Edition MV - DV

ލިޔުންތައް

ލިޔުންތެރިން

މައިންބަފައިންގެ ދައުރު

ކުއްޖާއަށް އިލްމު ދަސްކޮށްދިނުމުގައި އެހެން ކުދިންނާއި ތަފާތުކުރުން ބުއްދިވެރިއެއް ނޫން

29 ސެޕްޓެމްބަރ 2017 - 18:00

ފާތިމަތު މުހައްމަދު

ކުދިންނަކީ ބެލެނެވެރިންނަށްވުރެ ޅަ ސިކުނޑިތަކުގެ ވެރި ބައެކެވެ. ކަންކަން ހޯދައި ބެލުމުގައި ތަފާތުވެސް ބައެކެވެ. މިގޮތުން އިލްމު އުނގެނުމުގައި ކުދިން ދަސްކުރާ ހުނަރު އެހެންކުދިންނާއި އަޅައި ބަލާއިރު މާ މުއްސަދިވެދާނެވެ. ނުވަތަ އެއަށްވުރެ ދަށުގައިވެސް ހުރެދާނެވެ. ސަބަބަކީ ކުދިން ދުނިޔެއަށް އުފަންވެ ހޯދައި ބެލުމުގެ ޤާބިލުކަން އެކުދިންނަށް ލިބިފައި އޮންނަނީ ތަފާތު ޒަރީޢާތަކުންނެވެ. ތަފާތު ސިފަސިފައިގައި އެވެ. މުޖުތަމައުގައި ވިސްނުންތޫނު ކުދިންނާއި ވިސްނުންކޮށި ކުދިންނަށް ބަލާލިކަމުގައި ވިޔަސް މިކަން ބެލެނިވެރިންނަށް ފާހަގަ ވެގެންދާނެވެ.

ނަމަވެސް މީގެ ޒަރީޢައިން ބެލެނިވެރިންގެ ފަރާތުން ކުއްޖާގެ ހާސްކަން އިތުރުވާ މަންޒަރުތަކެއް ފެންނަމުންދެއެވެ. އެއީ ކުއްޖާއާއި އެހެންކުދިންނާއި ތަފާތުކުރުމުވެ. މިތަފާތުކުރުމުން ބެލެނިވެރިންނަށް ކުރެވޭ އެންމެ ބޮޑު ކުށަކީ ކުއްޖާއަށް ކިޔަވަން މަޖުބޫރުކުރުވައި ބާރުގެ ބޭނުން ކުރުމެވެ. މިސާލަކަށް ކިޔެވުމުގައި މައިންބަފައިން އެދޭ މިންވަރު މަތިވުމާ، މޮޅު ކުއްޖަކަށް ވާން މަންމަމެން ބާރުއެޅުމާ މަތީ މާކްސް ހޯދުމަށް ކުއްޖާގެ ފަރާތުން މާބޮޑަށް އެދުން ފަދަ ކަންކަން ހިމެނެއެވެ. އަދި ކުއްޖާ ދަށްކޮށް އޭނާއަށް އެއްޗެހި ގޮވާ ހަދައެވެ. ނަތީޖާއަކީ ނަފްސާނީ ދުޅަހެޔޮކަމުން ކުއްޖާ ބަލިކަށިވެގެންދިއުމެވެ. އޭގެ ތެރޭގައި އެހެންމީހުންނާ ދުރުހެލިވުމާ، ކުރިން ކުރާހިތްވި ކަންތައްތަކާ ދުރުހެލިވުމާ، ކިޔެވުމަށް ދަށްވެގެން ދިއުންފަދަ ކަންތައްތައް ހިމެނެއެވެ.

މިގޮތުން ކޮންމެ ބެލެނިވެރިއަކުވެސް ވިސްނަންވީ ކަމަކީ ތިމާގެ ދަރިފުޅުގެ ޤާބިލްކަމާ އޭނާ އެއްޗެހި ދަސްކުރާގޮތް ދެނެގަތުމެވެ. ހުރިހާ ކުދިން އެއްވަރު ނުވާނެކަމާ ކިޔެވުމުގެ ޤާބިލުކަން ހުންނަ މިންވަރު ކޮންމެ ކުއްޖެއްގެވެސް ތަފާތުވާނެކަން ޤަބޫލުކުރުމެވެ. އަކުރުކިޔަން އަދި ދަސްނުވާ ކުއްޖަކު ބަސްކިޔަން މައިންބަފައިން އެދޭނަމަ އެކަންވާނީ ދަރިފުޅަށް އުނދަގޫ ކަމަކަށެވެ. ކުއްޖާއަށް ހާސިލް ނުކުރެވޭނެ މިންވަރެއް ހޯދުމަށް ބާރުނާޅާށެވެ. އެކި ކުދިން  ކިޔެވުމަށް ނުވަތަ ފިލާވަޅު ދަސްކުރުމަށް ގެންގުޅޭ އުސޫލުތައް ތަފާތުވާނެއެވެ. ބައެއް ކުދިންނަށް ގިނައިރު ވަންދެން ގުޑިވެސްނުލާ އިނދެ ފިލާވަޅަށް ސަމާލުކަން ދިންނަމަވެސް އަނެތްބައި ކުދިންނަށް ދޭތެރެ ދޭތެރެއިން ހުސްވަގުތުކޮޅެއް ބޭނުންވާނެއެވެ. އެއްބައިކުދިންނަށް ބާރަށް ކިޔައިގެން ދަސްކުރަން ފަސޭހައިރު އަނެތްބައި ކުދިންނަށް ފަސޭހައިން ވިސްނި ދަސްވަނީ މަޑުންކީމާ ކަމަށް ވެދާނެއެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން