Edition MV - DV

ލިޔުންތައް

ލިޔުންތެރިން

ރާއްޖޭގެ ހަބަރު

ފީނާ ވޯލްޑް ސްވިމިންގ ޗެޕްޕިއަންޝިޕްސް ގައި ރާއްޖެއިން ބައިވެރިވާ ޓީމް ލަންކާއަށް

12 ޖުލައި 2017 - 15:31

އާޝިޔާ މުޙައްމަދު

ބައިނަލްއަޤްވާމީ 17 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެޕްޕިއަންޝިޕްސް ގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ފެތުންތެރިން ސްރީލަންކާގައި ކޭމްޕް ކޮށްފިއެވެ. މިއީ ބައިނަލްއަޤްވާމީ ފެތުމުގެ ޖަމްއިއްޔާ ފީނާ އިން ހަންގޭރީގެ ބުޑަޕެސްޓްގައި ބާއްވާ ޗެޕްޕިއަންޝިޕްއެކެވެ.

މިފަހަރު ކުރިއަށް ގެންދަނީ ލަންކާގެ ކްލަބެއް ކަމަށްވާ ރެއިންބޯ އެކުއަޓިކްސް އާއި ގުޅިގެން އެ ކުލަބުގެ ކޯޗު ޖޫލިއަން ބޯލިންގ ގެ ބެލުމުގެ ދަށުންނެވެ. އަދި މި މަހުގެ 19 ވަނަ ދުވަހާއި ހަމައަށް ކޭމްޕު ކުރިއަށް ގެންދާނެކަމަށް ވެއެވެ.

ރާއްޖޭގެ ފަރާތުން ކޭމްޕުގައި ބައިވެރިވާ ފެތުންތެރިންނަކީ އިސްމާޢީލް މުޢުތަސިމް އަދުނާނު އާއި، މުބާލް ޢައްޒާމް އިބުރާޙީމް އާއި، އައިޝަތު ސާޖިނާ އަދި އާމިނަތު ޝަޖަންއެވެ.

މި ޓީމް ހަންގޭރީއަށް ލަންކާ މެދުވިރިކޮށް މި މަހު 19 ވަނަ ދުވަހު ފުރާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖެ އަނބުރާ އަންނާނީ ޖުލައި 31 ވަނަ ދުވަހުއެވެ.

 

ކިޔުންތެރިންގެ ހިޔާލުތައް

×

ޓްރެންޑިން