Edition MV - DV

ލިޔުންތައް

ލިޔުންތެރިން

އެހެނިހެން

ހަނީ ރޯސްޓެޑް ކެރެޓް ރެސިޕީ

23 ނޮވެންބަރ 2017 - 20:00

ޙައްވާ އަޒްލީނާ ޢަލީ

ބޭނުންވާތަކެތި:

6 ޅަ ކެރެޓް

1 ސައިސަމުސާ ސަމުސާ މާމައި

ކުކިން އޮއިލް ނުވަތަ ޒައިތޫނި ތެޔޮ

ރަހަލާވަރަށް ލޮނު

ރަހަލާވަރަށް އަސޭމިރުސް

1/2 ލުބޯ ހުތް

ތައްޔާރުކުރާނެ ގޮތް:

ކެރެޓްތައް ސާފުކޮށްލުމަށްފަހު ޓްރޭތެރެއަށް ލާށެވެ. ދެން ތެޔޮ ފޮދެއް އަޅާލުމަށްފަހު ބޭނުންވާވަރަށް މާމުއި އަޅާށެވެ. ދެން ރަހަލާވަރަށް ލޮނާއި އަސޭމިރުސް އެޅުމަށްފަހު ކެރެޓްތައް ހާވާށެވެ. އެއަށްފަހު އުލަކުން ކެރެޓްގެ އެތަން މިތަނަށް ހަރާލާށެވެ. މިހެން ހެދުމުން ކެރެޓް މަޑުވަން ނަގާ ވަގުތު މަދުވާނެއެވެ. ދެން އަވަނުގައި 170 ޑިގްރީ ސެލްސިއަސްގައި ރޯސްޓްކޮށްލާށެވެ. ދެން އަވަނުން ނެގުމަށްފަހު ލުބޯ ހުތްކޮޅެއް ޖަހާލާށެވެ. ރޯސްޓުކުރަން ގާތްގަނޑަކަށް 40 މިނެޓް ނަގާނެއެވެ.

 

ކިޔުންތެރިންގެ ހިޔާލުތައް

×

ޒާހި | 27 ނޮވެންބަރ 2017 - 14:59

ސައިންގެ ވާހަކަ މިހާރު ނުގެނެސް ދެނީ ކީއްވެގެންތަ

ޓްރެންޑިން