Edition MV - DV

ލިޔުންތައް

ލިޔުންތެރިން

މައިންބަފައިންގެ ދައުރު

ކުދިންނަށް ކުޅިވަރު މުހިއްމު

7 ސެޕްޓެމްބަރ 2017 - 19:00

ޙައްވާ އަޒްލީނާ ޢަލީ

ކުޅިވަރު ކުޅުމަކީ ކުޑަކުދިން ވަރަށް ކުރާ ހިތްވާ ކަމެކެވެ. އަހަރުތެކެއް ކުރިއަށް ވިސްނާލާއިރު ކުޑަކުދިން ކުޅެ އުޅުނީ ގުދުރަތީ މާހައުލުތަކުގައި މިނވަންކަމާއެކުއެވެ. މިހާރުހެން އަބަދު ކައިރީގައި މައިންބަފައިން އެކުދިންނަށް ވާނުވާ ބަލަން ތިބޭކަށް ނުޖެހެއެވެ. ދަރިންނަށް އޭރު މައިންބަފައިން ކުރި އިތުބާރު މީހާރު ކުރަން އުދަނގުލެވެ. އަދި އިތުބާރު ކުރިކަމުގައިވިޔަސް އެކަނި ކުޅެން ފޮނުވަން ރައްކާތެރިކަމާމެދު ސުވާލު އުފެދި ޖެހިލުންވެއެވެ. އެހެންކަމުން މިޒަމާނުގައި ކުދިން ކުޅެން އަތަށް ކޮމްޕިއުޓަރެއް ނުވަތަ ގޭމެއް ދީގެން ފުއްދާލަނީއެވެ. ނުވަތަ ކޮންމެވެސް އިތުރު ހަރަކާތަކަށް ފޮނުވަނީއެވެ. ބައެއްފަހަރު ދުވާލާއި ރޭގަނޑު ހަތަރުދަމު ކިޔަވާން ބައިންދައެވެ.

ގުދުރަތީ މާހައުލެއްގައި ކުދިންނަށް ކުޅެން ލިބުމަކީ އެކުދިންގެ ވިސްނުމާއި ސިކުނޑި ތާޒާވާކަމެކެވެ. ބަންދުވެފައިވާ މާހައުލެއްގައި އަބަދު ކުދިން ގެންގުޅޭނަމަ ޑިޕްރެޝަން ފަދަ ސިކުޑީގެ ބަލިތައް ފަސޭހައިން ޖެހުން ގާތެވެ. އަދި ކުދިންގެ އުޅުމަށްވެސް މިކަމުގެ ނޭދެވޭ އަސަރުކުރާނެއެވެ. ކުދިން އަމިއްލައަށް ކުޅެން ދޫކޮށްލުމަކީ ކުދިންނާއި މައިންބަފައިންގެ ދެމެދުގައި އޮންނަ އިތުބާރު ދައްކުވައިދޭ ކަމެކެވެ. ބޭރުގައި ކުދިންނަށް ކުޅެން ފުރުސަތު ލިބުމަކީ ކުދިންނަށް އަޑުގަދަކޮށް ދުވެގެން ކުޅެވޭ ކުޅިވަރު ކުޅުމަށް ލިބޭ ފުރުސަތެކެވެ.

އެހެންކަމުން ދޭތެރެއަކުން ދަރިން ބޭރަށް ގެންގޮސް ރަހްމަތްތެރިންނާއެކު ކުޅެ އުޅެން ފުރުސަތުދޭށެވެ. އޭރުން ކުދިންނަށް އެހެން ކުދިންނާއި އެކުވެގެން ކަންތައްކުރަން ދަސްވާނެއެވެ. މޮޅު ނަތީޖާ ހޯދައިދޭން ނުވަތަ އަބަދުވެސް ގޭގައި މަޑުން ބަސްއަހައުގެން އިންނަ ކުއްޖަކަށް ހަދަން ކުދިން ކުޅެން ފުރުސަތު ނުދިނުމަކީ ގޯހެކެވެ. ކޮމްޕިއުޓަރުން ކުޅޭ ގޭމަކުން އެކުދިން ބޭރުގައި ކުޅުމުން ލިބޭ ހިތްހަމަޖެހުމެއް ނުލިބޭނެއެވެ. ކުޅިވަރަކީ ކުދިންގެ ހެދިބޮޑުވުމުގެ ބައެކެވެ. އެބައި އެކުދިންނަށް ހޯދައިދިނުމުގެ ޒިންމާ މައިންބަފައިން ނަގަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން