Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ލައިފްސްޓައިލް ޓްރެންޑް

ތާޒާ ހީނާ ފަތުން ތެޔޮ ހެދިދާނެ 2 ގޮތެއް

19 ނޮވެންބަރ 2017 - 15:00

ޙައްވާ އަޒްލީނާ ޢަލީ

ހީނާ ފަތަކީ އިސްތަށިގަނޑަށް ވިދުން ގެނެސްދީ އިސްތަށިގަނޑުގެ ސިއްހަތު ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް ޒަމާނުއްސުރެ ބޭނުންކުރަމުން އަންނަ އެއްޗެކެވެ.

ބޭނުންވާ ތަކެތި

1 ޖޯޑު ކާށި ތެޔޮ

2 ޖޯޑު ފިލުވާފައި ހުރި ތާޒާ ހީނާ ފަތް

ފުރަތަމަ ގޮތް

ހީނާ ފަތް މުގުރުމަށްފަހު ކުދި ބޯޅަތަކަކަށް ހަދާށެވެ. އެއަށްފަހު ތެޔޮފޮދު ހޫނު ކުރުމަށްފަހު ބޯޅަތައް ތެޔޮ ގަނޑުތެރެއަށް ލުމަށްފަހު ބޮކި ޖަހައި ތެލުލެވޭ އަޑު ކެނޑެންދެން މަޑު ގިނީގައި ތެލުލާށެވެ. ދެން ހިހޫވުމުން ފުރާނާލުމަށްފަހު ހިކި އެއްޗެއްގައި ބަންދުކުރާށެވެ.

ދެވަނަ ގޮތް

ހީނާ ފަތް މުގުރުމަށްފަހު ކުދި ބޯޅަތަކަކަށް ހެދުމަށްފަހު އަވީގައި ރަނގަޅަށް ހިއްކާށެވެ. ދެން ތެޔޮތަކާއި ހީނާ ފަތު ބޯޅަތައް ބިއްލޫރި ފުޅިއަކަށް ލުމަށްފަހު ހަފްތާއެއްވަންދެން އަވީގައި ބޭންދުމަށްފަހު ނަގައި ފުރާނާލުމަށްފަހު ހިކި ފުޅިއެއްގައި ރައްކާކުރާށެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން