Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ނިދި

ތިމާ ނިދަން އޮންނަން އެންމެ ރަނގަޅު ގޮތަކީ ކޮބާ؟

3 މޭ 2017 - 18:01

މަރިޔަމް ލައިސާ

ނިންޖަކީ އެތައް ގޮތަކުން އިންސާނާގެ ހަށިގަނޑަށް ފައިދާކުރުވަނިވި ކަމެކެވެ. އަދި ނިދާފައި އޮންނަ ވަގުތަކީ އެތެރެހަށީގެ އަދި ސިކުނޑީގެ މަސައްކަތް އެންމެ ބޮޑަށް ކުރެވޭ ވަގުތެވެ. އެހެންކަމުން، ތިމާ ނިދާފައި އޮންނަ ގޮތަކުން އެތެރެހައްޓަށް ގެއްލުމެއްވުމަކީ އެކަށީގެންވާކަމެކެވެ.


ނިދަން އޮންނަ ގޮތްތަކުގެ ތެރޭގައި، ބަންޑުން އޮތުމަކީ ހަށިގަނޑަށް އެތައް ގެއްލުންތަކެއް ކުރުވާ ކަމެކެވެ. މިހެން އޮތުމުގެ ސަބަބުން، މައިބަދައަށް ގެއްލުންވެ ކަރަށް އުދަގޫތަކާއި ކުރިމަތިވެއެވެ. މީގެ އިތުރުން، އަރިއަކަށް ފައި ކުރުކޮށްގެން އޮތުމަކީވެސް ޑޮކްޓަރުން ދެކޭ ގޮތުގައި އެހާ ރަނގަޅު ކަމެއް ނޫނެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި (މައިބަދައިގެ ގޮތުން)، މިގޮތަށް ނިދުމަށް ޑޮކްޓަރުން ލަފާދެއެވެ.

 

ނަމަވެސް، އެތެރެހައްޓަށް ގެއްލުން ނުވާ ގޮތަށް މި ގޮތްތަކަށްވެސް ނިދޭނެއެވެ. ބަންޑުން އޮންނަން ބޭނުން ނަމަ ބަނޑުދަށަށް މަޑު ބާލީހެއްލާށެވެ. އެއީ މައިބަދަ ކަށިގަނޑު ސީދާކުރުމަށްޓަކައެވެ. އަދި އަރިއަކަށް އޮންނަން ބޭނުންނަމަ މައިބަދަ ކަށިގަނޑު ސީދާކޮށް އިންނާނެވަރަށް، ފައި އެހާ ކުރުނުކޮށް ނިދާށެވެ. އަދި ދެކަކުލާ ދެމެދަށް ބާލީހެއްލުމަށް އާދަކުރާށެވެ.

ގިނަ ޑޮކްޓަރުން ލަފާދޭ ގޮތުގައި، ނިދަން އެންމެ ރަނގަޅު ގޮތަކީ ކަކޫ ދަށަށް ކުޑަ ބާލީހެއްލުމަށްފަހު އުއްޑުން ނުވަތަ ސީދަލަށް އޮތުމެވެ. 

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން