Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ރާއްޖޭގެ ހަބަރު

ދިވެހިރާއްޖޭގެ ފުރަތަމަ ވޯޓަރ ތީމް ޕާރކް އަންނަ އަހަރު ހުޅުމާލޭގައި ހުޅުވަނީ

31 ޖުލައި 2017 - 10:08

އާޝިޔާ މުޙައްމަދު

ރާއްޖޭގެ ފުރަތަމަ ވޯޓަރ ތީމް ޕާރކް ހެދުމުގެ މަސައްކަތް މެލޭޝިއާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ. 25 މިލިއަން ޑޮލަރު (385.5 މިލިއަން ރުފިޔާ) ގެ މި ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ 2 ހަފްތާކުރިން 35 އަހަރުގެ މުއްދަތަކަށް ކަމަށް ހުޅުމާލެ ޑެވެލޮޕްމެންޓް ކޯޕޮރޭޝަން (އެޗް.ޑީ.ސީ) ގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައިމަން ވިދާޅުވިއެވެ.

އަދި އެޗް.ޑީ.ސީ އިން މަޢުލޫމާތު ދެމުން ބުނި ގޮތުގައި މި އަހަރު ތެރޭ ޕާރކު ގެ މަސައްކަތް ފެށެން ހަމަޖެހިފައިވާ އިރު، އޭގެ 3-ޑީ މޮޑެލް މިހާރު ނިމިފައިވާކަމަށެވެ.

މި ޕާރކަކީ ހުރިހާ އުމުރުފުރައިގެ މީހުންނަށް ޙާއްސަކޮށްގެން ހަދާ ތަނެކެވެ. ސްޕައިރަލް ސްލައިޑްސް، ފެމިލީ ސްލައިޑްސް ގެ އިތުރުން ސްޕީޑް ސްލައިޑްސް ވެސް ހުންނާނެކަމަށްވެއެވެ. މީގެ އިތުރުން ކުޑަކުދިންނަށް ޙާއްސަ ޕޫލް އަކާ، ބަމްޕަރ ބޯޓުތަކާއި، ވޯޓަރ ރޯލަރސް، ވޯޓަރ ގައިރޯ، އެކުއާ ލޫޕްސް އަދި ކެއުމާ ބޯ އެއްޗެހީގެ ހިދުމަތް ދޭ ތަނެއް ގެ އިތުރުން ހޮޓަލެއް ވެސް އަޅާނެކަމަށް ވެއެވެ.

އެޗް.ޑީ.ސީ އިން ޤަބޫލުކުރާގޮތުގައި މިފަދަ ޕާރކް އެއް ހެދުން ވާނީ ހުޅުމާލެ ރާއްޖޭގެ ޔޫތް ސިޓީ އަށް ހެދުމުގެ އިތުރު ފިޔަވަޅަކަށެވެ.
މި ޕާރކް ހަދާނީ ސެންޓްރަލް ޕާރކް ގެ ކައިރީގައި ކަމަށާއި 2018 ވަނަ އަހަރުގެ ފަހު ކޮޅު ހުޅުވޭނެ ކަމަށް މުހައްމަދު ސައިމަން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން