Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ނިދި

ނުނިދުމުގެ ސަބަބުން ލިބޭ ގެއްލުން ތަކާއި ކުރެވޭނެ ކަންތައްތައް!

18 މޭ 2017 - 07:00

މަރިޔަމް ލައިސާ

ނިދުމަކީ ކޮންމެ މީހަކަށްވެސް ވަރަށް މުހިއްމު އެއްޗެކެވެ. ނިދި މަދުވުމުގެ ސަބަބުން އެކި އުނދަގޫތަކާއި ކުރިމަތިވާނެއެވެ. އަދި މީގެ އިތުރުން ނުނިދައިފި ނަމަ އިންސާނާގެ ހަށިގަނޑު ރަނގަޅަށް މަސައްކަތް ނުކުރާނެއެވެ. މިގޮތުން ނިދި ހަމައަށް ނުލިބުމުގެ ސަބަބުން އެތައް ކަމަކާއި ކުރިމަތިވެއެވެ. އޭގެ ތެރޭގައި؛

1. ބަލިވުން
ނިންޖަކީ ސީދާ ތިމާގެ ދިފާއީ ނިޒާމާއި ގުޅިފައިވާ ކަމެކެވެ. އެހެން ކަމުން ނިދި ހަމައަށް ނުލިބެނީ ކަމުގައި ވަނީ ނަމަ ތިމާ ބަލިތަކުން ސަލާމަތް ކޮށްދޭން އުނދަގޫވެއެވެ.

2. ވިސްނަން ދަތިވުން
ނިދި ހަމައަށް ނުލިބޭ ކަމުގައި ވަނީ ނަމަ ތިމާގެ ވިސްނުން ދަށްވެއެވެ. އަދި މިއީ ބައެއް ހާލަތް ތަކުގައި ނުރައްކާތަކާއި ކުރިމަތި ކުރުވާނެ ކަމެކެވެ. މިސާލަކަށް އެކި އުޅަނދު ފަހަރު ދުއްވާ ވަގުތެވެ.

3. ބަރުދަން އިތުރުވުން
5 ގަޑިއިރަށް ވުރެ މަދުން ނިދާ ކަމުގައި ވާނަމަ ފަލަވ ބަރުދަން އިތުރުވެއެވެ.

4. ހަންގަނޑު ހަޑިވުން
ނިދި ހަމަ ނުވުމުގެ ސަބަބުން އަވަހަށް މުސްކުޅިވެ މީހާގެ ސިފަ ގެއްލެއެވެ.

5. ހިތުގެ ބަލިތަކަށް މަގުފަހިވުން

6. ކެންސަރު ޖެހެން މަގުފަހިވުން

7. ޖިންސީ ގުޅުން ހިންގަން ފޫހިވުން
ނިދި ހަމަ ނުވުމުގެ ސަބަބުން ޓެސްޓޮސްޓެރޯން ގެ އަދަދު އަދި ޖިންސީ ހޯމޯންސްގެ އަދަދު %15 އިން ދަށް ވެގެން ދެއެވެ.

8. އަވަހަށް ކަންތައްތައް ހަނދާން ނެތުން

 

ނިދުމަކީ ކިހާ މުހިއްމު ކަމެއް ކަން މަތީގައި ބަޔާން ކުރެވުނު ކަންތައްތަކުން ވެސް އިނގިގެން ދާނެއެވެ. އެހެން ކަމުން 8 ގަޑިއިރުގެ ނިދި މަދުވެގެން ހަމަކުރާށެވެ. އަދި ތިމާއަށް ނުނިދޭ ކަމުގައި ވަނީ ނަމަ ތިރީގައި މި ބަޔާން ކުރާ ކަންތައްތައް ކުރަން އާދަކުރާށެވެ.

1. ވަގުތަށް ކަންތައްތައް ކުރަން އާދަކުރާށެވެ.
ތިމާ ނިދަން އަރަން ވަކި ވަގުތެއް ހަމަ ޖައްސާ ކޮންމެ ރެއަކު ވެސް އެވަގުތަށް ނިދަން އަރަން އާދަ ކުރާށެވެ. ނުނިދުނު ކަމުގައި ވިޔަސް ނިދަން އަރާށެވެ. އަދި އެއް ވަގުތަކަށް ހޭލަން އާދަ ކުރާށެވެ. އޭރަށް ތިމާގެ ހަށިގަނޑު ވެސް އެކަމަށް އާދަވާނެތެވެ.

2. ސާފު ވައި ހޯދާށެވެ.
ކޮންމެ ދުވަހަކުވެސް 15 މިނެޓް ވަރު ސާފު ވައިގައި ހިނގާލާށެވެ. އަދި ނިދާ ވަގުތު ސާފު ވައި ގެއަށް ވަންނާނެ ގޮތެއް ހަދާށެވެ.

3. ދުވާލުގެ ވަގުތުގައި ގިނައިން ހަރަކާތްތެރި ވާށެވެ.
ތިމާ ހަށިގަނޑު ވަރުބަލިކޮށްލުމުން ފަސޭހައިން ނިދޭނެއެވެ. މަސައްކަތުގައި ގިނަ ވަގުތު އުޅެ ތިމާ ހަށިގަނޑު ވަރުބަލިކޮށްލާށެވެ. އަދި ޗުއްޓީ ދުވަހެއް ނަމަ 2 ބުރު ދުވެލާ ސްކުއަޓް ހަދާލާށެވެ. އޭރަށް ހަށިގަނޑު ވަރުބަލިވާނެއެވެ.

4. އެންޒައިޓީ ކޮންޓްރޯލް ކުރަން މަސައްކަތް ކުރާށެވެ.
މާ ބޮޑަށް ވިސްނާ ނުހަދާށެވެ. އަދި ކަންތައްތައް މާ ފުންކޮށް ނުނަގާށެވެ.

5. ނިދަން އެރުމުގެ ކުރިން ނުކާށެވެ.
ކާއެއްޗެހި ހަޖަމު ވާ ވަގުތު ތިމާގެ ނިންޖަށް އުނދަގޫ ވާނެއެވެ. އެހެންކަމުން، ނިދުމުގެ 3 ގަޑިއިރު ކުރިން ކާން އާދަ ކުރާށެވެ.

6. ހަވީރު ކޮފީ ނުބޯށެވެ.
ކެފެއިން ހުންނަ ކޮންމެ އެއްޗެއް ވިޔަސް ހަވީރުގެ ވަގުތުގައި ނުބޯށެވެ. އެތަކެތި ބުއިން އެންމެ އެދެވިގެންވާ ވަގުތަކީ ހެނދުނެވެ.

7. މަސައްކަތް ކުރާނީ އެކުރަންޖެހޭތަނެއްގައި އެކަނި އެވެ.
ގެއަކީ ތިމާ އަރާމުކުރާ މާހައުލެވެ. އެތަން މަސައްކަތް ކުރާ ތަނަކަށް ނަހަދާށެވެ.

8. ހަވީރު އަރާމުކޮށްލާށެވެ.


މިއީ ތިމާއަށް ނުނިދޭ ނަމަ ކުރެވިދާނެ ކަންތައްތަކެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން