Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ރާއްޖޭގެ ހަބަރު

ފުލުހުންގެ ބެލުމުގެ ދަށަށް އެކި މައްސަލަތަކާއި ގުޅިގެން ގެނެސްފައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި

30 ޖުލައި 2017 - 14:23

އާޝިޔާ މުޙައްމަދު

ފުލުހުންގެ ޑްރަގު އެންފޯސްމަންޓު ޑިޕާޓްމަންޓުގެ ބެލުމުގެ ދަށަށް އެކި މައްސަލަތަކާއި ގުޅިގެން ގެނެސްފައި ހުރި ބަނގުރާ ނައްތާލައިފިއެވެ.

މިތަކެތި ނައްތާލުމުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި އެއާ ގުޅުން ހުރި މައްސަލަތަކާއި ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި ޢަމަލުކުރާގޮތުގެ ޤަވާއިދުގެ މަތިން މިކަން ކުރިއަށް ގެންގޮސްފައިވަނީ މި މަހު 22 ވަނަ ދުވަހުއެވެ.

މިތަކެތީގެ ތެރޭގައި 2009 ވަނަ އަހަރުން 2017 ވަނަ އަހަރާއި ހަމައަށް ބެލި 58 މައްސަލައެއްގައި 147 ބަނގުރާ، 110 ދަޅު ބިޔަރު، 87 ޕެޓް ފުޅި، 8 ޓައްޕު އަދި އެހެނެހިން އެއްޗެހީގެ ގޮތުގައި 59 އެއްޗެއް ވެއެވެ. މީގެ ތެރޭގައި ބަނގުތާ ތައްޔާރުކުރުމަށް ބޭނުންކުރާ އާލަތްތަކާއި ބަނދުކުރަން ބޭނުންކުރާ ކަރުދާހާއި ފޮށި ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން