Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ރާއްޖޭގެ ހަބަރު

ދިވެހިންނަށް ޙާއްސަ ކައުންޓަރެއް ބެންގްކޮކް ހޮސްޕިޓަލުގައި ޤާއިމްކޮށްފި

28 ޖުލައި 2017 - 12:59

އާޝިޔާ މުޙައްމަދު

ތައިލޭންޑްގައި ހުންނަ ބެންގްކޮކް ހޮސްޕިޓަލް ގައި ދިވެހިންނަށް ޙާއްސަ ކައުންޓަރެއް ޤާއިމުކޮށްފިއެވެ.

25 ޖުލައި ގައި އެމީހުންގެ ފޭސްބުކް ޕޭޖުގައި ދިވެހިންނަށް ޙާއްސަކޮށްގެން ކަސްޓަމަރ ކެއަރ ސަރވިސް ކައުންޓަރެއް ހުޅުވާނެ ކަމަށް ވަނީ ޕޯސްޓު ކޮށްފައެވެ.

ހޮސްޕިޓަލުން ބުނި ގޮތުގައި މި ކައުންޓަރު ހުންނާނީ ހޮސްޕިޓަލު ހުންނަ އިމާރާތުގެ ދެވަނަ ފަންގިފިލާގައެވެ. އަދި ހެނދުނު 8:00 އިން ހަވީރު 17:00 އަށް ހިދުމަތް ދޭނެކަމަށް ވަނީ ދަންނަވާފައެވެ.

1972 އަހަރު އުފެއްދި މި ހޮސްޕިޓަލަކީ ދެކުނު އިރުމަތީ އޭޝިއާގެ އެންމެ ބޮޑު އެއް އަމިއްލަ ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލުގެ 13 ޙާއްސަ ފަރުވާދޭ ސެންޓަރުތަކަކާއި ކްލިނިކް ތަކެއް ވާ އިރު އެކި ބާވަތުގެ ސިއްޙީ ފަރުވާ ފޯރުކޮށްދިނުމުގެ ބައިނަލް އަޤުވާމީ ސެޓިފިކެޓްވެސް ވަނީ ޖޮއިންޓް ކޮމިޝަން އިންޓަރނޭޝަނަލް އިން ދެއްވާފައެވެ.

ބެންގްކޮކް އަކީ އެތައް ބަޔަކު ދަތުރުކުރާ އަދި އަހަރެއްގެ މައްޗަށް އެތައް ދިވެހިންނެއް ވެސް ދަތުރުކުރާ ހިސާބެކެވެ. ބެންގްކޮކް ހޮސްޕިޓަލުގައި 26 ބަސް ތަރުޖަމާ ކުރުމަށް މީހުން ބަހައްޓާފައިވާއިރު، މި ކައުންޓަރަކީ ވެސް ބޭރު ޤައުމުތަކުން އަންނަ ބަލި މީހުންނަށް އަމާޒުކޮށް ޚިދުމަތް ރަނގަޅުކުރުމުގެ ގޮތުން ޤާއިމު ކުރި ކައުންޓަރެކެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން