Edition MV - DV

ލިޔުންތައް

ލިޔުންތެރިން

މައިންބަފައިންގެ ދައުރު

ކުއްޖާ ބޮޑާ ހާކާ ހިނދު މައިންނަށް ހެދޭ ގޯސް

26 ސެޕްޓެމްބަރ 2017 - 18:00

ފާތިމަތު މުހައްމަދު

ކުއްޖާ ފިތުރަތުގެ ސާފުކަންމަތީގައި އުފަންވުމަށްފަހު ކުއްޖާ ހެދިބޮޑުވެގެން އަންނަނީ ތަފާތު މަރުހަލާތަކެއް ކަޑައްތުކުރަމުންނެވެ. އެތައް ރުއިމަކުންނާއި އެތައް ސަކަރާތަކާއި ރުޅި އަޢި މަޖަލާއި އެދޭ ކަންތައްތަކާއި ނޭދޭ ކަންތައްތަކާއި ބިރާއި ޝައުޤުގެ ދުވަސްތައް އަމުނަމުންނެވެ. ހެދިބޮޑުވަމުންއަންނަ ކުއްޖެއްގެ ފަރާތުން ފެންނާނެ ސިފަތަކަކީ މިއީއެވެ. ނަމަވެސް މި ސިފަތަކުގައި ކެތްތެރިވެ ނުވަތަ އުނދަގޫ ވެގެން ފަރުދާގެ ފުރަގަހުގައި ތިބީ އެ ދަރިންގެ މައިންނެވެ. ކުއްޖާގެ ހުރިހާ މަސްއޫލިއްޔަތުކައް ކޮނޑުގައި އަޅުވައިގެން ކުއްޖާ ތަރުބިއްޔަތުގެ ހުންގާނު ހުރީ މައިންކަމުގައި ވީތީވެސް ވެދާނެވެ. މައިންގެ ވާޖިބް ކިތަންމެހާވެސް ބޮޑެވެ. ނަމަވެސް މިސިފަތަކުން ފެންނަ ކުއްޖާގެ ބޮޑާ ހޭކުމަކީ ގިނަ މައިންނަށް ކޮންޓްރޯލްނުވެ ކުދިންގެ މައްޗަށް ގޯސް ހެދޭކަމެކެވެ.

ރުޅި އިސްކުރުމަކީ ގިނަމައިންގެ އާދައެކެވެ. ގިނަފަހަރަށް އަތް އިސްކުރެވެނީ ކުއްޖާއަށް ކުރާނެ އަސަރެއް ބެލުމެއް ނެތިއެވެ. ރީތިކޮށް ކުއްޖާއާއި މުހާތަބުކުރުމުގެ ފުރުސަތު ލިބޭ ދަނޑިވަޅުތަކުގައި ރަނގަޅު ނޫންގޮތްތައް އިހުތިޔާރުކުރުމުގެ ސަބަބުން މައިންގެ ހަރަކާތްތައް ސިކުނޑިއަށް ކުއްޖާއަށް ނަގައިގަންނަން ގިނައިރުތަކެއް ނުވާނެއެވެ. ފުރަތަމަވެސް ކުދިންގެ ބަލިކަށިވެގެންދަނީ ނަފްސާނީ ދުޅަހެޔޮކަމުންނެވެ. މިގޮތުން ބޮޑާހޭކޭ ހިނދު ރިވެތި ގޮތުގައި ނަސޭހަތްތެރިވާށެވެ. އޭގެ އަމަލީ ނަތީޖާ ނުލިބިއްޖެނަމަ ރިވެތި ގޮތުގައި އެޅޭ ކޮންމެ ފިޔަވަޅެއް އެޅުން ބުއްދިވެރިއެވެ.

ޅައުމުރަކީ ކުދިންގެ އައު ކަންތައްތައް ނުވަތަ ވަށައިގެންވާ ކަންތައްތަކުގައި ހޯދައިބަލާ އުމުރެއެވެ. އަދި ކަންތައްތައް ދަސްކުރާ އުމުރެއެވެ. އެގޮތުން ކުއްޖާއަށް ދެވޭ ތަރުބިއްޔަތުގެ އެންމެ ވަރުގަދަ ހަތިޔާރަކީ ރަގަނޅު ސިފަތައް ހަރުލަވާ ދެއްވުމެވެ. ރަގަނޅު ގޮތުގައި ކަންތައް ބިނާ ވެފައި އޮންނަ ގޮތް މަޑުމަޑުން އުގަންނައި ދިނުމެވެ. ނަމވެސް ފެންނަނީ އެ މަންޒަރު ހެއްޔެވެ؟ މަދު ބަޔަކު މީގައި ޝާމިލް ނުވިކަމުގައި ވިޔަސް ގިނަ މީހުން ރަނގަޅު އާދަ ކިޔައި ދިނުމުގައި ފަރުވާ ކުޑައެވެ. ކުއްޖާ އެއްޗެއް ބޭނުންވުމަށް ބޮޑާ ހާކާ ހިނދު އެއްޗަކީ ގޯސް އެއްޗެއްތޯ ބެލުމެއް ނެތި ކުއްޖާގެ ބޭނުން ފުއްދައިދެއެވެ. މިސާލަކަށް ޓެކްނޮލެޖީގެ ޒަރީޢައިން އަންނަ އެއްޗެއްސަށް އަހުލުވެރިކުރުވައެވެ. އެއީ ވަގުތީ ގޮތުން ކުއްޖާ ކޮންޓްރޯލްކުރުން ކަމުގައި ވެދާނެއެވެ. ނަމވެސް ނަތީޖާއަކީ އެއިގެ ޝައުޤުވެރިކަން ދާއިމީ އެއްޗަކަށް ވެގެން ދިޔުމެވެ.

ނަފްސާނީ ބަލިމަނޑުކަމަކީ ކުޑަކުދިންގެ ފަރާތުން ފެންނަން ނުޖެހޭ ވަރުގެ ކަމެކެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. ފުރާފުރިހަމަވެފައިވާ ސިކުނޑިތަކަށް ހިތާމާއާއި ބަރުދާސްތަކަށް ސިކުނޑި ހޭހަން ނުވާ ފަދައިން ޅަ ސިކުނޑިތަކަށް ވެސް ބިރުވެރި ނަފްސާނީ އުދަގުލަކީ ހޭހަން ކުރެވޭނެ އެއްޗެއް ނޫނެވެ. އެހެނަސް އެ ތަޖުރިބާ ކުއްޖާ އަށް މައިން ފޯރުކޮށްދެނީ މަދަކުންނެއް ނޫނެވެ. ބޮޑާ ހޭކުމުގެ ހައްލަކީ ބިރުވެރި އެއްޗެއް ދެއްކުން ނުވަތަ ބިރުވެރި އަޑުތަކެއް ލެއްވުން ކަމުގައި ވަނީ ނަމަ ކުއްޖާގެ ވިސްނުން މައިން ބޭނުންވާ ގޮތަށް ތަރައްޤިވާނީ ހުދު ކިހިނެތް ހެއްޔެވެ؟

ކަންމިހެން އޮތްއިރު ކިތަންމެ އުނދަގުލަކާއި ކުރިމަތިލި ކަމުގައި ވިއަސް ބޮޑާ ހޭކުމުގެ ހައްލަކީ މިފާހަގަކުރެވުނު ގޯސްތަކެއް ނޫނެވެ. އެއިގެ އެންމެ ރަނގަޅު ގޮތް އިހުތިޔާރުކުރުމަކީ މީގެ ހައްލެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން