Edition MV - DV

ލިޔުންތައް

ލިޔުންތެރިން

މައިންބަފައިންގެ ދައުރު

ރިވެތި އަދަބުތައް ދަސްކޮަށްދިނުމުގައި ނަމޫނާ ބަޔަކަށް މައިންބަފައިން ވާންޖެހޭ

9 އޮކްޓޯބަރ 2017 - 15:00

އަބްދުލްޙަމީދު އަބްދުއްރަޙީމް

އަޅުގަނޑުމެންގެ ދަރިންނަކީ ވަރަށް ރީތި އަދަބުތަކެއް އަށަގަނެފައިވާ ބަޔަކަށް ވާން އަބަދުވެސް އަޅުގަނޑުމެން ބޭނުންވެއެވެ. އެކުދިންނަކީ މީހުންގެ ކުރިމަތީގައި އަދަބު އިހްތިރާމް ކުރަން އެނގެ ކުދިބަޔަކަށް ވުމަކީ ކޮންމެ މަޔަކާއި ބަފަޔަކު ވެސް އެދޭނެ އެދުމެއްކަން ޔަޤީނެވެ. މިފަދަ އުއްމީދު ތަކެއް ކުރާއިރު އެއުއްމީދު ތައް ހާޟިލްކުރުމަށްޓަކައި ކޮންމެވެސް ޤުރުބާނީ ތަކެއް ވާންޖެހެނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަން ޔަޤީނެވެ.

ތުއްތު ކުއްޖަކު އުފަންވަނީ ފިތުރަތުގެ ސާފުކަން މަތީގައެވެ. އެކުއްޖާ ޔަހޫދިއަކަށް ވިޔަސް މަޖޫސީ އަކަށް ވެސް ހަދަނީ ހަމަ އެމައިންބަފައިންނެވެ. މިޖުމްލައިގެ މާނަ ވަރަށް ފުނެވެ. އެކުއްޖާފުޅު ބޮޑު ވަމުންއަންނަ އިރު އެކުއްޖާއަށް މާޙަޢުލުން ފެންނަ ކޮންމެ މަންޒަރަކީ، އިވޭ ކޮންމެ އަޑަކީ އެގެ މައްޗަށް އެކުއްޖާ ނަޒަރު ހިންގާ ނަކަލު ކުރާނެ ކަމެކެވެ. މިއީ މަިއންބަފައިންގެ އިތުުރުން ކުއްޖާ އުޅޭ މާހަޢުލުގައި ދިރިއުޅޭ ކޮންމެ މީހަކުވެސް ސަމާލުވާންޖެހޭ ކަމެކެވެ. އެންމެ ފުރަތަމަ އެކުއްޖާ ދަސްކުރާނީ މައިންބަފައިންގެ އެކިކަންކަމަށް ދޭ ރިއެކްޝަންތަކެވެ. ކުއްޖާގެ ޢުމުރުގެ އެންމެ ހަގު ދުވަސްތަކުގައި ނެގެޓިވް ރިއެކްޝަން ފެންނަ ކަމަށް ވަންޏާ އެކުއްޖާ ވާހަކަ ދައްކަން ފަށާ ޢުމުރުގައި ފުރަތަމަ ވެސް އެކުއްޖާގެ ފަރާތުން ފެންނާނީ ހަމަ އެމަންޒަރެވެ. އެއީ ކުއްޖާ ޤަސްދުގައި ކުރާ ކަމެއް ނޫނެވެ. އެހެން ނަމަވެސް އެކުއްޖާގެ ބެލެނިވެރިން ނޫނީ އެކުއްޖާގެ ކައިރިގައި އުޅޭ މީހުން ކުރާ ކަންކަން ނަކަލު ކުރެވޭތީއެވެ. އަޑުގަދަ ކޮށް ވާހަކަދައްކާ ޒުވާބުކުރާ މާހަޢުލެއް ނަމަ އެކުއްޖާ ކިތަންމެ ކުޑަނަމަވެސް އެކުއްޖާގެ ފުށުން ފެންނަނީ ހަމަ ސީދާ އެކަމެވެ. އެކަކު އަނެކަކަށް އިހްތިރާމް ކުރަން ކުއްޖާއަށް ބުނެދޭން މަސައްކަތްކުރާއިރު މާޙަޢުލުގައި ދެންއުޅޭ މީހުންވާން ޖެހެނީ އެކުއްޖާގެ ކުރިމަތީގައި ނަމޫނާ ބަޔަކަށެވެ. ނޫންނަމަ އެކުއްޖާއަށް ރަނގަޅު ގޮތާއި ނުރަނގަޅު ގޮތް އޮޅިދިއުމަކީ ވެދާނެ ކަމަކެވެ.

ކުއްޖާގެ ޢުމުރުން 7 އަހަރުގައި ނަމާދުކުރަން ދަސްކޮށްދިނުމަކީ ގިނަ ބެލެނިވެރިން މިހާރުވެސް ކުރަމުން ގެންދާ ވަރަށް ރަނގަޅު މަސައްކަތެކެވެ. އެކުދިން ލައްވާ ނަމާދުކުރުވާ ޤުރުޢާން ކިޔަވަން ބާރުއަޅާ ހެދުމަކީ ހަމަ ވަރަށް ގިނައިން ފެންނަ މަންޒަރެކެވެ. އެހެން ނަމަވެސް މިކަންވެސް ހިނގަމުންދާ ގޮތް އެންމެ ރަނގަޅު ކަމުގައި ނުދެންނެވޭނެއެވެ. ސަބަބަކީ މައިންބަފައިންގެ ޒިންމާއަކީ ހަމަ އެކަނި ނަމާދުކުރަން ދަސްކޮށްދިނުމާއި އެކަމަށް ބާރު އެޅުމާއި އެކަން ނުކޮށްފިނަމަ އަދަބު ދިނުމެއް ނޫނެވެ. މައިންބަފައިންނަކީ ދަރިންނާ އެކު އެވާޖިބު އަދާކުރުމުގައި ދެމިތިބޭ ބައެއް ކަމުގައި ވާންޖެހެއެވެ. ބައެއް ގޭބިސީތަކުގައި މައިންބަފައިން ރިތިކޮށް ތިބެފައި ނަމާދު ގަޑި ޖެހުމާއެކު ދަރިން ނަމާދަށް ފޮނުވުމަށް ބާރު އަޅައެވެ. ނަމަވެސް މަންމަ ވެސް ބައްޕަވެސް ގޭގައި ތިބެމެ ނަމާދު އަޅާތަން އެއްކަލަ ދަރިފުޅަށް ފެންނަ ނަމަ އޭގެ ނެދެވެ އަސަރު ކުރާނީ ވަގުތަކުން ނޫނެވެ. އެކުއްޖާގެ އުމުރުގެ ވަކި ހިސާބެއްގައި ނަމާދާ ދުރުވާން ފަށައެވެ. ކީއްވެތޯއެވެ؟ ސަބަބަކީ ކުޑައިރު ނަމާދު ކުރީ މަންމަ މެންގެ ނުފޫޒާއި މަޖްބޫރުންނެވެ. އެދުވަހު މަންމަ މެންނަށް މުޙިއްމުވީ ނަމާދު ކުރުވާށެވެ. ނަމާދު ކުރާކަށް ނޫނެވެ. އަނެއްބައި ގޭބިސީ ތަކުގައި މައިންބަފައިން ނަމާދު ގަޑި ޖެހުމުން ނަމާދުކޮށްލާއިރު ދަރިން ގެގައި އެކުދިން ކުރާ ކަމެއްގައި ދިމިތިބެނެއެވެ. ކުދިންނަށް ވިސްނެނީ ނަމާދަކީ މުސްކުޅީ ވީމަ ނޫނީ ބޮޑެތި ވީމަ ކުރަންޖެހެ ކަމެއްގެ ގޮތުގައެވެ. މިފަދަ ކަންކަމަކީ ކުދި ކަންކަމުގައި ދެކުނު ނަމަވެސް މިއީ އިޙުމާލު ވުމުން ފަހުން އެގެ ނެދެވެ އަސަރު ވަރަށް ބޮޑަށް ކުރުވާނެ ކަންކަމެވެ.

މިކަންކަން ޙައްލުކުރެވޭނީ ކުދިންނަށް ރިވެތި ނަމޫނާ ދައްކަން ތިބި މީހުން ރިވެތި މަގުތައް ޙިޔާރުކޮށް އެމަގުގައި ފައިތިލަ ސާބިތުކުރެވިގެންނެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން