Edition MV - DV

ލިޔުންތައް

ލިޔުންތެރިން

މައިންބަފައިންގެ ދައުރު

މަޔަކަށް ވެވޭ ހިނދު އެ ލިބޭ އުފާ އިނގޭ ހެއްޔެވެ؟

8 އޮކްޓޯބަރ 2017 - 22:00

ފާތިމަތު މުހައްމަދު

ދަރިއަކު އުފަންކުރުމަކީ އުނދަގޫ އަދި ވޭންހުރިކަމެކެވެ. ނަމަވެސް އަންހެނަކަށް އޭނާ އެދަރިފުޅު އުފަންކުރުމަށްފަހު ހަޔާތަށް އެ ދަރިއަކަށްޓަކައި ދެން އަންނަ ދުވަސްތަކަކީ އުފަލާއި ހިތްހަމަޖެހުން ތަސައްވަރު ކުރެވޭ ދިވަސްތަކެކެވެ. އެއީ ބަޔާންކުރަން ދަތި ހިތަށްވެސް ނުގެނެވޭފަދަ އުފަލެކެވެ. ދަރިފުޅުގެ ހަޔާތަށްޓަކައި ކިތަންމެ ބޮޑު ޤުރުބާނީއެއް ވާންޖެހުނަސް ފަސްނުޖެހޭނެ މައިންވެސް މަދެއް ނޫނެވެ.

ލޯބި

ކުއްޖަކު ލިބުމުގެ ކުރިން އަންހެނަކަށް އޭނާގެ ފިރިމީހާ ވަރުގެ މީހެއް ނޯންނާނެއެވެ. ދުނިޔެއިން އެ ލޯބި ދެވޭނީވެސް ފިރިމީހާއަށެވެ. ނަމަވެސް ކުދިން ލިބުމަށްފަހު ލޯބި ބޮޑަށް ވެވޭނީ ކުއްޖާދެކެއެވެ. ފިރިމީހާދެކެ ފަހުން ލޯބި ނުވާނެ ވާހަކައެއް ނޫނެވެ. ޤުދުރަތީ ގޮތުން ދަރިއަކަށްޓަކައި އެއޮންނަ ލޯތްބަކީ މަޔަކަށް ބަދަލުކުރެވޭނެ އެއްޗެއް ނޫނެވެ. ދަރިފުޅަށް ކުޑަ ކަމެއް ދިމާވިޔަސް އެ ހިތުގައި އެތައް ޒަހަމްތަކެއް ވާނެއެވެ. ދަރިފުޅު އެއުޅޭ ގޮތްފެނިފައި އުފާވެރިކަމުގެ ކަރުނައިގެ ތިކި ހެލެނީވެސް ކިތައް މައިންގެ ކަމެއް ބަޔާންކުރަން ދަތިވާނެއެވެ.

ދިފާޢުކުރުން

ކަމެއްދިމާވާއިރު ހިތަށް އަންނާނެ ޒަހަމްތަކާއިއެކު އެއިންކުއްޖާ ދިފާއުކުރުމަށް މައިމީހާ އަވަސް ވާ ވަރު އެމައިންނަށް އިނގޭނެވެ. ހިތުގެ ތެޅުން އަވަސްވާވަރު އިގޭނެވެ. ކުއްޖާ ގާތުގައި ނުހުރިކަމުގައި ވިޔަސް ނުވަތަ ފެންނަ ހިސާބުގައި ނެތްކަމުގައި ވިޔަސް ކުއްޖާއަށް ކަމެއް ވެދާނެ، ކަމެއް ވެއްޖެކަމުގެ މެސެޖް އަބަދުވެސް ސިކުނޑީގައި ހުންނާނެއެވެ. ހަމަމިއާއިއެކު އެހެންމީހެއްގެ ދުލުން ކުއްޖާއަށް ތަފާތު ގޮތަކަށް ނުވަތަ ނުރުހޭ ގޮތަކަށް ބަހެއް އައިސްފިކަމުގައި ވަނީ އެ އަށް ރައްދު ދެވޭނީ ކުއްޖާއަށްޓަކައި އެއޮންނަ ލޯބީގެ ސަބަބުންނެވެ.

މިއީ މަޔަކަށް ވެވޭ ހިނދު ލިބޭ އުފަލާއި ހިތްހަމަޖެހުމެވެ. ކޮންމެއަކަސް ދަރިއަކު ނެތް މަޔަކާއި ދަރިއަކު ހުރި މަޔެއްގެ އިހުސާސް ވަރަށް ބޮޑުތަން ތަފާތުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން