Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ރާއްޖޭގެ ހަބަރު

2017 ވަނަ އަހަރުގެ ވަރަށް ކާމިޔާބު ދެވަނަ ކުއަޓަރ އަކާއެކު އުރީދޫގެ 12 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި

1 އޮގަސްޓް 2017 - 18:13

އާޝިޔާ މުޙައްމަދު

އުރީދޫ މޯލްޑިވްސްއިން މިއަދު ބޭއްވުނު ޕްރެސް ކޮންފްރެންސެއްގައި އުރީދޫ މޯލްޑިވްސް ގެ ސީ.އީ.އޯ ނަޖީބް ޚާން ވަނީ 1 އޮގަސްޓު 2005 ވަނަ އަަހަރު އުރީދޫ އުފެދުމާއި ހަމައިން މިއަދާހަމައަށް، އުރީދޫ އިން ހޯދާފައިވާ ކާމިޔާބީ އާ ބެހޭގޮތުން ވާހަކަ ފުޅު ދައްކަވާފައެވެ. އުރީދޫ ފުރަތަމަ އުފެދިގެން ދިޔައީ ވަރަށް މުހިއްމު ތަސައްވަރަކާއި އެކު ކަމާއި 12 އަހަރު ފުރި، މިއަދު އުރީދޫ ވަނީ ހީނުކުރާފަދަ ބޮޑެތި ކާމިޔާބީ ތައް ހޯދާފައިކަމަށް ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސް ގެ ތަސައްރަފަކީ ފަހުގެ އުފެއްދުންތެރި ޚިދުމަތްތަކާއި، ބައިނަލްއަޤްވާމީ މުވާސަލާތީ ޓެކްނޮލޮޖީތައް މެދުވެރުކޮށް، ކަސްޓަަމަރުންގެ ދިރިއުޅުމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނުމެވެ.

އެބޭފުޅާ ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ މުޖުތަމައުއަށް ކޮށްދެވުނު ކަންތައްތަކުގެ އިތުރުން، ކުންފުނިވެސް ވަނީ ވަރަށް ބޮޑަށް ކުރި އަރާފައި ކަމަށް ވިދާޅުވިއެވެ. މިގޮތުން އުރީދޫގެ ކަސްޓަމަރުންގެ ޢަދަދު ވަނީ %8 ، 400،000 މީހުންނަށް އިތުރުުވެފައެވެ. ހަމަ މިއާއެކު އުރީދޫގެ އާމްދަނީ ވަނީ %15 އިތުރުވެފައެވެ. އެއީ 801.9 މިލިއަނުން 921.4 މިލިއަން ރުފިޔާއަށެވެ. މީގެ އިތުރުން، އުރީދޫގެ ސާފު ފައިދާ ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެއީ 250.9 މިލިއަނުން 303.4 މިލިއަނަށެވެ. މިއީ %21 ގެ ކުރިއެރުމެކެވެ.

އުރީދޫގެ ބޯޑުގެ ޑިރެކްޓަރ، އަލްއުސްތާޛާ ދީނާ ހުސެން ވާހަކަ ފުޅު ދައްކަވަމުން މިދިޔަ އަހަރު އުރީދޫއަށް ޙާސިލު ކުރެވުނު އެންމެ ފާހަގަ ކުރެވޭ ލަނޑުދަނޑިއަކީ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ކާމިޔާބު އައި.ޕީ.އޯ ބޭއްވުން ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުން މިއަށް ލިބުނު ތަރުޙީބަކީ އުރީދޫގެ ކާމިޔާބީގެ ހަރުފަތަކަށް ގެންދިޔުމަށް ލިބުނު ފުރުސަތެއްކަމަށް ވިދާޅުވިއެވެ.

ކުރީގެ އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އޮގަސްޓު މަހު ވަރަށް ގިނަ ހަރަކާތްތައް ކުރިއަށް ގެންދާނެކަމަށް ވިދާޅުވިއެވެ. އަދި އުރީދޫގައި މިހާރުވެސް ތިއްބެވި އަދި އައު ކަސްޓަމަރުންނަށް ޙާއްސަ އޮފަރ ތަކާއި މުޖުތަމައު އަށް ފައިދާހުރި، ސީ.އެސް.އާރ ގެ ދަށުން ކުރިއަށް ގެންދާ ހަރަކާތްތައް ވެސް ހިމެނޭނެކަމަށް ވިދާޅުވިއެވެ.

ދުނިޔެއަށް އަންނަ ތަރައްޤީއާ ޑިޖިޓަލް ޓެކްނޮލޮޖީއަށް ލިބޭ ކުރިއެރުންތަކާއ އުފެއްދުންތައް ތަޢާރަފު ވަމުންދާ ވަރަކަށް އުރީދޫއިންވެސް އެ ޙިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެކަމަށް ވަނީ ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން