Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ނިދި

7 ގަޑިއިރަށް ވުރެ ގިނައިން ނިދުމުން ގެއްލުން ލިބޭ ކަމަށް އެކި ދިރާސާތަކުން ދައްކާ؟!

3 ޖޫން 2017 - 16:00

މަރިޔަމް ލައިސާ

މިއީ ވަރަށްވެސް ތަފާތު ވާހަކައެކެވެ. ގިނަ މީހުންގެ ދެކޭގޮތުގައި އަދި ގިނަ ދިރާސާތަކުން ސާބިތުވި ގޮތުގައި ނިދި ހަމަ ނުވުމުގެ ސަބަބުން އެތައް ގެއްލުމެއް ލިބެއެވެ. އަދި 8 ގަޑިއިރުގެ ނިދި ކޮންމެ އިންސާނަކަށް ވެސް ލިބެން ޖެހެއެވެ. ނަމަވެސް މިކަން މިއޮތީ ބަދަލުވެފައެވެ. ސެންޓަރ ފޯ ޑިޒާސްޓަރ ކޮންޓްރޯލް އިން އުފެއްދި ޕެނަލް އަކުން ވަނީ މަދުން ނިދުމުން ސިއްހަތަށް ފައިދާ ހުރިކަމަށް ބުނެފައެވެ.

އަދި ނިންޖާއި ބެހޭ ޚާއްސަ މީހަކު ވިދާޅުވެފައިވާ ގޮތުގައި ނިދުމަކީ ކާނާ ކެއުން ފަދަ ކަމެކެވެ. މާ ގިނައިން ކެއުމުން އަދި މާ މަދުން ކެއުމުން ގެއްލުން ލިބޭ ފަދައިން މާ ގިނައިން ނިދުމުންނާއި އަދި މާ މަދުން ނިދުމުން ވެސް ގެއްލުން ލިބެއެވެ. އަދި 8 ގަޑި އިރު ނިދައިގެން ނުވާނެ ކަމަށް ވެސް އެބޭފުޅާ ވަނީ ފާހަގަކޮށްފައެވެ.

ނިދަން އެކަށީގެންވާ މިންވަރު ހޯދުމަށް ކުރެވުނު ދިރާސާތައް.

• 2002 ވަނަ އަހަރު ކުރެވުނު ދިރާސާއަކުން ދެއްކި ގޮތުގައި 6.5 ގަޑިއިރާއި 7.4 ގަޑިއިރާއި ދެމެދު ނިދި މީހުން ގިނައިން ނިދާ މީހުންނަށް ވުރެ އުމުރު ދިގެވެ.
• 2011 ގައި ކުރެވުނު ދިރާސާއަކުން ސާބިތުވި ގޮތުގައި 4 ގަޑި އިރަށް ވުރެ މަދުން ނިދި އަންހެނުންނާއި 6.5 ގަޑިއިރަށް ވުރެ ގިނައިން ނިދި އަންހެނުން ވަނީ މަރުވާ ވަރު ގިނަވެފައެވެ.
• ވަރަށް ފަހުން ދަ ވޯލް ސްޓްރީޓް ޖޯނަލް ގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި މިހާރު އެންމެން ވެސް ނިދަން ޖެހޭނީ 7 ގަޑިއިރުއެވެ. 8 ގަޑިއިރު ނުވަތަ އެއަށް ވުރެ ގިނައިން ނިދުން އެދެވިގެނެއް ނުވެއެވެ.
• ދަ ޔުނިވާސިޓީ އޮފް ކެލިފޯނިއާއިން ވަނީ ވަރަށް ފަހުން ބޮޑެތި މީހުން ނިދަން ޖެހޭނީ ގިނަވެގެން 7 ގަޑިއިރު ކަމަށާއި މަދުވެގެން 6 ގަޑިއިރާއި 25 މިނެޓަށް ކަމަށް މަޢުލޫމާތު ދީފައެވެ.

ދިރާސާ އަކީ އަބަދުވެސް ބަދަލުވަމުން އަންނަ އެއްޗެކެވެ. އެކި ފަރާތްތައް ދިރާސާ ކުރަނީ އެކި ކަންތައްތަކެވެ. އަދި އެ ދިރާސާ ބިނާވެފައިވަނީ ވެސް އެކި ކަންތައްތަކުގެ މައްޗަށެވެ. ވީމާ ވަކި ދިރާސާއަކީ އެންމެ ރަނގަޅު ހޯދުން ކަމަށް ޤަބޫލުކުރުން އެއީ ވެސް ރަނގަޅު ގޮތެއް ނޫނެވެ. ނަމަވެސް ކޮންމެ ކަމެއްގައިވެސް ވަކި މިންގަޑެއް އޮންނާނެކަން ހަނދާކުރުން ވަރަށް މުހިއްމެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން