Edition MV - DV

ލިޔުންތައް

ލިޔުންތެރިން

މައިންބަފައިންގެ ދައުރު

ޑިސްލެކްސިއާއަށް ހޭލުންތެރިވާށެވެ.

26 އޮކްޓޯބަރ 2017 - 15:00

ޙައްވާ އަޒްލީނާ ޢަލީ

ތިމާގެ ދަރިފުޅު މޮޅުކުއްޖަކަށް ވުމަކީ ކޮންމެ މަޔަކާއި ބަފައެއްގެވެސް އުންމީދެވެ. ނަމަވެސް ބައެއްފަހަރު ކުރިމަތިލާންޖެހޭ ގޮންޖެހުންތަކުގެ ސަބަބުން މައިންބަފައިން ދަރިން ކިބައިން ބޭނުންވާ ކަންތައް ފުރިހަމަނުވެދެއެވެ. މިފަދަ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޑިސްލެކްސިއާއެވެ. ޑިސްލެކްސިއާއަކީ ލިޔެފައި ހުންނަ އެއްޗެހި ކިޔަން ދަތިވުމެވެ. މިކުދިންގެ ސިކުނޑިއަށް އަކުރުތަކާއި އޭގެ އަޑުތަށް ގުޅިގެން ނަގައިގަންނަން އުދަނގޫވާނެއެވެ. އަދި ލިޔުމުގައިވެސް މިކުދިންނަށް ގޮންޖެހުންތަކާއި ކުރިމަތިލާންޖެހެއެވެ. އާންމުކޮށް މިފަދަ ކުދިން ލިޔެފައި ހުންނަ އެއްޗެހީގައި އާދަޔާއި ޚިލާފަށް ގިނައިން އަކުރުތަށް ނުވަތަށް އެޅުމާއި ސްޕެލިން މައްސަލަތައް ފާހަގަވާނެއެވެ. ޑިސްލެކްސިއާ ހުންނަ ކުދިން ލިޔަން ކިޔުމާއި ހިސާބު ފަދަ އެއްޗެހި ރަނގަޅަށް ހެދުމުގައި ދަތިކަން ހުއްޓަސް އެހެންކުދިންނެކޭ އެއްފަދައިން އަޑުއަހައިގެން އެއްޗެހި ދަސްކުރެއެވެ. އަދި ވާހަކަ ދެއްކުމުގައި އެހެން ކުދިންނެކޭ އެއްފަދައެވެ.

މިފަދަ ކުއްޖަކު ކުރީބައިގައި ދެނެގަތުމަކީ ވަރަށް މުހިންމުކަމެކެވެ. ސަބަބަކީ މިފަދަ ކުދިންނަށް ލިިޔަން ކިއުމުގައި އިތުރު އެހީތެރިކަން ބޭނުންވާނެއެވެ. އަދި އެކުދިންނަށް ކިޔަވައިދިނުމުގައި ޚާއްސަ އުކުޅުތަކެއް ގެންގުޅޭން ޖެހޭނެއެވެ. މިފަދަ ކަމެއް ފާހަގަ ކުރެވިއްޖެނަމަ މުދައްރިސުންވެސް ބެލެނިވެރިންނަށް އެންގުން މުހިންމެވެ. އަދި ބެލެނިވެރިޔާއަށް މިކަން ފާހަގަވާނަމަ ޓީޗަރާއި ވާހަކަ ދައްކައިގެން ކުއްޖާއަށް އިތުރު އެހީދޭނެ ގޮތްތަކާއިމެދު މަޝްވަރާކުރުން މުހިންމެވެ. އެންމެ މުހިންމުކަމަކީ ކުއްޖާ ދަށްކުއްޖެއްގެ ގޮތުގައި ލޭބަލުނުކޮށް އެކުއްޖާއަކީ ޚާއްސަ ކުއްޖެއްގެ ގޮތުގައި ދެކުމެވެ. އަދި ބާކީނުކޮށް ބޭނުންވާ އަޅާލުމާއި އެއްބާރުލުން ދިނުމެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން