Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ލައިފްސްޓައިލް ޓްރެންޑް

ދުޢާ އަކީ މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރު

17 ނޮވެންބަރ 2017 - 14:00

އަބްދުލްޙަމީދު އަބްދުއްރަޙީމް

އަލުގަނޑުމެންގެ ދިރިއުޅުމުގައި ދިމާވާ އެކިކަންކަން ޙައްލުކުރުމަށް މަދަދުވެރިކަން ޢާާއްމުކޮށް ހޯދަނި ކޮންމެވެސް ގާތް މީހެއްގެ ފަރާތުންނެވެ. އެމީހެއްގެ ފަރާތުން އެބޭނުންވާ މަދަދުވެރި ކަމެއް ނުލިބިއްޖެނަމަ ކޮންމެެވެސް ވަރަކަށް ހިތްހަމަ ނުޖެހޭ ފަހަރު އާދެއެވެ. އަދި ބައެއް ފަހަރު އެމީހަކާއި ނުވަތަ އެބަޔަކާއި ގުޅުން ކަނޑާލާ ހިސާބަށްވެސް ކަންކަން ގޮސްފައި އެބަހުއްޓެވެ. އެހެންނަމަވެސް މިއީ ވަރަށް ފަސޭހަ ހައްލެއް އޮތް ކަމަކެވެ.

އަޅުގަނޑުމެން ނެތުމުގެ ތެރެއިން އުފައްދަވައި، ފުރިހަމަ އިންސާނެއްގެ ގޮތުގައި ދުނިޔެއަށް ފޮނުއްވާ އަދި ކުއްޑަކުއްޖެއްގެ ގޮތުގައި ހުރެ ބޮޑު މީހަކަށް ބަދަލުވެ އަދި އޭގެ ފަހުން މުސްކުޅިކުރައްވާ އަދި ރިޒުޤު ދެއްވާ ފަރާތަށް ނުކުރެވެނު އެއްވެސް ކަމެއް ނޯންނާނެއެވެ. އެއީ އެއްވެސް ޝައްކެއް ނެތް ކަމަކެވެ. ޢާލަމްތަކުގެ ވެރި ﷲ އަޅުގަނޑުމެން މިދުނިޔެއަށް ފޮނުއްވުމަށްފަހު ދޫކޮށްލައްވަނީކި ނޫނެވެ. އަޅުގަނޑުމެން މިދުނިޔޭގައި ހޭދަކުރާ ކޮންމެ ސިކުންތަކީ ވެސް އެކަލާނގެ އަޅުގަނޑުމެންނަށް ބައްލަވާ ވޮޑިގެންވާ ސިކުންތެކެވެ. އަޅުގަނޑުމެންގެ ހަޤީޤި ބަލަދުވެރި ފަރާތަކީ ﷲ އެވެ. އަޅުގަނޑުމެން ވަކީލުކުރަންޖެހެނީ ﷲ އަށެވެ. މަދަދަށް އެދި ދަންނަވަންޖެހޭ ފަރާތަކީ ﷲ އެވެ. ކިހިނެއްތޯއެވެ؟ އެކަލާނގެ އެންގެވި އަޅުކަންތަކަށް ފަހު ބިމުގައި ފެތުރިގަނެ ދިރިއުޅުމަށް ހަލާލު މަސައްކަތް ކޮށް ހަލާލު ޢާމްދަނީ ހޯދުމަށް އެކަލާނގެ އަންގަވާފައިވަނި ޙިކުމަތަކަށްޓަކައެވެ. އެއީ އިމްތިހާނު ކުރެއްވުމަށެވެ. ހަށިގަނޑުގައި ބާރުހުރި ކޮންމެ މީހަކުމެ އަމިއްލަ މަސައްކަތުން ކައިބޮއެ އުޅުމަށް އިސްލާމްދީން ބާރުއަޅައެވެ. އެހެނީ ތިމާގެ ހަށިތެރެއަށް ފޮނުވާ އެންމެ ހަލާލު ކާނާއަކި ތިމާގެ އަމިއްލަ ދާއޮހޮރުވައިގެން ހޯދާ އެއްޗެހިކަން ވަނީ އަންގަވާފައެވެ. ވީއިރު އެކަމަށް އަޅުގަނޑުމެންގެ ފުރިހަމަ އަހަމިއްޔަތުކަން ދޭންޖެހެއެވެ.

މާތް ﷲ އަޅުގަނޑުމެންނަށް ފަަރުޟު ކުރައްވަފައިވާ 5 ނަމާދަށް ރައްކާތެރިވުމަށް ފަހު އެކަލާނގެ ދެއްވި އެންމެހާ ނިޢުމަތްތަކަސް ޝުކުރުކުރުން މަތީ ދެމިތިބެއްޖަނަމަ އެކަލާނގެ ނިޢުމަތްތައް އިތުރުކުރައްވާހުށި ކަން ޔަޤީނެވެ. އެޔަޤީންކަމުގައި ދެމިތިބެ ދުޢާކުރުންމަތި ހުރެއްޖަނަމަ އަޅުގަނޑުމެންގެ ދިރުއުޅުން ފާގަތިވެގެން ދާނެކަމީ އެއްވެސް ޝައްކެއް ނެތް ކަމެއް ކަން ޔަޤީނެވެ. ދަންވަރުގެ ވަގުތުތަކުގައި ދުޢާކުރުން ގިނަކޮށް އެކަލާނގެއަށް ކުއްތަންވުން ގިނާ ކުރާށެވެ. ތިމާ އެދޭ ކަންކަމުގައި ދަންނަވާށެވެ. ސަޖިދަ ކުރުން ގިނަ ކުރާށެވެ. އެބަހީ ނަމާދުކުރުން ގިނަ ކުރާށެވެ. އަދި އެކަލާނގެ ހަޟަރަތުން ވާގި އެދޭށެވެ. ދިންނެވުމާއި ފުއްސެވުން ވަނީ އެކަލާނގެ ޔަދްޤުދްރަތުފުޅުގައެވެ. އަޅަމެންނީ ﷲ އެންގެވި މަގުގައި ސާބިތުވެ ދެމިތިބޭ ބަޔަކު ކަމުގައި ލައްވާށި. ޢާމީން

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން