Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ރާއްޖޭގެ ހަބަރު

މޯލްޑިވިއަނުން ދެކުނު އެފްރިކާއަށް ދަތުރު ފެށުމަށް ރާވާ ކަމަށް އިއުލާންކޮށްފި

6 އޮގަސްޓް 2017 - 15:29

އާޝިޔާ މުޙައްމަދު

އައިލަންޑު އެވިއޭޝަނުން ހިންގާ މޯލްޑިވިއަނުން ދެކުނު އެފްރިކާއަށް ދަތުރުފަށަން ޕްލޭނު ކޮށްފައިވާކަމަށް ވަނީ އިއުލާންކޮށްފައެވެ.

އަދި މިކަމަށް ބޭނުންވާ ދިރާސާ ކުރުމަށް އައިލަންޑް އެވިއޭޝަން ގެ ޓީމެއް މިހާރުވަނީ ދެކުނު އެފްރިކާގެ އެންމެ ބޮޑު ސަރަހައްދު ކަމަށްވާ ޖޮހަނެސްބަރގް އަށް ގޮއްސައެވެ.
ހަމަ އެއާއެކު ދެކުނު އެފްރިކާއިންވެސް ވަނީ ޓީމެއް ރާއްޖެ އައިސްފައެވެ.

އަދި ވަކި ގޮތެއް ނިމިފައި ނުވާއިރު، މިހާތަނަށް ކުރި ދިރާސާއިން ނަތީޖާ ރަނގަޅުކަމަށް ފެންނަ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ދަތުރުތައް ފަށާ ގޮތަށް ނިމިއްޖެނަމަ ކުރިއަށް އޮތް 5 މަސްތެރޭ ދަތުރުތައް ފެށޭނެކަމަށް ވެސް ވަނީ ދަންނަވާފައެވެ.

މޯލްޑިވިއަން އެއަރލައިން އަކީ މިހާރުވެސް 10 ޤައުމަކަށް ދިޔުމަށް ދަތުރުގެ ހިދުމަތްދޭ އެއަރލައިންއެކެވެ.

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން