Edition MV - DV

ލިޔުންތައް

ލިޔުންތެރިން

މައިންބަފައިންގެ ދައުރު

ކުޑަ ކުދިންނާއި ވާހަކަ ދެއްކުމުގައި މި 4 ޖުމްލަ ބޭނުން ނުކުރާށެވެ.

11 އޮގަސްޓް 2017 - 22:00

ޙައްވާ މައިޝާ އިބްރާހީމް

ކުދިންނަކީ ދުނިޔެއަށް ފިތުރަތުގެ ތޯޚިރު ކަންމަތީގައި އުފަންވާ ބައެކެވެ. އެކުދިން ބޮޑުވެގެން އަންނަނީ އެކުދިންނަށް މައިންބަފައިން ނާއި، މުޖްތަމައުގެ ފަރާތުން ދެވޭ ތަރުބިއްޔަތާއި ދައްކުވައިދޭ ނަމޫނާއަށް ބަލައިގެން ނެވެ. ކުޑަ ކުދިންނަކީ އެކުދިން ތަރުބިއްޔަތު ކުރިގޮތަކަށް ބޮޑުވާ ކުދިންނެވެ. ކުދިންނަށް ދެވޭ ނަސޭހަތައްވުރެއް މީހުންގެ އަމަލުތަކާއި މިޒާޖު އެއީ ކުދިން މާބަލައިގަންނަ ކަމެކެވެ. އެއީ ރަނގަޅު ކަމަކަށް ވިއަސް އަދި ގޯސްކަމަކަށް ވިޔަސް އެކުދިން ބަލާނީ އެއީ ރަނގަޅު ކަންތައްކަމުގައެވެ. މިގޮތަށް ކަންއޮތްއިރު ކުދިން ތަރުބިއްޔަތު ކުރުމުގަ އާއި އެކުދިންގެ ގާތުގައި އުޅޭ މީހުން ތިރީގައި މި ބަޔާން ކުރާފަދަ ޖުމްލަތައް އެކުދިންނާއި ދިމާއަށް ނުބުނުމަށް ސަމާލު ކަމެއްދޭން ޖެހޭނެއެވެ. ސަބަބަކީ އެއިން ކުދިންނަށް ނޭދެވޭ އަސަރެއްކޮށްފާނެ ތީއެވެ.

1. ބޮޑެތި އަންހެން/ފިރިހެން ކުދިން ބިރެއް ނުގަންނާނެ.

މިހެން ބުނުމުން އެކުދިންނަށް އަސްލު އިޚްސާސްވާ ކަންތަކާއި އެކުދިން ދުރު ކުރުވެއެވެ. ބިރުގަތުމަކީ ކޮންމެ އިންސާނެއްގެ ވެސް ތަބީއަތުގައިވާ ކަމަކަށްވާއިރު މިއީ ގޯސްކަމެއް ނޫނެވެ. އަދި ގިނަ ބެލެނިވެރިންނަށް ހީވެފައިވާ ގޮތައް އެއީ ކުދިން ފިނޑި ވެގެންދާ ކަމެއްވެސް ނޫނެވެ. އެއީ އެކަންތަކާއި ކުރިމަތިލުމަށް އެކުދިންނަށް ހިއްވަރުދީ ހަދަންވީ ކަންތަކެވެ. އޭރުން ކުދިންގެ ހިތުގައިވާ ބިރުވެރިކަންވެސް ފިލައި ދާނެއެވެ.

 

2. ވަގުތުން ރުއިން ހުއްޓާލުމަށް ބުނުން.

ކަމެއް ގޯސްކޮށް ކުރެވުމުން ނުވަތަ އެއްވެސް ކަމަކާނުލައިވެސް ބައެއް ކުދިން ވަރަށް ގިނައިން ރޮއި ހަދައެވެ. އެއީ އެކުދިންގެ އިޚްސާސްތައް އެކުދިން ހާމަ ކުރާގޮތެވެ. މިކަން ދިމާވުމުން ވަގުތުން އެއްޗެހި ކިޔައި ހުއްޓުވާލައިފި ނަމަ އެކުދިންގެ އިޚްސާސްތައް ހާމަ ކުރުމަށް އެކުދިން ބިރުގަންނާނެއެވެ. އަދި ހިންދާލައިގެން ބަހައްޓާނެއެވެ. އެހެން ނަމަވެސް މިފަދަ ކަމެއް ދިމާވުމުން ކުދިން ގައިގައި ލޯބިން ބައްދާލުމަށްފަހު އެކުދިންނަށް ކުރެވުނު ގޯސް ކަންތަކުގެ ވާހަކަ ބުނާށެވެ. އަދި އެކަން ނުކުރުމަށް ބުނުމާއި އެކު ކަމެއް ދިމާވެއްޖެނަމަ އަބަދުވެސް ގެންގުޅޭ މީހެއްގެ ގާތުގައި ބުނުމަށް އެދޭށެވެ.

 

3. ބޭކާރު ކުއްޖެއް ކަމުގައި ނުބުނާށެވެ.

ފަހަރެއްގައި މިއީ ބެލެނިވެރިއެއްގެ ފަރާތުން ބުނެވޭ އެންމެ ގޯސް ބަސް ކަމުގައިވެސް ވެދާނެއެވެ. އެއީ މައިންބަފައިންގެ ރުހުމާއި އެއްބާރުލުމަކީ ކުދިންނައް އެންމެ މުހިއްމު އެތި ކަމުގައި ވާތީއެވެ. މިގޮތައް ގޭތެރޭގައި ކަން ހިނގާނަމަ ދަރިފުޅުގެ އަމިއްލަ ނަފްސުގެ މައްޗަށް އޮންނަ އިތުބާރު ގެއްލިގެން ދާނެއެވެ. އަދި ބޭރުގެ މަސައްކަތުގައި އުޅޭއިރު އެހެން މީހުންގެ އާ ބަސް ހޯދުމަށް އަބަދުވެސް އުޅޭނެއެވެ.

މިހެން ކުދިންނަށް ބުނުމުގެ ބަދަލުގައި، އެކުދިންނަށް ކުރެވޭ ކަންތަކުން އިބުރަތް ލިބިގަނެ އެކަންތައް ރަނގަޅު ކުރުމަށް ހިތްވަރުދެވިދާނެއެވެ. އަދި އިންސާނުންނަކީ ކުއްކުރެވޭ ބައެއްކަން ކުދިންނަށް ވިސްނޭނެއެވެ.

 

4. ހީކުރި ވަރުގެ ކުއްޖެއް ނޫން ތިއީ.

ކުއްޖާ ކަމަކާއި ދެރަ ވެފައި ނުވަތަ ކަމެއް ގޯސްވުމުން އެކަމަކާއި ވިސްނަމުންދާ ވަގުތެއްގައި މިހެން ބުނުމަކީ ވަރަށް ގިނަ ބެލެނިވެރިންގެ އާދައެކެވެ. މިހެން ކުދިންނާއި ދިމާއައް ނުބުނާށެވެ. އެއީ މުޅި ދުނިޔެއަކީ ތިބާ ހީކުރާ ވަރުގެ ތަނަކަށް ނުވިޔަސް ތިބާގެ ދަރިޔަކީ އަބަދުވެސް ތިބާ ބޭނުންވާފަދަ ކުއްޖެކެވެ. އެއީ އެކުދިންނަށް މަގު ދައްކަނީ ހުދު އެކުދިންގެ ބެލެނިވެރިންނެވެ. އެހެންކަމުން އެކުދިންނަށް ރަނގަޅު މަގު ދައްކައިދޭށެވެ. އޭރުން އެކުދިން ތިބާ ބޭނުންވާފަދަ ރަނގަޅު ކުދިންނަށް ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

މއިލޮ | 14 އޮގަސްޓް 2017 - 11:24

ހަހަ ސިރިއސލީ

ޓްރެންޑިން