Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ރާއްޖޭގެ ހަބަރު

މާފަންނުގައި ހުރި ގެއެއްގެ ދޮރުތަކަކަށް ގެއްލުންދިން މައްސަލައިގައި ފުލުހުން ބަޔަކު ހޯދަން ފަށައިފި

20 ޖުލައި 2017 - 15:31

އާޝިޔާ މުޙައްމަދު

މިއަދު ފުލުހުން އާއްމުކުރި ޚަބަރުގައި އެބޭފުޅުން މާފަންނުގައި ހުރި ގެއެއްގެ ދޮރުތަކަކަށް ގެއްލުންދީގެން ބަޔަކު ހޯދާކަމަށް މަޢުލޫމާތު ދެއްވިއެވެ. އަދި މިކަމާއި ގުޅިގެން ވަނީ ވީޑިއޯއެއްވެސް އާއްމުކޮށްފައެވެ.

މިމީހުން ހޯދަންފެށީ މިމަހު 1 ވަނަ ދުވަހު ގެއެއްގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާގައި ހުރި ދޮރުތަކަކަށް ގެއްލުން ދިނުމާއި ގުޅިގެންނެވެ.

އަދި މިހާތަނަށް ފުހުން ކުރި މަސައްކަތުން އާއްމުކޮސްފައިވާ މި ވީޑިއޯއިން ފެންނަނީ ކޮންބައެއްކަން އަދިވެސް ވަނީ ނޭނގިފައެވެ.

ވީމާ އެމީހުންނާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ލބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަންގެ ނަމްބަރު 9631696 އަށް ގުޅުއްވުމަށް އެބޭފުޅުން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން