Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ލައިފްސްޓައިލް ޓްރެންޑް

ޕީނަޓް ބަޓަރ އަށް ގަޔާވަންޔާ މިއީ ވަރަށް ރަނގަޅު ތަނެއް

30 ނޮވެންބަރ 2017 - 21:00

ޙައްވާ އަޒްލީނާ ޢަލީ

ޕީނަޓް ބަޓަރަކީ ހަށިގަނޑަށް ފައިދާހުރި އަނގަޔަށް މީރު ކާނާއެކެވެ. ޕާނުގައި ޖަހާލައިގެން ކާންވެސް އެހާމެ ކަމުދެއެވެ. ނަމަވެސް އައިސްކުރީމާއި ކޭކާއި ތަފާތު ޕޭސްޓްރީސްގައި ޕީނަޓް ބަޓަރު ހާކާފައި ވިއްކަން ހުންނަ މިންވަރު މަދެވެ. އޮސްޓްރޭލިއާގެ "ދަ ޕީނަޓް ބަޓަރ ބާރ" އަކީ ޕީނަޓް ބަޓަރު ގަޔާވާ މީހުންގެ ހުވަފެންތަށް ސީދާވާ ތަނެކެވެ. މިތަނުން ގަންނަ އައިސްކުރީމާއި ކޭކުފަދަ ތަކެތީގައި ބޭނުން ވަރަކަށް ޕީނަޓް ބަޓަރު އަޅަންވީއެވެ. ޕީނަޓް ބަޓަރ އޮހިގެން އަންނަނީވެސް އިސްކުރަކުންނެވެ.

އެތާނގެ ވެރިޔާ ބުނީ އޭނާގެ ވިސްނުމަކީ އެތަނަށް އަންނަ ކަސްޓަމަރުންގެ ހިތްއުފާކޮށްދޭ ތަނަކަށް އެތަން ހެދުމެވެ. ޕީނަޓް ބަޓަރު ގަޔާވާ މީހުންނަށް މިއީ ހުވަފެނެއް ތެދަކަށް ވުންކަމުގައިވިއަސް ބަދަނަށް އެލާޖިކްވާ މީހުންނަށް މިއީ ބިރުވެރި ނާމާން ތަނަކަށް ނޫނީ ނުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން