭންކޭކް ފިހާއިރު ފުރަތަމަ ކުޑަ ބަޓަރުކޮޅެއް ލާށެވެ. ބަޓަރު ކޮޅު ވިރުމުން ޕޭން ތެރޭގައި ބަޓަރު ފަތުރާލުމަށްފަހު ސަމުސާލުން ޕޭންކޭކް ފިހަން ބޭނުންވާ މިންވަރަށް ފުއްކޮޅެއް އެޅުމަށްފަހު ކުޑަކޮށް ރޯފިލުމުން ގަނޑުކޮށްފައިވާ ނަޓެއްލާ ޑިސްކު ޕޭންކޭކް މައްޗަށް ލާށެވެ

ދެން އޭގެ މައްޗަށް އަނެއްކާ ޕޭންކޭކް ފުށްކޮޅެއް އަޅާށެވެ. އެއަށްފަހު ބޮކި ޖަހައި ފިހެވުމުން ފޮރޮޅާލުމަށްފަހު އަނެއްފަޅިވެސް ފިހެލާށެވެ. ޕޭންކޭކް މިކްސް ނެތްނަމަ އަމިއްލަ ފުށްގަނޑެއް ތައްޔާރުކޮށްގެންވެސް މީތި ތައްޔާރުކުރެވިދާނެއެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން