Edition MV - DV

ލިޔުންތައް

ލިޔުންތެރިން

އެހެނިހެން

ސްނޭކް ގަހެއް ހައްދާނެ ގޮތް

25 ނޮވެންބަރ 2017 - 21:00

ޙައްވާ އަޒްލީނާ ޢަލީ

ގޭތެރޭގައި ހުންނަ ވައިގައި އޮކްސިޖަން މިންވަރު އިތުރުކޮށްދީ ވައިގައި ހުންނަ ވިހަތައް ސާފުކުރުމަށް ސްނޭކް ގަހަކީ ވަރަށް ކަމުދާ ގަހެކެވެ. މިއީ މަދު ފެންފޮދެއް ދީގެން ހެއްދިދާނެ ގަހެކެވެ. މާގިނައިން ފެންދީފިނަމަ ބުނޑު ފީވެ ގަސްމަރުވެދާނެއެވެ.ފެންދޭންވާނީ ވެލިގަނޑު ހިކި ގަހަށް ވަޅޯކަން އަންނަހެން ހީވުމުންނެވެ.

މިގަހަށް ކޮންމެވެސް މިންވަރަކަށް އަވި ބޭނުންވެއެވެ. ކޮޓަރީގައި މިގަސް ބަހައްޓާނަމަ ކުޑަދޮރު ކައިރީ ބެހެއްޓުން ބުއްދިވެރިއެވެ. އަދި ހަފްތާއެކު އެއްފަހަރު ގަސް އިންދާފައިހުރި ޕޮޓް އަނބުރާލާށެވެ. އޭރުން ގަހުގެ ހުރިހާ ބަޔަށް ބޭނުންވާ އަވި ލިބުމުގެ ފުރުސަތު ބޮޑެވެ. ހިރުފުސް އެރުމުން ގަހުގެ ފަތްތަށް ތެތް ފޮތިކޮޅަކުން ސާފުކޮށްލާށެވެ.

މިގަހަކީ ފަތުންވެސް ހެއްދިދާނެ ގަހެކެވެ. ތާޒާ ރީތި ފަތެއް ތޫނު ކަތުރަކުން ބުރިކޮށްލުމަށްފަހު ސާފުފެން ފޮދަކަށްލާށެވެ. އަނެއްގޮތަކީ ފަތްތަށް 5 ވަރަކަށް އިންޗިއަށް ބުރިބުރިކޮށްލުމަށްފަހު ވެއްޔަށް ޖެހުމެވެ. މިގަހަކީ ކޮޓަރިތެރޭގައި ފަސޭހަކަމާއެކު ހެއްދިދާނެ ގަހެކެވެ. މަދަރ އިން ލޯޒް ޓަންގުގެ ނަމުންވެސް މަޝްހޫރުވެފައިވާ މިގަހަކީ މާލޭގައި އާންމުވަމުން އަންނަ ބަލާލަން ރީތިގަހެކެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޒާހި | 27 ނޮވެންބަރ 2017 - 14:59

ސައިންގެ ވާހަކަ މިހާރު ނުގެނެސްދެނީ ކީއްވެގެންތަ

ޓްރެންޑިން