Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ލައިފްސްޓައިލް ޓްރެންޑް

ވިކްސް ބާމް ބޭނުންކޮށްގެން އިސްތަށިގަނޑު ދިގުކުރެވިދާނެތަ؟

15 ނޮވެންބަރ 2017 - 18:00

ޙައްވާ އަޒްލީނާ ޢަލީ

ފަހަކަށް އައިސް ވެސްލިން އަދި ވިކްސް ބާމުން ކުރެވޭ އިތުރު ބޭނުންތަށް އިންޓަނެޓްގައި ދަނީ މަޝްހޫރުވަމުންނެވެ. އެގޮތުން މަޝްހޫރުވި އެއްކަމަކީ ވިކްސް ބާމް ބޭނުންކޮށްގެން އިސްތަށިގަނޑު ދިގުކުރުމެވެ. ވިކްސްގައި މައިގަނޑު ގޮތެއްގައި އެކުލެވިގެންވަނީ މެންތޮލް، ޕެޓްރޯލިއަމް ޖެލީ، ޔުކަލިޕްޓަސް ތެޔޮ، ކެމްފާ އަދި ޓާޕެންޓައިން އެވެ. މީގެ ގިނަ އެއްޗެއްސަކީ ކެއްސުން ކުޑަކުރުމަށް ބޭނުންކުރާ ތަކެއްޗެވެ. ނަމަވެސް މީގައި ހިމެނޭ ޔުކަލިޕްޓަސް ތެލަކީ އިސްތަށިގަނޑުގައި ލާން ބޭނުންކުރާ ތެލެކެވެ.

މިބޭނުންކުރާ ފަރާތްތަކުން ބުނަނީ ވިކްސްގައި ހުންނަ އާވިކަމުގެ ސަބަބުން ހަންގަނޑުގައި ލޭދައުރުވުން އިތުރުވެ އިސްތަށިގަނޑު ދިގުވުމުގައި އެހީވެދޭ ކަމަށެވެ. ނަމަވެސް މީގެ ރައްކާތެރިކަން ކަށަވަރު ކުރަން އުދަނގުލެވެ. އަދި މިބޭނުންކޮށްގެން އިސްތަށިގަނޑަށް ލިބޭ ފައިދާވެސް ކަށަވަރުކުރަން ދައްޗެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން