Edition MV - DV

ލިޔުންތައް

ލިޔުންތެރިން

މައިންބަފައިންގެ ދައުރު

ކޮރެއާގެ މަންމައަކު އޭނާގެ ދަރިފުޅަށް ކިޔަވައިދިން މުހިއްމު ފިލާވަޅު

10 އޮކްޓޯބަރ 2017 - 15:00

ޙައްވާ އަޒްލީނާ ޢަލީ

ކުޑަ އަންހެން ކުއްޖައް ކަމަށްވާ ޔެ ބިންއަށް ނުދަންނަ މީހުންނާއި ބެހޭގޮތުން އޭނާގެ މަންމަ ދަސްކޮށްދިން ފިލާވަޅަށް ވަނީ ގިނަ ބައެއްގެ ސަމާލުކަމެއް ލިބިފައެވެ. މިކުއްޖާގެ ޔޫޓިއުބް ވީޑިއޯވަނީ 20 މިލިއަނަށްވުރެ ގިނަ މީހުން ބަލާފައެވެ. މިވީޑިއޯގައި އޭނާގެ މަންމަ ދަރިފުޅު ކައިރީގައި އަހައެވެ. "ނުދަންނަ މީހަކު ބިސްކޯދު ކާން ހިނގާށޭ ބުނެފިއްޔާ ހަދާނީ ކިހިނެއް ހެއްޔެވެ؟" ދަރިފުޅު ޖަވާބުދިނީ "އެކަންތައް ވަރަށް ގަޔާވާނެ ކަމަށެވެ. ނަމަވެސް މަންމަ އެކުއްޖާ ގާތު ބުނީ އެފަދަ ކަމެއް ވެއްޖެޔާ ނޫނެކޭ ބުނުމަށެވެ. މިގޮތުން އައިސް ކްރީމް ގަންނަން ދާން ނުވަތަ އެއްކޮށް މޫދަށް ދާން ބުނެފިއްޔާ ހަދާނީ ކިހިނެއްތޯ ކުއްޖާ ކުރެން ސުވާލު ކުރެއެވެ. ކޮންމެ ފަހަރަކުވެސް ދަރިފުޅު ބުނަނީ އެކަމާއި ހިތްހަމަޖެހޭ ވާހަކަ ކަމަށެވެ. ދަރިފުޅު މިހުރިހާ ކަމަކަށް ނޫނެކޭ ބުނަދެން މަންމަ މިވާހަކަތަށް ތަކުރާރުކޮށް ކުއްޖާއަށް ކިޔައިދެއެވެ. އަދި މިފަަދަ މީހަކާ ދިމާވެއްޖެނަމަ ދުރަށް ދާން ބުނުމަށް ކުއްޖާއަށް ޔެ ބިންގެ މަންމަ ދަސްކޮށްދެއެވެ. ނުރައްކާތެރި މީހުން މުޖުތަމަޢުގައި އުޅޭއިރު ދަރިންނަށް މިފަދަ ކަންކަން ކިޔައިދީ އޮޅުން ފިލުވައިދިނުމަކީ ކޮންމެ މަޔަކާއި ބަފައެއްގެވެސް ޒިންމާއެކެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން