Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ރާއްޖޭގެ ހަބަރު

ހުޅުމާލެއިން 2 މީހަކު 2 ފުޅި ބަނގުރަލާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮއްސި

23 ޖުލައި 2017 - 13:53

އާޝިޔާ މުޙައްމަދު

ހުޅުމާލެ ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި 2 ފުޅި ބަނގުރަލާއެކު 2 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮއްސިއެވެ.

އުމުރުން 18 އަހަރުގެ ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އިއްޔެ މެންދުރުފަހު ހުޅުމާލެ ބާބެކިއު ސަރަހައްދުންނެވެ.

އަދި އެސަރަހައްދު ބަލާ ފާސް ކުރި އިރު ބާބަކިޔު ދެކުނު ފަރާތު ގަސްތަކުގެ ތެރޭގައި ބާއްވާފައި އޮތް ދެ ފުޅި ބަނގުރާ ފެނިފައިވެއެވެ.

މި މަހު 21 ވަނަ ދުވަހުވެސް ވަނީ ހުޅުމާލެ ފޭސް 2 އިން 1 އަކަށް ގެނައި 3 ފުޅި ބަނގުރާ ހޯދާފައެވެ. އަދި މިހާރު މި މައްސަލަތައް ދަނީ ތަހުޤީޤުކުރަމުން ކަމަށް އެބޭފުޅުން މަޢުލޫމާތު ދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން