Edition MV - DV

ލިޔުންތައް

ލިޔުންތެރިން

މައިންބަފައިންގެ ދައުރު

ގިނައިރު ޓެކްސްޓް ކުރަން ކުދިންނަށް ފުރުސަތު ދިނުން ރަނގަޅެއް ނޫން

19 ސެޕްޓެމްބަރ 2017 - 15:00

ޙައްވާ އަޒްލީނާ ޢަލީ

މިޒަމާނަކީ ކުރަން ބޭނުންވާ ކަންތައްތައް އިނގިލިތަކުގެ ކުރިން ކުރެވޭ ޒަމާނެކެވެ. ކުރިން ރައްޓެހިން އެކަކު އަނެކަކާއި އެކު ކުޅެ އުޅުނު ގޮތް ބަދަލު ވެއްޖެވެ. ރައްޓެހިން އެކަކު އަނެކަކާއި ވާހަކަ ދައްކަން ބޭނުންކުރާ ވަސީލަތަކީ މޯބައިލް ފޯނާއި ކޮމްޕިއުޓަރާއި ޓެބްލެޓް ފަދަ ޒަމާނީ ވަސީލަތްތަކެވެ.

ބޭނުންވާ ކޮންމެ އެއްޗެއް ރަހްމަތްތެރިޔާ ކައިރީ ގޭގައި ހުރެގެން ބުނެލެވެއެވެ. ދަރިން ގެއިން ނުނިކުމެ އޮވެ ކުރާ ކަމެއް ކުރާތީ މައިންބަފައިން ތިބެނީ އުފަލުންނެވެ. އެކަމުން ވާ ގެއްލުމަކާއި މެދު ނުވިސްނެއެވެ.

ސްކްރީންތަކުގައި ވާ ނޫ އަތްޔަކީ ލޮލަށް ވަރަށް ގެއްލުން ލިބޭ އައްޔެކެވެ. މި އަލީގެ ސަބަބުން ނިދަން އުނދަގޫވުން ފަދަ ކަންތަކާ ކުރިމަތިވެއެވެ. އަދި ގިނައިރު ގެއިން ނުނިކުމެ ސްކްރީން ދޮށުގައި މަޑުކޮށްގެން ހުރުމަކީ އުޅުމަށާއި މޫޑަށް ބަދަލު އަންނަ ކަމެކެވެ. އަނެއްކަމަކީ ގިނައިރު ޗެޓްކުރުމަކީ އިނގިއްޔާއި އަތުގެ މަސްތަކަށް ގެއްލުން ލިބޭ ކަމެކެވެ. ޓެކްސްޓް ކުރުމަކީ ދެވި ހިފާ ކަމެކެވެ. އަދި މިކަންތައް ބޮޑުވެ ސިއްރުން ސުކޫލަށް ނުވަތަ ޓިއުޝަނަށް ފޯނު ގެންގޮސްގެން ޓެކްސްޓް ކުރާ ކުދިންވެސް މަދެއް ނޫނެވެ. މިކަމުގެ ސަބަބުން ކުދިންގެ ކިޔެވުމަށް ބުރޫ އަރާ އެކުދިން ކިޔެވުމަށް ދޭ ސަމާލުކަން ކުޑަވެއެވެ.

ކޮންމެ ކަމެއްގައިވެސް ދަރިންނަށް މިންގަނޑެއް ދަސްކޮށްދިނުން މުހިއްމެވެ. ކުޅުމުގައިވެސް އަދި ރަޙްމަތްތެރިންނާއި ވާހަކަ ދެއްކުމުގައިވެސް މެއެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން