Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ރާއްޖޭގެ ހަބަރު

ފޮރެކްސް ޓްރޭޑިންގ ވިޔަފާރި ކުރާ ފަރާތްތައް މެދުވެރިކޮށް ފައިސާ ޓްރޭޑް ކުރުމުގެ ކުރިން ސަމާލުވުމަށް އެމް.އެމް.އޭ އިން އިލްތިމާސްކޮށްފި

24 ޖުލައި 2017 - 11:10

އާޝިޔާ މުޙައްމަދު

ރާއްޖޭގައި ފޮރެކްސް ޓްރޭޑިންގ ވިޔަފާރި ކުރާ ފަރާތްތައް މެދުވެރިކޮށް ފައިސާ ޓްރޭޑް ކުރުމުގެ ކުރިން އެކަމުގައި ހުރެދާނެ ހިރާސްތަކަށް ސަމާލުވުމަށް އެމް.އެމް.އޭ އިން އިލްތިމާސްކޮށްފިއެވެ.

އެމް.އެމް.އޭ (މޯލްޑިވްސް މޮނެޓަރީ އޮތޯރިޓީ) އިން އިއްޔެ ނެރުނު އިޢުލާންގައި ދިވެހިރާއްޖޭގައި ފޮރެކްސް ޓްރޭޑިންގ ވިޔަފާރިކުރާކަން ބަޔާންކޮށް އެ ވިޔަފާރި ހިންގާ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާ މެދުވެރިކޮށް އިސްތިހާރު ކުރަމުންދާކަމަށް ވަނީ ދަންނަވާފައެވެ.

އަދި ފޮރެކްސް ޓްރޭޑިންގ ވިޔަފާރިއަކީ އަދި އެމް.އެމް.އޭ އިން ރެގިއުލޭޓް ކުރެވޭ ވިޔަފާރިއެއް ނޫންކަމުން އޭގައި އެކުލެވޭނެ ހިރާސްތައް އިތުރުކަމަށް އެ އިއުލާނުގައި ވެއެވެ.

ނަމަވެސް މި ވިޔަފާރި ރެގިއުލޭޓް ކުރަން ފެށުމަށް އެކަމަށް ބޭނުންވާނެ ހުރިހާ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމާއި އަދި އެކަން ކުރިއަށް ގެންދިޔުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް މިހާރު ކުރަމުން ދާކަމަށް ވަނީ ދަންނަވާފައެވެ.

 

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން