Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ލައިފްސްޓައިލް ޓްރެންޑް

އިސްތަށި ވެރޭނަމަ އޯބަތް ވަރެއްނެތް

22 ނޮވެންބަރ 2017 - 19:00

ޙައްވާ އަޒްލީނާ ޢަލީ

އޯބަތަކީ އިންޑިއާ ހިސާބުގައި ކެއްކުމުގައި އާންމުކޮށް ބޭނުންކުރާ އެންޓިއޮކްސިޑެންޓްސްއާއި ފައިޓޮ އިސްޓްރޮޖެނުން މުއްސަނދިވެފައިވާ އެއްޗެކެވެ. ނަމަވެސް އޯބަތުގެ ބޭނުން ކެއްކުމާއި ހިސާބުން ނުނިމެއެވެ. އިންޑިއާ މީހުންގެ ބޯ ދިނގު އިސްތަށިގަނޑުގެ އެއް ސިރަކީ އޯބަތެވެ. އޯބަތަކީ އިސްތަށި ވެރުން މަދުކޮށްދީ އިސްތަށި އިތުރަށް ފަޅައި ދިގުވުމުގައި އެހީވެދޭ އެއްޗެކެވެ.

މިކަމަށް އެމީހުންގެ އާންމުކޮށް ޖޯޑެއްގެ އޯބަތް ފެނަށް އަޅުމަށްފަހު ބަހައްޓައެވެ. އަދި ހެދުނު އެދޮވެލުމަށްފަހު ފޭސްޓެއް ތައްޔާރުކުރުމަށްފަހު ބޮލުގެ ހަންގަނޑާއެކު އެޅުމަށްފަހު ހިކުމުން ދޮވެލައެވެ. މިއީ އިސްތަށިގަނޑަށް ރަނގަޅު ފަރުވާއެއް ނަމަވެސް ބައެއް މީހުން މީގެ ވަހާއި މެދު ހިތްހަމައެއް ނުޖެހެވެ. އޯބަތުން އިސްތަށިގަނޑަށް ފަރުވާދޭނަމަ ހަންގަނޑުގައި މީގެ އެތިކޮޅެއް ހާކާލުމަށްފަހު އެލާޖީވޭތޯ ބެލުން ބުއްދިވެރިއެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން