Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ރާއްޖޭގެ ހަބަރު

މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހަނިމާދޫއިން ހައްޔަރުކޮށްފި

6 އޮގަސްޓް 2017 - 11:30

އާޝިޔާ މުޙައްމަދު

މަސްތުވާތަކެއްޗާ ދެކޮޅަށް އެތައް ޙާއްސަ އޮޕަރޭޝަނެއް ފުލުހުން ދަނީ ހިންގަމުންނެވެ. އެގޮތުން ހދ. ހަނިމާދޫގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ފުލުހުންގެ ދަށަށް ގެނެސްފިއެވެ.

ހަނިމާދޫ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖަންސާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައ މަސްތުވާތަކެތި އެތެރެ ކުރަން އުޅޭކަމުގެ ޙަބަރު ލިބުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އޮގަސްޓުމަހުގެ 2 ވަނަ ދުވަހު، އުމުރުން 55 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އަދި ހައްޔަރުކުރީ މާލެއިން ހަނިމާދޫ އައި ބޯޓަކުން ފައިބައިގެން ދަނިކޮށެވެ. އޭނާ ހުއްޓުވާ ބަލާ ފާސްކުރި އިރު އޭނާގެ އަތުގައި އޮތް ރަތް ކޮތަޅު ތެރޭ އޮތް ކަރަންޓު ބޯޑު ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ބުލެޓު ސައިޒުގެ 6 ޕެކެޓު ވަނީ ފެނިފައެވެ.

މި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހދ.ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ޙާޞިރު ކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން ކަނޑައަޅާ ތަނެއްގައި 7 ދުވަސް ވަންދެން ބަންދުކޮށްފައި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުން ދާކަމަށް ފުލުހުން ވަނީ މަޢުލޫމާތު ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން