Edition MV - DV

ލިޔުންތައް

ލިޔުންތެރިން

މައިންބަފައިންގެ ދައުރު

ކުޑަދަރިފުޅަށް ގާތުންދޭ ކިރަކީ ވަރަށް މުހިއްމު އެއްޗެކެވެ.

19 ސެޕްޓެމްބަރ 2017 - 12:00

ފާތިމަތު މުހައްމަދު

ﷲ ދުނިޔެ އާބާދުކުރުމަށްޓަކައި ދަރިން އަމާނާތުގެ ގޮތުގއި ހަވާލުކުރައްވައި އެކުދިންނަށް ރައްކަތެރިވުމަށްޓަކައި އަންގަވަފައިވެއެވެ. އެގޮތުން ﷲގެ ކުޅަދުންވަންތަކަމުން މައިމީހާގެ ހަށިގަނޑުގައި ކިރުލައްވަވައި އެދަރިން ހެޔޮގޮތުގައި ދުނިޔޭގައި ބޮޑުކުރުމަށް އަންގަވަފައިވެއެވެ. އެއީ ކޮންމެ މަޔަކާއި ބަފައެއްގެ މައްޗަށް މާތްﷲ ފޮނުއްވާފައިވާ އަމާނާތެކެވެ.

އެގޮތުން ކޮންމެ ކުއްޖެއްވެސް އުފަންވުމާއިއެކު، އެކުއްޖާގެ ރިޒުގެެއްގެ ގޮތުގައި ލައްވަވާފައިވާ މައިމީހާގެ ކިރަކީ ދަރިފުޅަށް ދެވޭ އެންމެ ބޭނުންތެރި އަދި އެންމެ ފުރިހަމަ ކާނާ އެވެ. އެކިރުގައި އެކުލެވެނީ ކުޑަކުއްޖާއަށް ކާނާގެ ގޮތުން ބޭނުންވާނެ ހުރިހައި އެއްޗިއްސެވެ. އެ އެއްޗެހި ހިމަނުއްވާފައިވަނީ އުނި އިތުރެއް ނުވާނެހައި ފުރިހަމައަށެވެ. ދިރުންހުރި ބައިލޮޖިކަލް ކިރެވެ. އެކިރުގައި އެކުލެވޭ އެއްބާވަތަކީ ލެކްޓޯފެރީންނެވެ. އެއީ ދަގަނޑުގެ ބައި ހިމެނޭ އެއްޗެކެވެ. ނުރައްކާތެރި ބެކްޓީރިޔާ ތަކުން ކުޑަކުއްޖާގެ ހަށިގަނޑު ސަލާމަތްކުރުމަށް ލެކްޓޯފެރީން އެހީވެދެއެވެ. އަދި ސަރުބީއާއި ހަޖަމްކޮށްދިނުމަށް މައިމީހާގެ ކިރުގައި އެކުލެވޭ "ލައިޕާސަސް" ކިޔާ މާއްދާ އެހީތެރިވެދެއެވެ. އަދި މައިމީހާގެ ކިރުގައި ހަށިގަނޑު ބޮޑުވުމަށާއި ކަށިތައް އުފެދުމަށް އެހީވެދޭ މާއްދާތައް އެކުލެވެއެވެ.

މައިމީހާގެ ކިރަކީ ކުޑަދަރިފުޅަށްލިބޭ ފުރަތަމަ ދިފާޢީ ވެކްސިންއެވެ. ބަލިބަލިން ދިފާޢުވުމުގެ ބާރު ކިރުގައި ހިމެނެއެވެ. ނޭވާލުމުގެ ނިޒާމަށްޖެހޭ ބަލިތަކުން ކުޑަދަރިފުޅު ސަލާމަތްކޮށްދެއެވެ. އަދި ހަޖަމް ކުރުމުގެ ނިޒާމަށްޖެހޭ ބަލިތަކުންވެސް ދިފާޢުކޮށްދެއެވެ. ހަށިގަނޑުގެ ދިފާޢީ ބާރު ހަރުދަނާކޮށްދީ ވަރުގަދަކޮށްދިނުމުގައި މައިމީހާގެ ކިރު އަދާކޮށްދެނީ ވަރަށްވެސް މުޙިންމު ރޯލެކެވެ.

ހަމަމިއާއިއެކު ހަމަސް ވަންދެން ހަމައެކަނި ގާތުން ކިރުދީފައިވާ ކުދިންގެ ސިކުނޑީގެ ތޫނުފިލިކަން މާރަނގަޅު ކަމުގައި ދިރާސާ ތަކުން ދައްކައެވެ. އެކްސްކުލޫސިވް ބްރެސްޓްފީޑިން ނަކީ ދަރިފުޅަށް ހަމަސްވަންދެން އިތުރު ކާނާ އެއް ނުދީ ހަމައެކަނި ގާތުން ކިރުދިނުމެވެ. ދަރިފުޅަށް ބޭނުންވާ ކާނާގެ ހުރިހާ މާއްދާ އެއް ގާތުންދޭ ކިރުގައި އެކުލެވިގެންވެއެވެ. ކިތަންމެ ހޫނުގަދަ މާޙައުލަކަށް ވިއަސް، ތުއްތު ދަރިފުޅަށް ފުދޭ ވަރަށް މައިމީހާގެ ކިރުގައި ފެން އެކުލެވިގެންވެއެވެ. އަދި ގާތުން ކިރުދިނުމުން އެކިއެކި ޖަރާސީމުތަކުންނާއި ޖެހޭ ބަލިތައް ( ބޭރަށް ހިންގުން، ކެއްސުން، އަރިދަފުސް ރޯގާ، ކަންފަތުގައި ޖަރާސީމު އުފެދުން)  ދަރިފުޅު ދިފާޢު ކޮށްދެއެވެ.

ކަންމިހެންއޮތް އިރު ތުއްތު ދަރިފުޅާށްޓަކައި މިދެވޭ އަގުހުރި ކާނާއަށް މައިމީހާ ތައްޔާރުވާންޖެހެއެވެ. ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުނެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން