Edition MV - DV

ލިޔުންތައް

ލިޔުންތެރިން

މައިންބަފައިންގެ ދައުރު

ޕްރިންސް ވިލައަމް އަދި ކޭޓް މިޑިލްޓަންގެ ދެމަފިރިން ދަރިންނަށް މަނާކުރާ އެއްޗެއް

8 އޮކްޓޯބަރ 2017 - 09:00

ޙައްވާ އަޒްލީނާ ޢަލީ

ޝާހީ އާއިލާގެ ޚަބަރުތަކާއި އެމީހުންގެ ދިރިއުޅުމުގެ ޚަބަރުތައް އެނގުމަކީ ގިނަބަޔަކު ކުރަން ބޭނުންވާކަމެވެ. ރަސްދަރިކަލަކާއި އޭނާގެ އަންހެނުންނަށް ލިބިފައިވާ ދެކުދިންނަށް ނުލިބި އޮންނާނީ ކޮންއެއްޗެއް ހެއްޔެވެ؟ ނަމަވެސް މިދެމަފިރިން އެކުދިންނަށް ނުދީ މަނާކުރާ އެއްޗެއް އޮވެއެވެ. ހައިރާންވާންޖެހޭ ކަމަކީ މިދިވެހި މުޖުތަމަޢުގައި ދަރިންނަށް މަނާނުކޮށް ދޭ އެއްޗަކަށް އެއެއްޗެއް ވާކަމެވެ.

މި ޝާހީ އާއިލާއިން އެމީހުންނަށް މަނާކޮށްފައިވަނީ އައިފޯނެވެ. މިދެމަފިރިން ބޭނުންވަނީ މިކުދިން ގެ ޚިޔާލުތައް މުއްސަނދިވާ ކުޅިވަރުތަކާއި ކުޅޭ އެއްޗެހި ކުޅުމުގައި ގެންގުޅުމަށެވެ. ކޭޓް އެކުދިންނަށް ކިޔައިދީފައިވާ ގޮތުން ފޯނަކީ މަންމަމެން ކުޅެން ގެންގުޅޭ އެއްޗެއް ކަމަށާއި ކުދިން ކުޅޭނީ އެކުދިންނަށް ޚާއްސަ ކުޅޭ އެއްޗެހިއެވެ. މިޝާހީ އާއިލާއިން މިއީ ނެގިދާނެ ރަނގަޅު ފިލާވަޅެކެވެ. ކުރިން ކުދިންނަށް ޓީވީ ރިމޯޓްވެސް އަތްލެވޭނީ މަންމަގެ ހުއްދައާއިއެކުގައެވެ. ނަމަވެސް މިހާރު ކަންފަސޭހަކުރަން ނުވަތަ ކުދިން އަވަހަށް ރުއްސަން ފޯނާއި އައިޕެޑްފަދަ ތަކެތި ދިނުމަކީ ދިވެހިންގެ ތެރޭގައި އާންމުކަމެކެވެ. މިކަމުގެ ސަބަބުން ކުއްޖާގެ އުޅުމާއި ވިސްނުމަށް އަންނަ ނޭދެވޭ ބަދަލުތަކާއި މެދު ވިސްނާލަނީ މަދު ބައެކެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން