Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ނިދި

ރޭގަނޑު ލަހުން ނިދާ އަދި ހެނދުނު ލަހުން ހޭލާ މީހުންގެ ބުއްދި މާ ރަނގަޅު - ދިރާސާ

27 މޭ 2017 - 20:15

މަރިޔަމް ލައިސާ

މިއީ ޤަބޫލު ކުރަން ދަތި ވާހަކަ އެކެވެ. ޚާއްސަކޮށް ރޭގަނޑުގެ ހަމަ ނިދި ނުލިބުމުގެ ސަބަބުން ލިބޭ ގެއްލުން ތަކުގެ ވާހަކަ އަކީ ވަރަށް ދެކެވޭ ވާހަކަ އެކެވެ. އަދި މިކަން ޔަޤީން ކުރުމަށްޓަކައި ދިރާސާތަކެއް ވަނީ ކުރެވިފައެވެ. 

ސައިކޮލޮޖިސްޓް އެއް ކަމަށްވާ ސަތޯޝީ ކަނަޒަވާ ވަނީ ކުދިންގެ ބުއްދިއާއި އެކުދިންގެ ނިދުމާއި ގުޅުން ހުރި ވަރު ބެލުމަށްޓަކއި ދިރާސާއެއް ކޮށްފައެވެ. މި ދިރާސާގައި އޭނާވަނީ 132 ސުކޫލަކުން 20745 ފުރާވަރު ކުދިން ޓެސްޓްކޮށްފައެވެ.

އޭނާ ފުރަތަމަ އެ ދަރިވަރުންނާއި ބައްދަލުކޮށްފައިވަނީ އެކުއްޖެއްގެ ގެއިންނެވެ. އަދި ބުއްދި ރަނގަޅު ވަރު ބެލުމަށްޓަކައި ކޮންމެ ކުއްޖަކު ލައްވާ ޓެސްޓެއް ހަދާފައިވެއެވެ. އޭގެ 5 އަހަރު ފަހުން ވަނީ އެތަނުން 15197 ކުދިންނާއި ބައްދަލުކޮށް ނިދާ ވަގުތާއި ހޭލާ ވަގުތާއި ބެހޭ ގޮތުން މަޢުލޫމާތު ހޯދާފައެވެ. އަދި ދިރާސާގެ ނަތީޖާއިން ދެއްކި ގޮތުގައި ލަހުން ނިދާ ކުދިންގެ ވިސްނުމާއި ބުއްދި ރަނގަޅުކަން އެނގިފައިވެއެވެ.

ބައެއް މީހުން ވިސްނާ ގޮތުގައި ލަހުން ހޭލާ ކުދިންނަކީ ވަރަށް ކަންނެތް އަދި މަސައްކަތަށް ފަރުވާތެރި ނޫން ބައެކެވެ. ނަމަވެސް މި ވިސްނުން އުވާލުމަށްޓަކައި 2009 ވަނަ އަހަރު ކުރި ދިރާސާއަކުން މިކަން މިއީ ތެދެއް ނޫންކަމަށް ހެކި ދައްކާފައި ވެއެވެ.

ބެލްޖިއަމްގެ ޔުނިވަރސިޓީ އޮފް ލީޖް ގެ ދިރާސާ ކުރާ ފަރާތް ތަކުން ވަނީ ލަހުން ނިދާ އަދި ލަހުން ހޭލާ 15 ކުއްޖަކާއި އަވަހަށް ނިދާ އަދި ހޭލާ 16 ކުއްޖަކު ޓެސްޓް ކޮށްފައެވެ. އެމީހުންވަނީ އެކުދިން ހޭލާތާ 1 ގަޑި އިރާއި ބައި ތެރޭ އަދި ހޭލާތާ 10 ގަޑި އިރާއި ބައިތެރޭ އެކުދިންގެ ބުއްދި މަސައްކަތް ކުރާ ވަރު ބަލާފައެވެ. ހެނދުނު ޓެސްޓު ކުރި ވަގުތުގައި ދެ ބައިމީހުންގެ ވެސް ނަތީޖާ ދެއްކީ އެއްވަރަކަށެވެ. ނަމަވެސް 10 ގަޑި އިރާއި ބަޔަށް ފަހު ހެދި ޓެސްޓުގެ ނަތީޖާއިން ދެއްކި ގޮތުގައި ލަހުން ނިދާ އަދި ހޭލާ ކުދިންގެ ބުއްދި މަސައްކަތް ކުރާ ވަރު މާ އަވަހެވެ.

އެހެންކަމުން މިކަމުން ވެސް ދޭހަވަނީ ފެންނަ ފެނުމުގައި އަވަހަށް ހޭލާ ކުދިން ކިތައްމެ މުރާލި ކަމުގައި ފެނުނަސް އެއީ ލޮލުގައި އެޅޭ އަނދުނަކަށް ވެދާނެ ކަމެވެ.

މިއާމީގެ ކެތޮލިކް ޔުނިވަރސިޓީ އޮފް ދަ ސޭކާޑް ހާޓް ގެ ދިރާސާ ކުރާ ފަރާތްތަކުން ކުރި ދިރާސާއަކުން ދެއްކި ގޮތުގައި ހެނދުނު ހޭލައިގެން މަސައްކަތް ކުރާ ފަރާތްތަކާއި އަޅާ ކިޔާއިރު ހަވީރު ހޭލާ ކުދިން މާ ހުނަރުވެރިވެސް މެއެވެ.

އަދި މީގެ އިތުރުން ބައެއް މީހުންނަކީ ދަންވަރަށް ރަނގަޅަށް މަސައްކަތް ކުރާ ބައެކެވެ. ވީއިރު އަނެއް ބައި މީހުންނަކީ ހެނދުނުގެ ވަގުތުގައި ރަނގަޅަށް މަސައްކަތް ކުރާ ބައެކެވެ. އަދި ބައެއް މީހުން މަސައްކަތް އެންމެ ފުރިހަމަ އަށް ކުރާނީ އެ ދެވަގުތުގެ ތެރޭގައެވެ. އެހެން ކަމުން އެންމެ ފުރިހަމަ ވިސްނުން އަންނަ ވަގުތު ފާހަގަކޮށް އެވަގުތެއްގައި މުހިއްމު މަސައްކަތްތައް ނިންމަން އާދަ ކުރާށެވެ.

މީގެ އިތުރުން ދެން ފަހަރަކު ހޭލާ ވަގުތު ލަސް ކަމުން މީހަކު ކަންނެތޭ ބުނެފި ނަމަ އޭނައަށް ލަހުން ހޭލާ މީހުންގެ ބުއްދި ރަނގަޅުވާނޭ ކަން ހަނދާން ކޮށްދޭން ހަނދުމަކުރާށެވެ. ރޭގަނޑުގެ ވަގުތަކީ އެންމެ ފުންކޮށް އަދި އެންމެ ރަނގަޅަށް ވިސްނޭނެ އެއް ގަޑިއެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން